ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް މިނިސްޓަރު ނަސީމަށް އަރުވައިފި

ނަސީމަށް ނިޝާނު މުލީގެ ޝަރަފުގެ އިއްޒަތް ރައީސް ސޯލިހު އަރުވަނީ، ރައީސް ވަނީ ނަސީމް ރާއްޖޭގެ ފަތުރުވެރިކަމަށް އަދި ދައުލަތައް ކުރެއްވި ހިދުމަތް ފާހަގަކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް

ނަސީމަށް ނިޝާނު މުލީގެ ޝަރަފުގެ އިއްޒަތް ރައީސް ސޯލިހު އަރުވަނީ، ރައީސް ވަނީ ނަސީމް ރާއްޖޭގެ ފަތުރުވެރިކަމަށް އަދި ދައުލަތައް ކުރެއްވި ހިދުމަތް ފާހަގަކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ ކަމަށްވާ ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ނަސީމަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް މިރޭ އަރުވައިފި އެވެ.

އެމަނިކުފާނަށް މި އިއްޒަތް އެރުވީ ގައުމީ އިނާމު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. ރައީސް ސޯލިހުގެ ގަރާރަކުން އެމަނިކުފާނަށް މި އިއްޒަތް އެރުވިއިރު އެމަނިކުފާނަކީ ރައީސްގެ ކެބިނެޓުގައި ހެލްތު މިނިސްޓަރެވެ.

މި އިއްޒަތް އެމަނިކުފާނަށް އެރުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީއަކަށްވެފައި، އެ ސިނާއަތް ކުރިއަރާނެ ކަމުގެ އެއްވެސް އަލިމަގެއް ފެންނަން ނެތް ދުވަސްވަރެއްގައި އިސްނަންގަވައިގެން އެކަމަށް ކުރެއްވި މަސައްކަތްޕުޅުތަކާއި، ވެވަޑައިގެންނެވި ގުރްބާނީގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނާއި، ތަފާތު އެކި މަގާމުތަކުގައި ހުންނަވައިގެން، ދިވެހި ދައުލަތަށާއި ދިވެހި ގައުމަށް 37 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ކަމަށް ރައީސްގެ ގަރާރުގައި ބުނެފައިވެ އެވެ.

Advertisement

ނަސީމު ފުރުއްވި މަގާމުތަކުގެ ތެރޭގައި ފޮރިން މިނިސްޓަރު ކަމާއި މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ސެކެޓްރީ ކަމާއި، ހާއްސަ ވަކީލު ކަމުގެ މަގާމުވެސް ހިމެނެ އެވެ.

މި ޝަރަފު އެރުވުމުގެ ކުރިން ނަސީމުގެ ހިދުމަތްތަކުގެ މައްޗަށް އެކުލަވާލާ ދެއްކި ވީޑިއޯ ރިޕޯޓެއްގައި ނަސީމް ވަނީ ފަތުރުވެރިކަމުގެ ސަބަބުން ދިވެހި ރާއްޖެއަށް ބޮޑު އިންގިލާބެއް އައިކަން ފާހަގަކުރައްވާ އެކަމަށް ނިހާޔަތައް އުފާ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ނިޝާނު މުލީގެ ޝަރަފުގެ އިއްޒަތް އެރުވުނު ހެލްތު މިނިސްޓަރު ނަސީމަށް ރައީސް ސޯލިހު ވަނީ ތަހުނިޔާ ދަންނަވާފަ އެވެ. ފަތުރުވެރިކަމަކީ ރާއްޖޭގެ ކުރިއަށް ގެންގޮސް ފުޅާ ކުރެއްވޭނެ ސިނާއަތެއް ކަން އެނގިވަޑައިގެން ނަސީމު މަސައްކަތް ފެއްޓެވި ކަމަށާއި އެ ސިނާއަތް ކުރިއެރުވުމަށް އެމަނިކުފާނު ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮވިޑުއާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ނަސީމް ވާހަކަ ދައްކަވަނީ
ކޮވިޑުއާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ނަސީމް ވާހަކަ ދައްކަވަނީ

ކޮވިޑުއާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ނަސީމް ވާހަކަ ދައްކަވަނީ

"ސަރުކާރަށް 37 އަހަރަށް ވުރެ ގިނަ ދުވަހުގެ މުއްދަތެއްގައި ހިދުމަތް ކުރެއްވި. އަދި ސަރުކާރުގެ ވަރަށް ގިނަ އިސް މަގާމުތައް ފުރުއްވި،" ނަސީމުގެ ހިދުމަތްތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ރައީސް ސޯލިހު ވިދާޅުވި އެވެ.

ހަވާލުކުރެއްވި ކޮންމެ ކަމެއް ވެސް ވަރަށް ފަރުވާތެރިކަމާއި އިހުލާސްތެރިކަމާއެކު ނަސީމް ކުރައްވާ ކަމަށާއި ސަރުކާރުން އޭރު ފެށި ބޮޑެތި ބައެއް މަޝްރޫއުތައް ހިންގެވުމުގައި ވަރަށް މުހިންމު ދައުރެއް އޭނާ އަދާކުރެއްވި ރައީސް ސޯލިހު ވިދާޅުވި އެވެ.

"އޭގެ ތެރެއިންވެސް އެންމެ މުހިންމު އެއް މަޝްރޫޢަކީ، ރާއްޖޭގެ މަސްދޯނިފަހަރުގައި އިންޖީނު އެޅުމުގެ މަޝްރޫޢު. އެ މަސައްކަތްވެސް އެންމެ އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދެވީ ނަސީމުގެ ބެއްލެވުމުގެ ދަށުން. އެ ނޫނަސް ނަސީމުގެ ކިތަންމެ ހިދުމަތެއް މި ޤައުމަށް ލިބިފައިވާކަން، ވީޑިއޯ ރިޕޯޓުން ވެސް އެނގިއްޖެ،" ރައީސް ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރުގެ މަގާމުގައި މިހާރު ނަސީމް ކުރައްވަމުން ގެންދަވާ ހިދުމަތްތަކީ ފާހަގަކޮށްނުލާ ދޫކޮށްލެވޭނެ ޚިދުމަތެއް ނޫން ކަމަށް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ "ކޯވިޑް-19ގެ ދަތި އުނދަގޫ ދުވަސްވަރު ވެސް ރެޔާއި ދުވާލު [ނަސީމް] ކުރައްވަމުން ގެންދެވި ބުރަ މަސައްކަތް އަޅުގަނޑަށް ވަނީ ފެނިފައި" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox