ޔޫނިއަން ބާލިން ލީޑު ފުޅާކޮށްފި، ބޮޑު މޮޅަކާ އެކު ބަޔާން ދެ ވަނަ އަށް

Oct 17, 2022, 7:39 AM
ލަނޑު ޖެހުމަށް ފަހު ބަޔާން ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ބަޔާން ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ބާލިން (އޮކްޓޫބަރު 17) - ޖަރުމަން ލީގުގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑް އަތުން 2-0 އިން މޮޅުވެ، ތާވަލްގެ އެއް ވަނައިގައި އޮތް ޔޫނިއަން ބާލިން ލީޑު ފުޅާކުރިއިރު، ފްރައިބާގް އަތުން އެންމެ ފަހުގެ ޗެމްޕިއަން، ބަޔާން މިއުނިކުން 5-0 އިން ބޮޑު މޮޅެއް ހޯދައިފި އެވެ.

ތާވަލްގެ އެއް ވަނައިގައި ފަސް ހަފުތާ ހޭދަކޮށްފައިވާ ޔޫނިއަން ބާލިން އިން އަމިއްލަ ދަނޑުގައި ރޭ ޑޯޓްމަންޑް އަތުން މޮޅުވީ މެޗުގެ ފުރަތަމަ ހާފުގައި ޔަނިކް ހަބޭރާ ކާމިޔާބުކުރި ދެ ލަނޑުންނެވެ.

ޔޫނިއަން ބާލިން، އެއް ވަނައިގައި އޮތީ 23 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ 19 ޕޮއިންޓާ އެކު ބަޔާން މިއުނިކެވެ. ތިން ވަނައިގައި 18 ޕޮއިންޓް ހޯދައިގެން އޮތީ ފްރައިބާގެ އެވެ.

"ޓީމު މިހާރު އޮތް ހިސާބަށް ބަލާއިރު ވަރަށް ހިތްހަމަޖެހޭ،" މެޗަށް ފަހު ޔޫނިއަން ބާލިންގެ ކޯޗު އާސް ފިޝާ ބުންޏެވެ.

"އެކަމަކު، އަހަރެން ކުރިން ވެސް ބުނިހެން، މިއީ އަދި ސީޒަންގެ ވަރަށް ކުރީކޮޅު. ދިހަ މެޗުން 23 ޕޮއިންޓް ލިބުމަކީ ކުރިއަށްދާން ލިބޭ ފުރުސަތެއް. މި ގޮތަށް މަސައްކަތް ކޮށްގެން ކުރިއަށް ދެވޭނީ."

ޔޫނިއަން ބާލިން އާއި ޑޯޓްމަންޑް ރޭ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އޭއެފްޕީ

އަމިއްލަ ދަނޑުގައި ރޭ ފްރައިބާގް އަތުން މޮޅުވެ ތާވަލްގެ ދެ ވަނަ އަށް ބަޔާން ޖެހިލިއިރު، އެ ޓީމަށް ލަނޑު ޖަހައިނީ ސާޖް ގްނަބްރީ އާއި އެރިކް މެކްސިމް ޗޯޕޫ މޯޓިން އާއި ލެރޯއީ ސާނޭ އާއި ސަޑިއޯ މާނޭ އަދި މާސެލް ސަބިޓްޒާ އެވެ.

މެޗަށް ފަހު ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ވަނީ އޭނާގެ ޓީމުން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ.

"ހުރިހާ ކުޅުންތެރިން ވެސް މި މެޗުގައި ވަރަށް ރަނގަޅު ކުޅުމެއް ދެއްކި. ނަތީޖާ އިން އެކަން ފެނޭ،" ނަގެލްސްމަން ބުންޏެވެ.

މި ފަހަރު ލީގުގައި ބަޔާންގެ ރެކޯޑް ދަށްވުމުން އެ ޓީމުގެ ކޯޗުގެ މަގާމުގައި ނާގަލްސްމަން އަށް ދެމިހުރެވިދާނެތޯ ސުވާލު އުފެއްދި އެވެ. އެކަަމަކު، މެޗަކަށް ފަހު މެޗެއް ކުރިއެރުން ހޯދަމުން އައިސް ނާގަލްސްމަން ވަނީ މަގާމުގައި ދެމި ހުރުމަށް އަލުން ސަޕޯޓަރުންގެ އިތުބާރު ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox