އިރާނުގައި އަނެއްކާވެސް އަންހެން ކުއްޖަކު މަރާލިކަމުގެ ތުހުމަތު ސަލާމަތީ ފައުޖަށް

އަސްރާ ޕަނަހީ މަރުވީ އުމުރުން 15 އަހަރުގައި. -- ފޮޓޯ: ސޯޝަލް މީޑިއާ

އަސްރާ ޕަނަހީ މަރުވީ އުމުރުން 15 އަހަރުގައި. -- ފޮޓޯ: ސޯޝަލް މީޑިއާ

މިދިޔަ ހަފުތާގައި އިރާނުގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު މަރުވީ ސަަލާމަތީ ފައުޖުން އަނިޔާ ކުރުމުން ކަމަށް ޓީޗަރުންގެ ޔޫނިއަނުން ތުހުމަތުކޮށްފި އެވެ.

ކޯޑިނޭޓިންގް ކައުންސިލް އޮފް ޓީޗާޒް ސިންޑިކޭޓްސްއިން ބުނީ އަސްރާ ޕަނަހީ މަރުވީ އަރްދާީލްގައި ހުންނަ ސްކޫލް ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަނުގެ ތެރެއިން ކަމަށެވެ.

އެ ޔޫނިއަނުން ބުނީ ސަލާމަތީ ފައުޖުގެ އޮޕަރޭޝަނުގައި ގިނަ ކުދިންތަކަކަށް އަނިޔާވި ކަމަށެވެ. އެ ކުދިންނަށް ހަމަލާ ދިނީ ރޫހާނޫ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީއަށް ތާއީދުކޮށް ލަވަޔެއް ކިޔަން ދެކޮޅު ހެދުމުން ކަމަށް އެ ޔޫނިއަނުން ބުންޏެވެ.

އެކަމަކު އޮފިޝަލުން އެ ތުހުމަތު ދޮގު ކުރި އެވެ. ދައުލަތުގެ ޓީވީއިން ބުނީ އަސްރާއަކީ ހިތުގެ މައްސަލައެއް ހުރި ކުއްޖެއް ކަމަށެވެ.

މީގެ މަހެއް ކުރިން އިރާނުގައި ފެށި މުޒާހަރާތަކުގައި ފުރާވަރު އުމުރުގެ އަންހެން ކުދިން މަރުވަމުން ދަނީ ސަލާމަތީ ފައުޖުން އަނިޔާކުރާތީ ކަމަށް އާއިލާތަކާއި އެކްޓިވިސްޓުން ތުހުމަތުކުރެ އެވެ.

އިރާނުގައި ހަމަނުޖެހުން ފެށުނީ ބުރުގާ ނާޅާ ހުރުމުން ހައްޔަރު ކުރި އުމުރުން 22 އަހަރުގެ މަހްސާ އާމިނީ މަރުވުމުންނެވެ. އިރާނުގައި އަންހެނުން ބުރުގާ އެޅުން މަޖުބޫރެވެ.

އޭގެ ފަހުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމުގައި ބައިވެރިވި ނިކާ ޝަކަރަމީ އާއި ސަރީނާ އެސްމާއިލްޒާދެހް ވެސް މަރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox