ރިބެރީ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

Oct 22, 2022, 1:18 AM
ރިބެރީ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

މިލާން (އޮކްޓޫބަރު 21) - ފްރާންސްގެ ގައުމީ ޓީމާއި ބަޔާން މިއުނިކްގެ ކުރީގެ ތަރި ފްރޭންކް ރިބެރީ، ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

ރިބެރީ ،39، ކުޅުން ހުއްޓާލިއިރު ރިބެރީ ހުރީ އިޓާލިއަން ލީގުގެ ސެލަނިޓާނާގަ އެވެ. އެކަމަކު، އޭނާ ރިޓަޔާކުރީ ކަކުލުގެ އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެވެ. މިދިޔަ އަހަރު ސެލަނިޓާނާއާ ގުޅުނު ރިބެރީ މި ސީޒަންގެ އިޓާލިއަން ލީގުގައި އެ ޓީމަށް ކުޅުނީ އެންމެ މެޗެކެވެ. އެއީ މި ސީޒަންގެ ލީގުގައި ސަލެރްނިޓާނާ ކުޅުނު ފުރަތަމަ މެޗެވެ.

ރިބެރީއާ އެކު ހަދާފައިވާ ކޮންޓުރެކްޓް "ދެ ފަރާތުން އެއްބަސްވެގެން" އުވާލާފައިވާ ކަމަށް ސެލަނިޓާނާ އިން ވަނީ ބުނެފަ އެވެ.

"ރިބެރީގެ ހިތްވަރާއި، މި ކްލަބަށް ކޮށްދިން މަސައްކަތް އަދި މި ކްލަބުގެ ކެޕްޓަން ބޭންޑް ފުރިހަމަ އިހުތިރާމް އަދާކުރި ކަމަށްޓަކައި ރިބެރީ އަށް މި ކްލަބުން ޝުކުރުވެރިވަން،" ސެލަނިޓާނާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެ ކްލަބުން ބުނީ ކުޅުން ހުއްޓާލުމަށް ފަހު، އެ ކްލަބުގެ މެނޭޖްމަންޓްގެ މަގާމެއްގައި ރިބެރީ މަސައްކަތް ކުރާނެ ކަމަށެވެ.

ކުރިން ފިއޮރެންޓީނާ އާއި މާސޭ އަދި ގަލަޓަސަރާއީ އަށް ވެސް ކުޅުނު ރިބެރީގެ ކްލަބު ކެރިއަރުގެ އެންމެ ކާމިޔާބު އަހަރުތައް ހޭދަކުރީ ބަޔާންގަ އެވެ. އެ ކްލަބުގައި ރިބެރީ ހޭދަކުރި 12 ސީޒަންގައި އޭނާ ވަނީ ޖަރުމަން ލީގު ނުވަ ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކުރި އެވެ.

ފްރާންސްގެ ގައުމީ ޓީމުގައި ރިބެރީ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރަނަރަޕްގެ މަގާމު ލިބުމެވެ. އެ މުބާރާތުގައި އެންމެ ވިދާލި އެއް ކުޅުންތެރިޔަކީ ރިބެރީ އެވެ.

ފްރާންސްގެ ބޮލޯން އިން 2000 ވަނަ އަހަރު ކެރިއަރު ފެށި ރިބެރީ ބޮޑަށް ފާހަގަވާން ފެށީ 2005 ވަނަ އަހަރު މާސޭ އަށް ބަދަލުވި ހިސާބުންނެވެ. މާސޭއާ އެ ފަހަރު ގުޅުުގެ ކުރިން އޭނާ ވަނީ ފްރާންސްގެ އަލޭސް، ބްރެސްޓް، މެޓްޒް އަދި ތުރުކީގެ ގަލަސަތަރާއި އަށް ކުޅެފަ އެވެ.

މާސޭގައި ރިބެރީ ދެއްކި މޮޅު ކުޅުމުގެ ސަަަބަބުން ޖަރުމަނުގެ ޗެމްޕިއަން، ބަޔާން މިއުނިކުން 2007 ވަނަ އަހަރު ރިބެރީގެ ސޮއި ހޯދީ 28 މިލިއަން ޑޮލަރު ދީފަ އެވެ. ރިބެރީގެ ކެރިއަރުގެ އެންމެ ކާމިޔާބު އަހަރުތައް ހޭދަކުރީ ބަޔާނުގަ އެވެ. އެ ޓީމަށް ކުޅެދިން 12 އަހަރު ރިބެރީ ވަނީ 23 ޓްރޮފީ އުފުލާލައިފަ އެވެ.

ޗައިނާ އާއި އެމެރިކާގެ ލީގުގެ ކްލަބްތަކުން ބޮޑު މުސާރަ ލިބޭ ކޮންޓްރެކްޓެއް ދީފައި އޮއްވައި، ރިބެރީ 2019 ވަނަ އަހަރު ފިއޮރެންޓީނާ އަށް ބަދަލުވީ މަތީ ފަންތީގެ ލީގެއްގައި ކުޅުމުގެ ޗެލެންޖެއް ނެގުމަށެވެ. ދެ އަހަރަށް ފަހު ފިއޮރެންޓީނާ ދޫކޮށް ރިބެރީ ދެން ވެސް ގުޅުނީ އިޓަލީގެ ކްލަބަކާ އެވެ. އެ ގޮތުން މިދިޔަ ސީޒަނުގައި ސެލަނިޓާނާގައި ރިބެރީ ވަނީ 23 މެޗު ކުޅެފަ އެވެ.

ފްރާންސްގެ 19 އަހަރާއި 21 އަހަރުން ދަށުގެ ޓީމާއި ސީނިއާ ގައުމީ ޓީމަށް ރިބެރީ ވަނީ ޖުމްލަ އެކު 100 ވަރަކަށް މެޗުގައި ކުޅެފަ އެވެ. އޭނާ ވަނީ ދެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ދެ ވޯލްޑް ކަޕްގައި ފްރާންސް ޓީމަށް ކުޅެފަ އެވެ. ފްރާންސް އިން 2006 ވަނަ އަހަރު ޖަރުމަނު ވޯލްޑް ކަޕްގައި ކުޅުނުއިރު، ރިބެރީ މޮޅު ކުޅުމެއް ދެއްކި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox