އަމިއްލަ ގައުމުގައި ކުޅޭއިރު އެދެނީ ދިވެހި ސަޕޯޓަރުންގެ އެހީ އަށް

Oct 18, 2022, 2:53 AM
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނަބާ ވާހަކަ ދައްކަނީ.--- ފޮޓޯ: ޔޫތު މިނިސްޓްރީ

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނަބާ ވާހަކަ ދައްކަނީ.--- ފޮޓޯ: ޔޫތު މިނިސްޓްރީ

މިއަދު ހެނދުނު ކުޅިވަރު އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގައި ފަށާ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖްގައި ކާމިޔާބު ހޯދަން ދިވެހި ކުޅުންތެރިން މަސައްކަތްކުރާއިރު، އަމިއްލަ ގައުމުގައި ކުޅޭ ކަމުގެ އިހުސާސް ކުޅުންތެރިންނަށް ކުރެވޭނީ ސަޕޯޓަރުންގެ އެހީތެރިކަން ވަރަށް ރަނގަޅަށް ލިބިގެން ކަމަށް ގައުމީ ބެޑްމިންޓަން ޓީމުގެ ފާތިމަތު ނަބާހާ (ނަބާ) އާއި ނިބާލް އަހުމަދު ބުނެފި އެވެ.

ޒުވާނުންގެ މަަރުކަޒުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ނަބާ ބުނީ އިންޓަނޭޝަނަލް މުބާރާތެއް ރާއްޖޭގައި ވަރަށް ގިނަ ދުވަހަށް ފަހު ބޭއްވޭއިރު، މީގެ އޮތް އެންމެ ބޮޑު އުފަލަކީ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެލަން ލިބޭނެ ފުރުސަތު އޮތުން ކަމަށެވެ.

"ވަރަށް ހިތްހަމަޖެހޭ ރާއްޖޭގެ ކްރައުޑެއް ކުރިމަތީގައި ކޮމްޕީޓްކުރަން މި ގޮތަށް ލިބޭތީ. ދެން ވަރަށް ބޮޑު އުފަލަކަށްވާނެ، ދިވެހި ރައްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ ސަޕޯޓެއް ލިބިއްޖިއްޔާ،" ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ރާއްޖެ ތަމްސީލްކޮށް، ރަނގަޅު ކާމިޔާބު ހޯދާފައިވާ ނަބާ ބުންޏެވެ.

Advertisement

"އައިއޯއައިޖީ އަކީ އެންމެ ފަހުން ރާއްޖެ އެންމެ ފޯރިގަދަކޮށް ބައިވެރިވި ޓީމެއްގެ ގޮތުގައި ބައިވެރިވި މުބާރާތަކީ، އެ ތާގައި ފެނޭ އަސްލު މޮރިޝަސްގެ ރައްޔިތުން އައިސް އެ މީހުންނަށް ކުރި ސަޕޯޓް. އެ ފީލިން (އިހުސާސް) އަޅުގަނޑުމެން ވެސް ބޭނުންވޭ، ދިވެހި ރާއްޖޭގެ ރައްޔިތުން އައިސް އަޅުގަނޑުމެންނަށް ސަޕޯޓްކުރަން. ދިވެހި ކުދިންގެ ނަން ގޮވާ އަޑު އިވެން ބޭނުން، ގައުމީ ޓީމު ނޫނަސް ޖޫނިއާ ޓީމުގައި ވެސް މި ތިބޭ ކުޅުންތެރިންނަށް ލިބޭ ހިތްވަރެއް ކަންނޭނގެ ވާނީ، ބޭރު ގައުމުގައި ކުޅުމާއި އަމިއްލަ ގައުމުގައި ކުޅުމުގެ ތަފާތު އިހުސާސް ކުރެވޭ ވަރުގެ ސަޕޯޓެއް ބޭނުން،"

ފަހަކަށް އައިސް ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން އަންނަނީ ބައިނަލްއަގުވާމީ އެކި ފަންތީގެ މުބާރާތްތަކުގައި ވާދަކޮށް މެޑަލް ވެސް ހާސިލް ކުރަމުންނެވެ. މިއީ އަހަރުން އަހަރަށް ކުޅުންތެރިން އަމިއްލަ އަށް ކުރިއަރަން ވެސް ކުރި މަސައްކަތްތަކުގެ ނަތީޖާ އެވެ.

"މިހާރުގެ ޓާގެޓަކީ މި ފެންވަރުގެ މުބާރާތްތަކުން ހަމަ ޕޯޑިއަމް ލެވަލަށް، މެޑަލް ހޯދަން. އިރާދަކުރެއްވިއްޔާ ވާނެ، ގޯލްޑް ވެސް މިހާރު ހޯދާފައި މި އޮތީ. ޓާގެޓަކަށް މިހާރު ވިސްނައިގެން މި ދަނީ. މިއީ ރާއްޖެ ކުޅުންތެރިންނަށް ލިބޭ ވަރަށް ރަނގަޅު މުބާރާތެއް ވާދަކޮށްލަން،" ނަބާ ބުންޏެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނިބާލް ވާހަކަ ދައްކަނީ.--- ފޮޓޯ: ޔޫތު މިނިސްޓްރީ

ރާއްޖޭން ބޭރުގައި ޓްރެއިނިން ހަދަމުން އަންނަ ދެ ކުޅުންތެރިއަކު މި ފަހަރުގެ އިންޓަނޭޝަނަލް ޗެލެންޖަށް ވަނީ އައިސްފަ އެވެ. އެއީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދިން ޕެރިސް 2024 ސްކޮލަޝިޕްގެ ދަށުން ޔޫއޭއީގައި ޓްރެއިނިން ހަދަމުން އަންނަ ނިބާލް އަހުމަދާއި ރިވައިވަލް ސްޕޯޓްސް ކްލަބާއި ޔޫތު މިނިސްޓްރީ އަދި ބެޑްމިންޓަން އެސޯސިއޭޝަނުގެ މަސައްކަތުން އިންޑިއާގައި ޓްރެއިނިން ހަދަމުން އަންނަ އަހުމަދު ތޯއިފް އެވެ.

ނިބާލް ޓްރެއިނިން ފެށި ފަހުން ވަނީ ކޮމަންވެލްތު ގޭމްސް ހިމެނޭ ގޮތަށް ބައިނަލްއަގުވާމީ ދެ މުބާރާތެއްގައި ރަނގަޅު ވާދައެއް ކޮށްފަ އެވެ. ދާދި ފަހުން އިންޑިއާގައި އޮތް އިންޓަނޭޝަނަލް މުބާރާތެއްގައި ތޯއިފް ވެސް ވާދަކުރި އެވެ.

"ނިބާލް ރާއްޖޭން ބޭރުގައި ޓްރެއިނިން ހަދާތާ މިހާރު ފަހެއް ނޫނީ ހަ މަސްވާނީ. ދެން، މި މުބާރާތަށް އަންނައިރުގައި އަސްލު ކޮމަންވެލްތު ލައިގެން އަސްލު އިންޓަނޭޝަނަލް ދެ މުބާރާތް ކުޅެފިން. އެހެންވީމަ މި މުބާރާތުގައި މެއިން ޑްރޯ މި ކުޅެނީ. ޓްރެއިނިން އަށް ފަހު ރަނގަޅު ނަތީޖާއެއް ނެރެން ނިބާލްގެ ޕާސަނަލް ޓާގެޓަކީ ވެސް،" ކުރިއެރުންތަކެއް ހޯދަމުން އަންނަ ނިބާލް ބުންޏެވެ.

"ބެޑްމިންޓަން ކޮމިއުނިޓީގެ ފަރާތުން ވަރަށް ބޮޑު އެދުމެއް ވީހާވެސް ގިނަ މީހުން އެކުވެންޏަށް ސަޕޯޓްކުރަން އައުމަކީ،"

މެދުކެނޑުމަކަށް ފަހު މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް އަލުން ފެށުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމެއް ކަމަށް ނިބާލް ވަނީ ބުނެފަ އެވެ. އަދި އަމިއްލަ ގައުމުގައި ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން ލެވަލްގެ މުބާރާތެއްގައި ކުޅެލަން ލިބުމަކީ ވެސް ބޮޑު ފުރުސަަތެއްގެ ގޮތުގައި ދެކިގެން، ހުރިހާ ކުޅުންތެރިން ވެސް ރަނގަޅު ނަތީޖާއެއް ނެރެން ހިތްވަރުކުރާނެ ކަމަށް ނިބާލް ގަބޫލުކުރެ އެެވެ.

ފިރިހެން ސިންގަލްސް ފުރަަތަމަ ބުރުގައި ނިބާލް ކުޅޭ މެޗު އޮތީ މިއަދު 3:30 ގައި ޓްރިންޑާޑްގެ ނިކޮލަސް ބޮންކޯސްކީއާ ދެކޮޅަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox