ތައިލޭންޑަށް ބޭލި މަހުގެ ތެރެއިން 1،100 ޓަނު މަދުވެ މިފްކޯއަށް 67 މިލިއަނުގެ ގެއްލުން

މިފްކޯއިން ބޭރު ގައުމުތަކަށް މަސް އެކްސްޕޯޓު ކުރަން ބޭނުންކުރާ ޖަޒީރާ ރީފާ.

މިފްކޯއިން ބޭރު ގައުމުތަކަށް މަސް އެކްސްޕޯޓު ކުރަން ބޭނުންކުރާ ޖަޒީރާ ރީފާ.

ރާއްޖެ އިން ތައިލޭންޑަށް އެކްސްޕޯޓުކުރާ މަހުގެ ޝިޕްމެންޓުތަކުގެ ބަރުދަނުގައި ހުރި ތަފާތުތަކުގެ ސަބަބުން 1،100 އަށްވުރެ ގިނަ ޓަނުގެ މަސް މަދުވެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑު (މިފްކޯ) އަށް 67 މިލިއަން ރުފިޔާގެ ގެއްލުންވެއްޖެ އެވެ.

މިފްކޯގެ ކޯލްޑް ސްޓޯރޭޖުތަކުގައި މަސް ރައްކާ ކުރުމާއި އަދި އެކްސްޕޯޓު ކުރުމަށް ކެރިއަރު ބޯޓުތަކަށް މަސް ލޯޑުކުރުމުގެ ކުރިން މަހުގެ ބާވަތާއި، ސައިޒު ވަކިން އެނގޭނެހެން ތަރުތީބުކޮށް ބެހެއްޓުމަށް ސަމާލުކަން ދީފައި ނުވާ ކަމަށް ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓުކުރުމުގައި މިފްކޯއިން 2016 އިން 2021 އަށް އަމަލުކޮށްފައިވާ ގޮތް ދެނެގަތުމަށް ހެދި ހާއްސަ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ ސަބަބުން، މިފްކޯގެ އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާ ހުންނަ ގޮތާއި، މަހުގެ ޝިޕްމެންޓު މަސް ގަންނަ ފަރާތަށް ލިބުމުން، އެ ފަރާތުން ޝިޕްމެންޓުގައި ހުރި މަހުގެ ބާވަތާއި ތަފްސީލު ފޮނުވާއިރު ބޮޑެތި ތަފާތުތަކެއް ހުންނަ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި، މިފްކޯއިން ފޮނުވާ އިންވޮއިސްތަކަށް ލިބެން ޖެހޭ ފައިސާގެ ބޮޑުބައެއްގެ އޭގެ ސަބަބުން ނުލިބި ގެއްލޭ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ތައިލޭންޑަށް 204،752 ޓަނުގެ މަސް މިދިޔަ ފަސް އަހަރު އެކްސްޕޯޓު ކުރުމަށް ލޯޑުކުރި ކަމަށް މިފްކޯގެ ހިސާބުތަކުން ދެއްކި ނަމަވެސް އެ ގައުމަށް ބޭލީ 203،646 ޓަނުގެ މަސް ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެ އެވެ. އެއީ، 1،106 ޓަނުގެ މަދުވުމެކެވެ.

ނަތީޖާއެއްގެ ގޮތުން މިދިޔަ ފަސް އަހަރުގެ ތެރޭ އެ ކުންފުންޏަށް ވަނީ 67،212،612ރ. ގެ ގެއްލުން ވެފަ އެވެ. މިފްކޯއަށް އެންމެ ގިނަ އަދަދަކަށް ފައިސާ ގެއްލުނީ 2019 ގަ އެވެ. މަހުގެ ބަރުދަން ދިމާނުވެ އެ އަހަރު 26 މިލިއަން ރުފިޔާގެ ގެއްލުން މިފްކޯއަށްވި އެވެ.

އެކަމުގެ އެއް ސަބަބެއްގެ ގޮތުގައި އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައި ވަނީ މަސް ކިރުމަށް މިފްކޯގައި ބޭނުންކުރާ ކައްޓާ ގިނަ ދުވަސްވެ ރަނގަޅަށް ކެލިބުރޭޓު ނުކުރެވުމެވެ. އަދި، ކެލިބުރޭޓު ކުރުމަށް ބޭނުންކުރަމުންދިޔަ ބަރުތަކުގައި ހުންނަން ޖެހޭ ބަރުދަން ނެތި، އެ ބަރުތައް ބޭނުންކޮށްގެން ކައްޓާ ހަމަކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

ހަމައެހެންމެ، މަސް ގަންނަ ފަރާތުން މަހުގެ ޝިޕްމެންޓުތަކަ ހަވާލުވާއިރު އޭގެ ހާލަތު ރަނގަޅަށް ކަށަވަރުކޮށްފައި ނުވެ އެވެ. 2019 ގެ ކުރިން މަހުގެ ޝިޕްމެންޓުތަކާ އެކު އެ ކުންފުނީގެ މުވައްޒަފުން ގޮސްފައިނުވާއިރު މަހުގެ ހާލަތާ ގުޅޭގޮތުން ހުށަހަޅަން ޖެހޭ ރިޕޯޓު ހުށަހަޅާފައި ނުވާ ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.

މަހުގެ ހާލަތު ބޭރު ގައުމެއްގެ ބަނދަރަށް ބާލާއިރު ބެލުމަކީ މިފްކޯގެ ޒިންމާއެއް ކަމަށްވާއިރު ޝިޕްމެންޓުތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓުތައް މަސް ގަންނަ ފަރާތްތަކުން ވެސް ގަވާއިދުން ހުށަހަޅާފައި ނުވާ ކަމަށް އޮޑިޓުގައި ބުނެ އެވެ.

އެ ރިޕޯޓުތަކަކީ މަސް ބޭރުކުރި ގައުމުތަކުގެ ބަނދަރަށް ޝިޕްމެންޓު ބާލާތާ 30 ދުވަހުގެ ތެރޭގައި ނުވަތަ ޝިޕްމެންޓުގެ 70 އިންސައްތަ ޕްރޮސެސް ކުރުމުން ފޮނުވަން ޖެހޭ ރިޕޯޓުތަކެކެވެ. ބައެއް ފަހަރު 180 ދުވަހުގެ ތެރޭގައި ވެސް ރިޕޯޓުތައް ފޮނުވާފައިވާއިރު، އޭގެ ސަބަބުން ގަންނަ ފަރާތްތަކުގެ ކޯލްޑް ސްޓޯރޭޖުގައި ހުރެގެން މަހުގެ ކޮލިޓީއަށް އަސަރުކުރި ނަމަވެސް އޭގެ ގެއްލުން މިފްކޯއިން އުފުލަން ޖެހިފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެ އެވެ.

ހާއްސަ އޮޑިޓު ފެށުމާ ހަމައަށް ވެސް އެކްސްޕޯޓުކުރާ މަހުގެ ޝިޕްމެންޓުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ފިޔަވަޅު އަޅާފައިނުވާ ކަމަށް ވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

އެއްބަސްވުމެއް ނެތި 144 މިލިއަން ރުފިޔާގެ މަސް ވިއްކި

މިފްކޯގެ އެސްއޯޕީތަކުގައި އެ ކުންފުނިން އެކްސްޕޯޓުކުރާ ކޮންމެ މަހުގެ ބާވަތަކަށް އެއްބަސްވުން ހަދައި، ވެރިޔަކު ސޮއިކޮށް ލިޔެކިޔުންތައް ބަލަހައްޓަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އެހެން ނަމަވެސް، ފިނިކުރި އައިސް މަސް ވިއްކުމުގައި އެ ކުންފުނިން މި އެެސްއޯޕީތަކާ ހިލާފަށް އަމަލުކޮށްފައިވާކަން އޮޑިޓު ރިޕޯޓުން އޮތީ ހާމަވެފަ އެވެ.

އެގޮތުން، 2016 އިން 2018 ގެ އޮކްޓޯބަރުގެ ނިޔަލަށް އެއްބަސްވުން ނަހަދާ 144 މިލިއަން ރުފިޔާގެ މަސް ވިއްކި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި، އެއާފްރެއިޓުކޮށް މަސް ވިއްކިއިރު އެންމެ ރަނގަޅު އަގު ހުށަހެޅީ ކޮން ފަރާތަކުން ކަން އެނގެން ނެތްއިރު، މަސް ވިއްކާފައި ވަނީ ފެކްޓްރީގައި އިސްކޮށް ހުންނަ މީހާ މަސް ގަންނަ ފަރާތްތަކާ ފޯނުން ގުޅައި މަޝްވަރާކޮށްގެން ކަން ވެސް ވަނީ ހާމަވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox