ރޮނާލްޑޯ އަށް ޔުނައިޓެޑުން އަދަބުދީފި، ފަރިތަކުރަން ޖެހެނީ އެކަނި

Oct 20, 2022, 9:00 PM
ރޮނާލްޑޯ އަށް ޔުނައިޓެޑުން އަދަބުދީފި، ފަރިތަކުރަން ޖެހެނީ އެކަނި

ލަންޑަން (21 އޮކްޓޫބަރު) - އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗަށް މެންޗެސްޓާ ޔުނައިޓެޑް އިން ނެގި ސްކޮޑުން އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބާކީކޮށްފި އެވެ.

މި ނިންމުމާ އެކު، ޔުނައިޓެޑްގައި ރޮނާލްޑޯ އޮތް މުސްތަގްބަލާމެދު އަނެއްކާ ވެސް ވަނީ ސުވާލުތައް އުފެދިފަ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ޗެލްސީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗަށް ނެގި ސްކޮޑުން ރޮނާލްޑޯ ބާކީކުރީ، އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ ޓޮޓެންހަމް ހޮޓްސްޕާ އަތުން ޔުނައިޓަޑް މޮޅުވި މެޗު ނުނިމެނީސް ބެންޗު ދޫކޮށް އޭނާ ޗޭންޖިން ރޫމަށް ދިޔަ މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އެ މެޗުގައި ރޮނާލްޑޯ އަށް ޔުނައިޓަޑްގެ ފުރަތަމަ 11 އިން ޖާގައެއް ނުލިބެވެ. ރޮނާލްޑޯ މެޗުގެ 89 ވަނަ މިނިޓުގައި ބެންޗު ދޫކޮށްދިޔައިރު، ޔުނައިޓަޑަށް އޮތް ފަސް ބަދަލުގެ ތެރެއިން އޭރު ކޮށްފައިވަނީ ތިން ބަދަލެވެ.

ރޮނާލްޑޯ މެޗު ނުނިމެނީސް ބެންޗު ދޫކޮށްދިޔަ މައްސަލަ ބަލާނެ ކަމަށް، ރޭގެ މެޗަށް ފަހު އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ވަނީ ބުނެފަ އެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ރޮނާލްޑޯ ބެންޗު ދޫކޮށްދިޔައިރު، މެޗުގެ ފަހުކޮޅު ބަދަލު ކުޅުންތެރިއެއްގެ ކުޅެން އެރުމަށް ވެސް އޭނާ ދެކޮޅު ހެދި އެވެ.

"ހޮނިހިރު ދުވަހު ޗެލްސީއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓަޑް ކުޅޭ މެޗަށް ނެގި ސްކޮޑުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ބާކީކޮށްފަ. ސްކޮޑުގައި ދެން ތިބި ހުރިހާ ކުޅުންތެރިންގެ ސަމާލުކަން އޮތީ ކުރިއަށް އޮތް މެޗަށް ތައްޔާރުވުމަށް،" ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޑިސިޕްލިނަރީ ފިޔަވަޅެއްގެ ގޮތުގައި ރޮނާލްޑޯ, 37, ސްކޮޑުން ބާކީކުރިއިރު، މިދިޔަ ހަފުތާގައި ނިއުކާސަލް ޔުނައިޓަޑް އާއި ޔުނައިޓެޑް ކުޅުނު މެޗުގައި ރޮނާލްޑޯ ބަދަލުކުރުމުން އޭނާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ ފަރިތަކުރަން ޖެހިފައިވަނީ ޓީމާ ވަކިން އަމިއްލަ އަށެވެ.

ރޮނާލްޑޯ އަށް އެ ގޮތަށް އަމަލުކުރެވުނީ ޖަޒުބާތުގައި ޖެހިގެން

ޔުނައިޓެޑުން ރޮނާލްޑޯ އަށް ފިޔަވަޅު އަޅާފައިވާކަން އަންގައި، އާންމުކުރި ބަޔާނަށް ފަހު ރޮނާލްޑޯ ވެސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ބަޔާނެއް ނެރެފަ އެވެ. ރޮނާލްޑޯ ބުނެފައިވަނީ މިދިޔަ 20 ވަރަކަށް އަހަރު އެންމެ މަތީ ލެވަލްގައި ފުޓްބޯޅަ ކުޅުނުއިރު، އޭނާ އަބަދުވެސް ވިސްނާފައިވާނީ ޓީމުގެ މަސްލަހަތު އިސްކޮށްފައި ކަމަށެވެ.

އަބަދުވެސް ކަމެއް ނިންމާއިރު، އެންމެ ރަނގަޅަށް ކަންތައްތައް ކުރަން ބޭނުންވާކަމަށާއި ޒުވާން އުމުރުގައި ފުޓްބޯޅައިގައި ދަސްވި ކަންތައްތަކަށް ފަހު މިހާރު ތަޖުރިބާކާރު ކުޅުންތެރިއެއްގެ ގޮތުގައި ހުރެ ޒުވާން ކުޅުންތެރިންނަށް މިސާލު ދައްކަން ޖެހޭ ކަމަށެވެ.

"އެކަމަކު، ބައެއް ފަހަރު އެންމެ ރަނގަޅަށް ކަންކަން ނުކުރެވޭ ފަހަރު އާދޭ، ގޯސް ނިންމުންތައް ނިންމޭ ފަހަރު ވެސް ދިމާވޭ. ބައެއް ފަހަރު ޖަޒުބާތުގައި ޖެހިގެން ގޯސް ފިޔަވަޅުތަކެއް ވެސް އެޅޭ،" ރޮނާލްޑޯ ބުނެފައިވެ އެވެ.

ޔުނައިޓެޑަށް ނުރަނގަޅު ޕްރެޝަރެއް ދިނުމަކީ އެއްވެސް އިރެއްގައި އޭނާ ވިސްނި ގޮތެއް ނޫން ކަމަށާއި އެ ގޮތަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ. އަދި މިހާރު އޭނާގެ ވިސްނުމަކީ ޓްރެއިނިން އަށް ފޯކަސްކޮށް މެޗުތަކުގައި ފުރުސަތު ލިބުނު ވަރަކަށް ކުޅެގެން، ވެސް ޓީމަށް އެހީތެރިވުން ކަމަށް ރޮނާލްޑޯ ބުންޏެވެ.

ޔުނައިޓެޑްގެ މެޗެއްގެ ތެރެއިން ރޮނާލްޑޯ (ކ) އަށް ޓެން ހާގް ބުނެދެނީ.-- ފޮޓޯ: އޭއެފްޕީ

ޖެނުއަރީގައި ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަނީ؟

ރިޕޯޓްތަކުން ބުނާގޮތުގައި ރޮނާލްޑޯ ސްކޮޑުން ބާކީކުރުމަށް ޓެން ހާގް ނިންމީ ކްލަބުގެ މެނޭޖްމަންޓްގެ ސަޕޯޓާ ވެސް އެކުގަ އެވެ. އަދި، ކުރިއަށް އޮތް ޖެނުއަރީގެ ޓްރާންސްފާގައި ރޮނާލްޑޯ ދޫކޮށްލުމަށް، މެނޭޖްމަންޓް އިން މިހާރު ވަރަށް ފުންކޮށް ވިސްނަމުންދާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

މި ސީޒަންގައި ޔުނައިޓެޑާ ހަވާލުވި ޓެން ހާގާއި ރޮނާލްޑޯގެ ގުޅުން ފެށުނީ ވެސް އެންމެ ރަނގަޅަކަށް ނޫނެވެ. އާއިލީ ސަބަބުތަކެއްގެ ކަމަށް ބުނެ، އޮސްޓްރޭލިއާ އާއި އޭޝިއާ އަށް ޔުނައިޓަޑުން ޕްރީ ސީޒަންގައި ކުރި ޓުއާތަކުގައި ރޮނާލްޑޯ ބައިވެރިއެއް ނުވެ އެވެ.

އޭގެއިތުރުން، ޓެން ހާގްގެ އިރުޝާދުގެ ދަށުން ރޮނާލްޑޯ ޕްރީ ސީޒަންގައި ކުޅުނު ފުރަތަމަ މެޗުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ހާފު ޓައިމްގައި ރޮނާލްޑޯ ބަދަލުކުރުމާ އެކު، އޭނާ ވަނީ ދެ ވަނަ ހާފަށް މަޑުނުކޮށް ސްޓޭޑިއަމް ދޫކޮށް ގޮސްފަ އެވެ. އެ ފަހަރު ވެސް ޓެން ހާގްގެ ހިތްހަމަނުޖެހުންތަކެއް ހުރި ނަމަވެސް، ރޮނާލްޑޯއާމެދު ފިޔަވަޅެއް ނާޅަ އެވެ.

ޗެމްޕިއަންސް ލީގުގައި ކުޅެން ބޭނުންވާތީ، މި ސީޒަން ފެށުމުގެ ކުރިން އެހެން ކްލަބަށް ބަދަލުވުމަށް ރޮނާލްޑޯ މަސައްކަތްކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު، އެކަން ކާމިޔާބެއްނުވި އެވެ. އެންމެ ބޮޑު ހުރަހަކަށްވީ އޭނާގެ މުސާރަ އެވެ.

ޓެން ހާގްގެ ރޭވުންތަކުގައި، ރޮނާލްޑޯގެ ދައުރު ކުޑަ އެވެ. ފަސް ފަހަރު ބެލޮންޑޯ ހޯދާފައިވާ ރޮނާލްޑޯ މި ސީޒަންގެ ޕްރިމިއާ ލީގުގައި ޔުނައިޓަޑްގެ ފުރަތަމަ 11 ގައި ކުޅުނީ އެންމެ ދެ މެޗެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ހަ މެޗު ކުޅުނުއިރު، ލީގުގައި މިހާތަނަށް ޖެހީ ދެ ގޯލެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox