ސައުދީ ސަރުކާރަށް ފާޑުކީ އެމެރިކާ މީހަކު 16 އަހަރަށް ޖަލަށް

ސާދް އިބްރާހިމ އަލްމާދީ ހައްޔަރު ކުރީ ރިޔާދުގައި (ވ) -- ފޮޓޯ: އިބްރާހިމް އަލްމާދީ

ސާދް އިބްރާހިމ އަލްމާދީ ހައްޔަރު ކުރީ ރިޔާދުގައި (ވ) -- ފޮޓޯ: އިބްރާހިމް އަލްމާދީ

ސައުދީ އަރަބިއްޔާގެ ސަރުކާރަށް ފާޑުކިޔައި ޓްވީޓްތަކެއް ކުރުމުން ރިޔާދުގައި ހައްޔަރު ކުރި އެމެރިކާ މީހަކު 16 އަހަރަަށް ޖަލަށް ހުކުމްކޮށްފި އެވެ.

އުމުރުން 72 އަހަރުގެ ސާދް އިބްރާހިމް އަލްމާދީއަކީ އެމެރިކާ އާއި ސައުދީ އަރަބިއްޔާގެ ޕާސްޕޯޓު އޮންނަ މީހެކެވެ. އޭނާ ހައްޔަރު ކުރީ މިދިޔަ ނޮވެމްބަރު މަހު އާއިލާ ދެކިލުމަށް ފްލޯރިޑާއިން ރިޔާދަށް ދިޔަަ ތަނުންނެވެ.

އޭނާގެ ފިރިހެން ދަރިފުޅު އިބްރާހިމް އަލްމާދީ ބުނީ ބައްޕަގެ މައްސަލައިގައި ނޫސްތަކަށް މައުލޫމާތު ނުދިނުމަށް އެމެރިކާ ސަރުކާރުން ލަފާދިން ނަމަވެސް، ބައްޕަ ޖަލުގައި ހުރެ މަރުވާ މަންޒަރު ދެކެން ބޭނުން ނުވާ ކަމަށެވެ.

އޭނާ ތުހުމަތު ކުރީ ބައްޕަ ބަންދުކޮށްފައި ހުރީ އިންސާނިއްޔަތާ ހިލާފު ގޮތަކަށް ކަމަށެވެ. ހަމަނުޖެހުން އުފެއްދުމާއި ޓެރަރިޒަމަށް ފަންޑު ކުރުމުގެ ކުށް ކޯޓުން ސާބިތު ކުރީ 14 ޓްވީޓެއް ހެކީގެ ގޮތުގައި ބަލައިގެން ކަމަށް ވެސް ބުންޏެވެ.

ބީބީސީއިން ބުނީ އެ ޓްވީޓުތަކުގައި ހިމެނެނީ މައްކާ އާއި ޖިއްދާގެ ބައެއް ގަދީމީ ތަންތަން ނައްތާލުމާ ދެކޮޅު ހިޔާލާއި، ސައުދީ އަރަބިއްޔާގައި ފަގީރުކަން އޮތް މިންވަރާ މެދު ކަަންބޮޑުވުމާއި، މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ހަޝޮގްޖީގެ ވާހަކަ ކަމަށެވެ.

އިބްރާހިމް އަލްމާދީ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރީ އޭނާގެ ބައްޕަގެ މައްސަލައަށް އެމެރިކާ ސަރުކާރުން ސަމާލުކަން ނުދޭތީ އެވެ. އޭނާ ބުނީ އެމެރިކާ ރައްޔިތަކު ހައްޔަރު ކުރާ ގައުމެއްގެ ގޮތުން، އެމެރިކާ ސަރުކާރުން އަމަލު ކުރާ އުސޫލު ތަފާތު ކަމަށެވެ.

އެގޮތުން ރަޝިއާ ނުވަތަ އިރާނުގައި އެމެރިކާ މީހަކު ހައްޔަރުކޮށްފި ނަމަ ވަގުތުން ފިޔަވަޅު އެޅި ނަމަވެސް، ސައުދީ އަރަބިއްޔާގައި އެކަން ކުރުމުން ތަފާތު ކަމަށް ބުންޏެވެ.

"ސައުދީ އަރަބިއްޔާގައި އެމެރިކާ މީހަކު ހައްޔަރުކޮށްފި ނަމަ، އެ މީހަކަށް ވުރެ ބޮޑަށް މުހިއްމު ވާނީ ތެޔޮ ފީފާއެއް،" އޭނާ ބުންޏެވެ.

އެމެރިކާގެ އިސް އޮފިޝަލަކު ބުނީ ސާދްގެ މައްސަލަ އެމެރިކާ ސަރުކާރުން ސައުދީ ސަަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox