ކާމިޔާބީގެ ދަތުރުގައި ބެޑްމިންޓަނުން ބަދަލުވި ވިސްނުންތަކާ އެކު މޫސަ އަށް އާ އުންމީދެއް

Oct 18, 2022, 2:32 AM
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މޫސަ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ޔޫތު މިނިސްޓްރީ

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މޫސަ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ޔޫތު މިނިސްޓްރީ

ކޮވިޑް-19ގެ ބްރޭކަށް ފަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތެއް ފަށަން ހުރިހާ ކަމެއް އޮތީ މިހާރު ނިމިފަ އެވެ. ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި މިއަދު ހެނދުނު 10 ޖަހާއިރު ފަށާ ލިނިން އިންޓަނޭޝަނަލް ޗެލެންްޖް 2022 އާ ހަމައަށް އައިއިރު، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ރައީސް މޫސާ ނާޝިދު ގުނަމުން އެ ދަނީ އެސޯސިއޭޝަންގައި އޭނާގެ ރައީސްކަމުގެ ތިން ވަނަ ދައުރެވެ.

މޫސަގެ ލީޑަޝިޕްގައި ބެޑްމިންޓަނުން ގިނަގުނަ ކަންކަން ވަނީ ހާސިލްކޮށްފަ އެވެ. އެންމެ ފުރަތަމަ އިންޓަނޭޝަނަލް ޗެލެންްޖް ފެށީ ވެސް މޫސަގެ އިސްނެންގެވުމާ އެކު އެވެ. ދެ ފަހަރު އައި މެދުކެނޑުމާ އެކު ވެސް މޯލްޑިވްސް ޗެލެންޖްގެ ކަންކަން ފަޑުވިޔަނުދޭން މޫސަ ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ.

ރާއްޖޭގެ ބެޑްމިންޓަނުގައި މުހިންމު މުބާރާތެއްގެ ގޮތުގައި އޮތް އިންޓަނޭޝަނަލް ޗެލެންޖް، ހުއްޓާނުލައި ކުރިއަރުވައިގެން ބާއްވާ އެންމެ ބޮޑު ބޭނުމަކީ އޮލިމްޕިކް ސައިކަލްގެ ތެރޭގައި ދިވެހި ކުޅުންތެރިންނަށް އިތުުރު ފުރުސަތު ހޯދައިދޭށެވެ.

"ރާއްޖޭން ބޭރުގެ ފެންވަރު ރަނގަޅު ކުޅުންތެރިންނާ އެކު ކުޅެން އިތުރު ފުރުސަތު ދިނުން އެންމެ ބޮޑު އެއް މަގްސަދެއްގެ ގޮތުގައި މި އޮތީ،" ޒުވާނުންގެ މަރުކަޒުގައި އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޫސަ ވިދާޅުވި އެވެ.

"ދެ ވަނަ ކަމަކަށް، ރާއްޖޭގައި މިހާރު ބެޑްމިންޓަންގެ ޕޮޕިއުލޭރިޓީ (މަގުބޫލުކަން) އިތުރުވަމުންދާ މިންވަރު، ނިސްބަތް އިތުރުކުރުން، މިހާރު އަޅުގަނޑުމެންނަށް ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހެން ބެޑްމިންޓަން އެބަކުޅޭ ކުޅުންތެރިން އެބަތިބި. މި ލެވަލްގެ މުބާރާތެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުޅުންތެރިން އައިސް ވާދަކުރަމުންދާތަން ފެނުމީ ދިވެހި ބެޑްމިންޓަން ކޮމިއުނިޓީ އަށް ލިބޭ އެންހޭސްމަންޓެއް، ބެޑްމިންޓަންގެ ޕޮޕިއުލޭރިޓީ އިތުރުވެގެންދާނެ ކަމެއް،"

މޫސަ ވިދާޅުވީ މިހާރު ބެޑްމިންޓަނަކީ ރާއްޖޭގެ ބައެއް ކުޅިވަރުތަކުގެ ވިސްނުން މީގެ ކުރިން ބައްޓަންވެފައި ހުރި ގޮތަށް ހަމައެކަނި އިންޓަނޭޝަނަލް ލެވަލްގައި "ބައިވެރިވެލަން" ކުޅޭ މުބާރާތެއް ނޫން ކަމަށެވެ. ޓާގެޓްތަކެއް ކަނޑައަޅައިގެން ރާއްޖެ އަށް ރީތި ނަން ހޯދައިދިނުމަކީ ބެޑްމިންޓަނުން މިހާރު މުބާރާތްތަކާ މެދު ދެކޭ ގޮތް ކަމަށް މޫސަ ވިދާޅުވި އެެވެ.

"އަޅުގަނޑުމެންގެ ކުޅުންތެރިން މިހާރު ބައިވެރިވާ މުބާރާތްތަކުގައި ހަމަ ރަނގަޅު ހިސާބަކަށް ދަތުރުކޮށް މޮޅެތި ކުޅުންތެރިން އަތުން މޮޅުވެ، ޕޯޑިއަމް ފިނިޝްއަކާ ހަމައަށް އެބަދެވޭ. ކުރިން އަޅުގަނޑުމެން އެއިމް ކުރާ ލެވަލަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް. މިހާރު އޭގެ އިތުރުުން ބައިނަލްއަގުވާމީ ލެވަލްގައި ކަލަންޑަރު ކުރެވިފައި ހުންނަ ލެވަލްގެ މުބާރާތްތަކުގައި ނަތީޖާ ނެރެން. މިއީ އޮލިމްޕިކްސް އަށް އިތުރު ދޮރުތަކެއް ހުޅެވޭތޯ ކުރާ މަސައްކަތެއް،" ކުރިން ބެޑްމިންޓަން ކުޅުއްވި މޫސަ ވިދާޅުވި އެވެ.

ރާއްޖޭގެ ބެޑްމިންޓަނުން މިހާރު ވަނީ ދެ ފަހަރެއްގެ މަތިން ދުުރު ރާސްތާ ޕްލޭނެއް ހަދައިގެން ކުރި މަސައްކަތުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖޯ)ގައި ރަން މެޑަލް ހޯދައިފަ އެވެ. އޭގެ އިތުރުން ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަން، ބީޑަބްލިއުއެފްގެ ރުހުން ލިބިފައިވާ މުބާރާތަކުން ވެސް ވަނީ ރަން މެޑަލް ހޯދައިފަ އެވެ.

މޫސަ ވިދާޅުވީ އެއް ހަރުފަތް މައްޗަށް ޖައްސާލަން ބަލާއިރު، ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް މުބާރާތުން މެޑަލެއް ހޯދަން ކުރަން ޖެހޭ މަސައްކަތް ވަރަށް ބުރަ ކަމަށެވެ. އެއީ ރާއްޖޭގައި މި އޮންނަ މުބާރާތަކީ ވެސް ބެޑްމިންޓަންގެ ދުނިޔޭގެ ފެޑެރޭޝަން، ބީޑަބްލިއުއެފް އިން ބަލައިގަންނަ މުބާރާތެއް ކަމަށްވާއިރު، މި މުބާރާތަށް އަންނަ ކުޅުންތެރިންނަކީ އޮލިމްޕިކް އަށް ކޮލިފައިވާން ބޭނުންވާ ޕޮއިންޓް ހޯދަން ކަމަށްވާތީ އެވެ. މި ހުރިހާ ސަަބަބުތަކާ ހެދި މީގެ ރާއްޖޭގެ ކުޅުންތެރިންނަށް އޮންނަ ޗެލެންޖް ފެންނަނީ ބޮޑުކޮށެވެ.

"ދުނިޔޭގެ އެކިއެކި ހިސާބުތަކުން، 25 ވަރަކަށް ގައުމުން މި އަންނަނީ ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް މި އަންނަނީ އޮލިމްޕިކްސް ސެކިޔޯ (ޖާގަ ޔަގީން) ކުރުމުގެ ގޮތުން. ދެން އޮލިމްޕިކްސް ސެކިޔޯ ކުރެވޭއިރު އެ ގައުމަކަށް ލިބޭ ބައިވަރު އިތުރު ބެނިފިޓްސްތަކެއް ހުރޭ ކުޅިވަރު ވަށައިޖެހޭ ގޮތަށް. އެ ގައުމެއްގެ އޮލިމްޕިކް ކޮމިޓީ ތެރެއިންނާއި އިންޓަނޭޝަނަލް ބެޑްމިންޓަން ފެޑެރޭޝަނުންނާއި ސަރަހައްދީ ބެޑްމިންޓަން ފެޑެރޭޝަނުގެ ތެރެއިން އެހެންވީމަ ދުނިޔޭގައި ތިބި ޓޮޕް ކްލާސް ކުޅުންތެރިންތަކެއް އައިސް މި ތިބީ، 200 އަށް ވުރެ ގިނަ ކުޅުންތެރިން ދުނިޔޭގެ އެކި ގައުމުތަކުން ޖުމްލަ ފަސް ބައްރުގެ ގައުމުތައް ވެސް ހިމެނޭ ގޮތަށް،" މިއަދު ރާއްޖޭގައި ފަށާ އިންޓަނޭޝަނަލް ޗެލެންޖަށް އިޝާރާތްކޮށް މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ އިންޓަނޭޝަނަލް ޗެލެންޖް ހޯސްޓްކޮށްގެން ލިބޭ އެންމެ ބޮޑު ދެ ފައިދާ އަކީ ދުނިޔޭގެ އެކި ބައްރުތަކުގެ ކުޅުންތެރިންނާ ކުޅެން އަމިއްލަ ފަސްގަނޑުގައި ހުރެ ފުރުސަތު ލިބުމާއި ރޭންކިންގައި ކުރިއެރުން ހޯދަން ބޭނުންވާ ޕޮއިންޓްތައް ހޯދަން މަސައްކަތް ކުރަން ފަސޭހަވުމެވެ.

މި ފަހަރުގެ އިންޓަނޭޝަނަލް ޗެލެންޖުގައި ޖުމްލަ 30 ވަރަކަށް ދިވެހި ކުޅުންތެރިން ވާދަކުރާނެ ކަމަށް އެސޯސިއޭޝަނުން މައުލޫމާތު ދެ އެވެ. ގައުމީ ޓީމުގެ ކުޅުންތެރިންނާއި ދިވެހި ކްލަބްތަކުގެ ކުޅުންތެރިންނާއި ގައުމީ ޓީމުގެ ބެކަޕް ޕޫލެއް ގޮތަށް އެކުލަވާފައިވާ ޖޫނިއާ ޕޫލްގެ ކުޅުންތެރިން ވެސް މި ފަހަރުގެ މުބާރާތުގައި ކުޅެ އެވެ.

"ދެން ކުރިއަށް ނެޝަނަލް ޓީމަށް އަރަން ތިބި ކުޅުންތެރިންނަށާއި އަޅުގަނޑުމެންގެ ނެޝަނަލް ސްކޮޑުން ބޭރުގެ ބައެއް ދިވެހި ކުޅުންތެރިންނަށް ވެސް ފުރުސަތު އެބަލިބޭ. އެހެންވީމަ މިއީ ޖުމްލަކޮށް މުޅި ހުރިހާ ދިވެހި ކުޅުންތެރިންތަކަކަށް ލިބޭ ފުރުސަތެއް. ހަމައެކަނި ސިންގަލްސް އެއް ނޫން ޑަބަލްސް ކުޅޭ ކުޅުންތެރިންނަށް ވެސް ލިބޭ ފުރުސަތެއް،"

މޫސަ ވިދާޅުވީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ ކުޅުންތެރިންނަށް މިހާރު މެޑަލެއް ހޯދަން ބަލާއިރު، އެންމެ ފުރުސަތު ބޮޑުކޮށް އޮތް އެއް އިވެންޓަކީ މިކްސް ޑަބަލްސް ކަމަށެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ.--- ފޮޓޯ: ޔޫތު މިނިސްޓްރީ

ޒުވާނުންގެ މަރުކަޒުގައި އިއްޔެ ހަވީރު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވީ މިއަދު ފަށާ އިންޓަނޭޝަނަލް ޗެެލެންޖަކީ ރާއްޖޭގައި މި އަހަރު ބާއްވާ އިންޓަނޭޝަނަލް ހަތް ވަނަ މުބާރާތް ކަމަށާއި އަހަރު ނިމޭއިރު 10 މުބާރާތް ބޭއްވިގެންދާނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެެވެ.

"ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވުމަކީ ރައީސުލް ޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ އެއް މަސައްކަތް، އޭގެ އެންމެ ބޮޑު ބޭނުމަކީ އަޅުގަނޑުމެންގެ ކުޅުންތެރިންނަށް ރާއްޖޭގައި ރަނގަޅު މުބާރާތްތަކެއް، މެޗުތަކެއް ކުޅުމުގެ ފުރުސަތުދީ ކާމިޔާބީ އަށް ކޮށައިދޭ މަގަކަށް ހެދުމަށް. ދެން، މި ފަދަ މުބާރާތްތައް މެދުވެރިކޮށް ރާއްޖެ އިސްތިހާރު ކުރުން ވެސް ހިމެނޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ މި ފަހަރުގެ އިންޓަނޭޝަނަލް ޗެލެންޖް ބާއްވަނީ ޔޫތު މިނިސްޓްރީ އާއި ބެޑްމިންޓަން އެސޯސިއޭޝަން ވަރަށް ގުޅިގެން ކުރާ މަސައްކަތެއްގެ ގޮތުގަ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އިންޓަނޭޝަނަލް ޗެލެންްޖް މުބާރާތެއް ބޭއްވީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން، 2012 އާއި 2013 ވަނަ އަހަރު ވެސް ބޭއްވުމަށް ފަހު، 2014 ވަނަ އަހަރު ކުޅިވަރު އެކުވެނި އިމާރާތަށް ލިބުނު ގެއްލުމަކާ ހެދި އިންޓަނޭޝަނަލް ޗެލެންޖް މުބާރާތް ހުއްޓުނެވެ.

ހަ ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އިންޓަނޭޝަނަލް ޗެލެންޖާއި ބެޑްމިންޓަން ފިއުޗާ ސީރީސްގެ ނަމުގައި މުބާރާތްތަކެއް 2019 ވަނަ އަހަރު ބޭއްވި އެވެ. އެކަަމަކު، އޭގެ ފަހުން ކޮވިޑް-19އާ ހެދި އަނެއްކާ ހުއްޓުމެއް އައީ އެވެ. އަލުން މި އަހަރު އިންޓަނޭޝަނަލް ޗެލެންޖް ފަށަން ނިންމާފައިވާއިރު، ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox