އެސްޓަން ވިލާގެ ކޯޗުކަމުން ޖެރާޑް ވަކިކޮށްފި

Oct 21, 2022, 2:58 AM
އެސްޓަން ވިލާގެ ކޯޗުކަމުން ޖެރާޑް ވަކިކޮށްފި

ބާމިންހަމް (އޮކްޓޫބަރު 21) - އެސްޓަން ވިލާގެ ކޯޗުކަމުން ސްޓީވެން ޖެރާޑް ވަކިކޮށްފި އެވެ.

އެސްޓަން ވިލާގެ ކޯޗުކަމާ ޖެރާޑް، 42، ހަވާލުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު, ތިން އަހަރާ ބައިގެ ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު، އަހަރެއް ވެސް ނުވަނިސް އެ ޓީމުން މި ވަނީ ޖެރާޑް ވަކިކޮށްފަ އެވެ.

ޖެރާޑަށް އެސްޓަން ވިލާގެ ކޯޗުކަމުގެ ވަޒީފާ ގެއްލުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުންބޭރުގައި ފުލަމް އަތުން 3-0 އިން ބަލިވި މެޗަށް ފަހު އެވެ. އެސްޓަން ވިލާ އިން ބުނީ މިއީ ކްލަބްގެ ބޯޑު މެމްބަރުންގެ އިއްތިފާގުން މި ވަގުތުގެ ހާލަތަށް ބަލާފައި ނިންމި ނިންމުމެއް ކަމަށެވެ.

ފުލަމް އަތުން ބަލިވި މެޗަށް ފަހު ބީބީސީ އަށް ދިން އިންޓަވިއުގައި ޖެރާޑް ވަނީ އެސްޓަން ވިލާގެ މެނޭޖްމަންޓުން އޭނާ ވަކިކުރަން ނިންމައިފިނަމަ އެ ނިންމުން ބަަލައިގަންނާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. އަދި އެސްޓަން ވިލާގައި އޭނާ އަށް ރަނގަޅު މަސައްކަތެއް ކުރަން ދިމާވި އެންމެ ބޮޑު ހުރަހަކީ އެއް ލެވަލެއްގައި ކުޅެ، ނަތީޖާ ނެރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ތަފާތު ނުދެއްކުމެވެ.

ޖެރާޑްގެ މި އިންޓަވިއު އަށް ދެ ގަޑިއިރު ނުވަނިސް އެސްޓަން ވިލާ އިން ބަޔާނެއް ނެރުމަށް ފަހު ވަނީ ޖެރާޑް މަގާމުން ވަކިކޮށްފައިވާކަން އިއުލާނުކޮށްފަ އެވެ.

ސްކޮޓްލެންޓްގެ ރޭންޖާސް ދޫކޮށްލުމަށް ފަހު، މިދިޔަ އަހަރު އެސްޓަން ވިލާއާ ހަވާލުވެ އެ ޓީމުގެ ކޯޗަކަށް އެގާރަ މަސް ދުވަހު ހުރިއިރު، ޖެރާޑް ވަނީ އެ ޓީމަށް ޖުމްލަ 40 މެޗުގައި އިރުޝާދުދީފަ އެވެ. އެ މެޗުތަކުގެ ތެރެއިން އެސްޓަން ވިލާ މޮޅުވީ 13 މެޗުންނެވެ. އަދި 19 މެޗުން ބަލިވިއިރު، މިއީ އޭނާގެ ވަޒީފާ ގެއްލުމުގެ އެންމެ ބޮޑު ސަބަބެވެ.

ކުރިން ލިވަޕޫލްގެ ކެޕްޓަނަކަށް ހުރި، ޖެރާޑް، ކޯޗިން ކެރިއަރު ފެށީ 2018 ވަނަ އަހަރު ރޭންޖާސް އިންނެވެ. އޭގެ ކުރިން އޭނާ ވަނީ ލިވަޕޫލްގެ 18 އަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދީފަ އެވެ.

ޖެރާޑަކީ އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގައި ވަޒީފާ ގެއްލުނު ހަތަރު ވަނަ ކޯޗެވެ. މީގެ ކުރިން ބޯންމައުތުން އެ ޓީމުގެ ކޯޗަކަށް ހުރި ސްކޮޓް ޕާކާ، ޗެލްސީގެ ކޯޗަކަށް ހުރި ތޯމަސް ޓުޗެލް އަދި ވުލްވްސްގެ ކޯޗަކަށް މަސައްކަތް ކުރަމުން އައި ބްރޫނޯ ލާޖްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox