ވިސްނައި ފިކުރުކޮށް ބަލާށެވެ!

މީހަކު، ކުޑަ ކުއްޖަކާއެކު މިސްކިތެއްގައި ނަމާދު ކުރަނީ. -- ފޮޓޯ: އަދަދު

މީހަކު، ކުޑަ ކުއްޖަކާއެކު މިސްކިތެއްގައި ނަމާދު ކުރަނީ. -- ފޮޓޯ: އަދަދު

މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ލާމު އަތޮޅުގައި ބޭއްވުނު ވިޔަވަތި ކޮންފަރެންސްގައި ބޭފުޅަކު ދެއްކެވި ވާހަކަފުޅަކީ އަޅުގަނޑުގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓުވާލި ވާހަކަކޮޅަކަށް ވެގެންދިޔަ އެވެ. އޭގެ މަހެއްހައި ދުވަސް ފަހުން މިކަން ފާހަގަކޮށްލަންޖެހުމަކީ އެކަމުގެ ހެއްކެއް ނޫންތޯ އެވެ. މައުލޫމާތު ފެތުރުމާއި ހުށަހެޅުމުގެ ހުނަރުވެރިކަމުގެ ރޮނގުން ރާއްޖޭގައި ފުރަތަމަ ގައުމީ އިނާމެއް ހާސިލުކުރެއްވި އަލްފާޟިލް މަސްއޫދު އަލީގެ ޝައުގުވެރި ހުށަހެޅުމާއެކު ދެއްކެވި ވާހަކަކޮޅަކީ އެވާހަކަ ކޮޅާމެދު ފުންކޮށް ވިސްނައި ނަޒަރުކުރުން ދީނީ ގޮތުންވެސް މުހިންމު ހުށަހަޅައިދިނުމެއްކަމުގައި އަޅުގަނޑު ދެކެމެވެ.

އިންސާނީ ބާރުވެރިކަން ތަރައްގީކުރުމާއި ކާމިޔާބާއި އަރުތައިގެ މަގުތަކަށް މީހުން ހޭލުންތެރިކުރުމުގެ ދާއިރާއިން މަސްއޫދުގެ ވާހަކަކޮޅު އަމާޒުކުރެއްވީ ވަރަށް ސާދާ ގޮތެއްގައި، ކާމިޔާބުގެ ވަރަށް އަސާސީ ބައެއް ކަންކަން ހާޒިރީންނަށް ތިލަކޮށްދިނުމަށެވެ. ކަމެއް ހާސިލުކުރުމަށްޓަކައި އެންމެ ފުރަތަމައަށް ކުރަންޖެހޭކަމަށް އެންމެން އެއްބަސްވާ ކަމެއްގެ ގޮތުގައި އަދި ކަމެއް ކާމިޔާބު ކަމާއެކު ކޮށްފައިވާ ހަމަ ކޮންމެ މީހަކު އެންމެ ފުރަތަމައަށް ކޮށްފައި އޮންނާނެ ކަމެއްގެ ގޮތުގައި މަސްއޫދު ފާހަގަކުރެއްވި ކަމަކީ ރަނގަޅަށް ވިސްނުމެވެ.

އާދޭހެވެ! ރަނގަޅަށް ވިސްނުމެވެ. ކަންކަން ކުރަމުންދިޔަ ގޮތަށެވެ. ކުރަމުން އައި ގޮތަށެވެ. ކުރެވެމުންދާ ގޮތަށެވެ. ނަތީޖާއަށް ބަދަލެއް ނާންނަނަމަ ކުރަމުން އައި ގޮތް ބަދަލުކުރުމަށް ވިސްނުމަށެވެ. މި މައުލޫއަކީ ތަރައްގީވެ ކުރިއަރައި ދިއުމަށް އިންސާނީ ޖަމާއަތަކަށް ހަމަ އެންމެ މުހިންމު ވާނެ މައުލޫއު ކަމުގައި އަޅުގަނޑު ދެކެމެވެ. އަޅުގަނޑުގެ މިލިޔުން ހާއްސަކުރާނީ މި މައުލޫގައި ދީނީގޮތުން އެއްޗެއް ދަންނަވާލުމަށެވެ.

ކީރިތި ގުރުއާނުގެ އެތައް އާޔަތެއްގައި ބުއްދިކޮށް ވިސްނާ ފިކުރުމުގެ ވާހަކަ މަދުނޫން އަދަދަކަށް އައިސްފައި ވެއެވެ. "އެބައިމީހުންނަށް ނުވިސްނެނީ ހެއްޔެވެ؟" "އެބައިމީހުން ފަހެ ނުބަލަނީ ހެއްޔެވެ؟" "އަދި ތިޔަބައިމީހުން ވިސްނާފިކުރުކުރުމަށްޓަކައި އެވެ." "އެބައިމީހުން ފަހެ ނުވިސްނަނީ ހެއްޔެވެ؟" "ވިސްނާ ފިކުރުކުރާ ބަޔަކަށް ހުރި ހެކިތަކެކެވެ." ވިސްނާފިކުރުކުރުމަށް އިސްލާމްދީން ބާރުއަޅައި ގޮވާފައިވާ މިންވަރު ކީރިތި ގުރުއާނުގައި މިފަދަ އިބާރާތްތަކުން ނިންމާފައިވާ އެތައް އާޔަތަކުން ދޭހަކޮށް ދެ އެވެ.

ސަބައު ސޫރަތުގެ 46 ވަނަ އާޔަތަށް އެންމެ ހިނދުކޮޅަކަށް ނަޒަރެއް ދެއްވަބައްލަވާށެވެ! "ކަލޭގެފާނު ވިދާޅުވާށެވެ! ތިމަން، ތިޔަބައިމީހުންނަށް ނަސޭހަތްތެރިވާކަން ކަށަވަރީ، އެންމެކަމަކަށެވެ. (އެއީ) ތިޔަބައިމީހުން ދޭދޭމީހުންނާއި، ވަކިވަކިން ﷲ އަށްޓަކައި (ހައްގު މަގު ހޯދުމުގައި) ގާއިމުވެތިބުމަށެވެ. ދެން ތިޔަބައިމީހުން ވިސްނައި ފިކުރުކުރުމަށެވެ..."

ވަރަށް ސާފު ބަހުން މިއާޔަތުގައި މާތް ނަބިއްޔާއަށް އެ އަންގަވަނީ މުޅި އުންމަތާ މުހާތަބުކޮށް ވިދާޅުވުމަށެވެ. އިތުރު އެކަލޭގެފާނު ނަސޭހަތް ދެއްވަނީ އެންމެ ކަމަކަށް ކަމަށެވެ. އެއީ ހައްގު މަގު ހޯދުމުގައި ގާއިމުވެތިބުމާއި ވިސްނައި ފިކުރުކުރުމަށެވެ. ވިސްނާލަންވީ އަނެއް ކަމަކީ މި މިއާޔަތުގައި ނަސޭހަތްތެރިވަނީ އެންމެ ކަމަކަށްކަމުގައި ބަޔާންކުރެއްވުމަށްފަހު އެ ދެކަންތަކުގެ ވާހަކަ އައީ ކީއްވެތޯ އެވެ؟ ނުވަތަ ނަސޭހަތްތެރިވަނީ ދެކަމަކަށްކަމުގައި އާޔަތުގައި ބަޔާންވެފައި ނެތީ ކީއްވެތޯ އެވެ؟ ޖަވާބަކީ، ވިސްނައިފިކުރުކުރުމަކާ ނުލައި ހައްގު މަގު ނުހޯދޭނެތީ އެވެ. އަދި ވިސްނާފިކުރުކުރުމަކީ ހައްގުގެ މަގުގެ އަހުލުވެރިންގެ ކިބައިގައި އަބަދުމެ ހަރުލާފައި ހުންނަންޖެހޭނެ ސިފައަކަށްވާތީ އެވެ. އަދިކިއެއްތަ! ހައްގު މަގު ހޯދުމަކީ ވިސްނާފިކުރުކުރުންކަމުގައިވާތީ އެވެ.

ހައްގު މަގު އެއީ ހަމަ އެކަނި އަޅުކަންކުރަންވީ ގޮތެއްވެސް ނޫނެވެ. އާދޭހެވެ. ޝައްކެއް ނެތެވެ. އަޅުކަންކުރާންވީ ފަރާތް ދެނެގަތުމާއި، ﷲ އެއްކައުވަންތަ ކުރުމާއި މިކަންކަން ދެނެގަތުންވަނީ ހައްގު މަގު ދެނެގަތުމުގެ ތެރޭގަ އެވެ. އޭގެ އިތުރަށް، ދުނިޔެ އާރާސްތުކޮށް އާބާދުކޮށް، ތަހުޒީބާއި ތަމައްދުނު ހޯދުމުގައި ރަނގަޅު މަގު އިހުތިޔާރުކުރުން ވެސް ހިމެނެނީ ހައްގު މަގުން ދިއުމުގަ އެވެ. ނަތީޖާއެއް ނުނެރެވޭ ކޮންމެ މަސައްކަތެއް ކުރެވެމުން އެދަނީ ހައްގު މަގުން އެއްކިބަވާވެވިގެންނެވެ.

ކުރަމުން އައި ގޮތުން ނުކުންނަ ނަތީޖާއެއް ނެތްނަމަ ކުރަމުން އައި ގޮތް ބަދަލުކުރަންޖެހޭކަމާއި، އިހުއްސުރެ ކާބަފައިން ވަކި ގޮތަކަށް އަމަލުކުރާކުރުން އެއީ ކަންކަން ކުރަންވީ ރަނގަޅު ގޮތްކަމަށް ކޮންމެ ފަހަރެއްގައި ނުވާނެކަމީ އިސްލާމީ ތައުހީދާއެކު އެންމެ ފުރަތަމައަށް ނަގައިދެވޭ އެއް ފިލާވަޅެވެ.

ޒުޚްރުފް ސޫރަތުގެ 23 ވަނަ އާޔަތާއި 24 ވަނަ އާޔަތަށް ނަޒަރެއް ދެއްވާށެވެ! "އަދި ހަމައެފަދައިން އެރަށެއްގައި ތިބި ތަނަވަސްކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުން ހަމަކަށަވަރުން، ތިމަންމެންގެ ކާބަފައިން ދީނެއްގެ މަތީގައި ވަނިކޮށް ތިމަންމެން ދުށީމުއޭ އަދި ހަމަކަށަވަރުން އެއުރެންގެ އަސަރުތަކުގެ މަތީގައި ތިމަންމެން ތަބާވެގެން ހިނގަމުއޭ ނުބުނާ އެއްވެސް ރަށަކަށް އިންޒާރު ކުރެއްވުމަށް ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ އެއްވެސް ރަސޫލަކު ނުފޮނުއްވަމެވެ. އެބޭކަލަކު ވިދާޅުވި އެވެ. ތިޔަބައިމީހުންގެ ކާބަފައިން އެ ދީނެއްގެ މަތީގައި ވަނިކޮށް ތިޔަބައިމީހުން ދުށް ދީނަށްވުރެ ހައްގުކަންބޮޑު ދީނަކާއިގެން ތިޔަބައިމީހުންގެ ގާތަށް، ތިމަންކަލޭގެފާނު ވަޑައިގަތްކަމުގައިވިޔަސް ހެއްޔެވެ؟.." އެއްވެސް ކަމެއް ރަނގަޅުވުމާއި ނުވުން ބިނާވަނީ، ކާބަފައިން އެކަމެއް ވަކިގޮތަކަށް ކުރީތީ ކަމަށްވީނަމަ، ކާބަފައިން އެދީނަކަށް އުޅުނީތީ ކާބަފައިންގެ ދީން ރަނގަޅުވެގެންދިޔައީހެވެ. އޭގެ ބަދަލުގައި އިސްލާމްދީން ގެނެސްދިން މަންހަޖަކީ ވިސްނާފިކުރުމުގެ ޒަރީއާއިން ކޮންމެ ކަމެއްގައިވެސް ހައްގު މަގު ހޯދައި ދެނެގަތުމަށް ބާރުއެޅުމުގެ މަންހަޖެކެވެ. އަލްބަޤަރާ ސޫރަތުގެ 111 ވަނަ އާޔަތުގައި އަންގަވަނީ، "... ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނީ، ތެދު ބުނާ ބަޔަކު ކަމުގައިވަނީނަމަ، ތިޔަބައި މީހުން (އެކަމަށް) ހެކި ގެންނާށެވެ!" އާދޭހެވެ! ބުއްދީގެ އަހުލުވެރިންގެ މަގެވެ. ކަމުގެ އެކޮޅުމިކޮޅަށް ބުއްދީގެ ހަމަތައް ހުރި ވަރާއި ފެންނާންހުރި ހެކިގަރީނާ ވަޒަންކުރުމުގެ މަންހަޖެވެ.

ބުއްދީގެ ބޭނުންނުކުރާ މީހުން، ވިސްނާ ފިކުރުނުކުރާ މީހުން އަލްއަޢުރާފު ސޫރަތުގެ 179 ވަނަ އާޔަތުގައި ސިފަކުރައްވާފައިވަނީ ގެރިބަކަރިތަކެއް ފަދައިންނެވެ. އަދި ވަހީކުރައްވަނީ، އަދި ކިއެއްހޭ އެއީ އެތަކެއްޗަށްވުރެ ވެސް ހާލު ދެރަ ބައެކޭ އެވެ. ގެރިބަކަރިއާއި އިންސާނުން ތަފާތުވީ ވިސްނާފިކުރުމުގެ ސަބަބުންނެވެ. އާދޭހެވެ! މަންމަ ދިނީމާ ކާލައިގެން ބައްޕަގެ ލާރީގައި އުނުއަންނައުނު ގަނެގެން، އެ ކާއެއްޗަކާއި އެ ފައިސާއެއް އަންނަ ގޮތަކާމެދު ހަމަ ހިޔާލެއްވެސް ނެތް ޒުވާނުންނެކޭ ގެރިބަކަރިއެކޭ އޮތީ ކޮންތަފާތެއްތޯ އެވެ؟ ރާއްޖޭގެ އިގުތިސާދު އެމައްޗަށް ބިނާވެފައިއޮތީ ފަތުރުވެރިކަމުގެ މައްޗަށްކަމަށާއި، އެއިން އާދަޔާ ހިލާފަށް ލާރި ދައުލަތަށް ވަންނަ ގޮތަކާއި، ވަންނަންޖެހޭ ވަރަށް ލާރި ދައުލަތަށް އެބަވަދޭތޯ ހިޔާލެއް ފިކުރެއް ކުރުމެއް ނެތި، ތިބި ތަނުގައި ތިބޭ އަހަރެމެންފަދަ ރައްޔިތެއްގެ ހާލަތާއި، ފަތުރުވެރިންނަށް ނާސްތާއަށް އެރުވޭ ގެރިބަކަރީގެހާލަތާއި ހުރީ ކޮން ތަފާތެއްތޯ އެވެ؟

ވިޔަވަތި ކޮންފަރެންސުގައި މަސްއޫދު ދެއްކެވި ވާހަކަފުޅު ދެއްކެވި ރާގާއި، ބޭނުންކުރެއްވި އިބާރާތްތައް ތަފާތު ވެދާނެ އެވެ. އެހެންނަމަވެސް ވިދާޅުވީ މުޅީންވެސް ތެދުފުޅެވެ. ހެޔޮ ރަނގަޅު ވާހަކަ އެވެ.

އިންސާނާގެ ބުއްދިއަކީ އަޅުގަނޑުމެންނަށް ﷲ ދެއްވި އެންމެ އަގުބޮޑު ނިއުމަތެވެ. އެ ނިއުމަތުގެ ބޭނުން ހެޔޮގޮތުގައި ކުރާ މީހާއަކީ ޝައްކެއްވެސް ނެތްގޮތުގައި ކާމިޔާބު މީހަކަށް ވާނެ އެވެ. މި ދުނިޔެއާއި އާހިރަތުގައިވެސްމެ އެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox