ސިލްސިލާކޮށް މީހުން މެރިކަމުގެ ތުހުމަތުގައި އެމެރިކާގައި މީހަކު ހައްޔަރުކޮށްފި

ހައްޔަރު ކުރި މީހާއާ ބެހޭ ގޮތުން ފުލުހުން މައުލޫމާތު ދެނީ. -- ފޮޓޯ: އޭޕީ

ހައްޔަރު ކުރި މީހާއާ ބެހޭ ގޮތުން ފުލުހުން މައުލޫމާތު ދެނީ. -- ފޮޓޯ: އޭޕީ

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުގައި ސިލްސިލާކޮށް މީހުން މެރުމުގެ ތުހުމަތުގައި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރު ކުރި މީހާއަށް ތުހުމަތު ކުރެވެނީ އުތުރު ކެލިފޯނިއާގައި ހަ މީހުން މަރާލި ކަމަށެވެ. ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ ލިބުނު މައުލޫމާތުގެ އަލީގައި ކަމަށެވެ.

ކެލިފޯނިއާގެ ސްޓޮކްޓޮން ސަރަހައްދުގެ ފުލުހުންގެ ވެރިޔާ ސްޓޭންލީ މެކްފެޑަން ވިދާޅުވީ އާއްމުންގެ ފަރާތުން ލިބުނު މައުލޫމާތާއި ފުލުހުންގެ ތަހުގީގުން ކުރި މަސައްކަތުން ތުހުމަތު ކުރެވޭ މީހާއަށް ފާރަލައި އޭނާގެ ހަރަކާތްތައް ބަލައި، ހޮނިހިރު ދުވަހުގެ ހެނދުނު ސިޓީގެ މަގުތަކުގައި ކާރެއް ދުއްވަމުން ދަނިކޮށް އޭނާ ހިފަހައްޓަައި ހައްޔަރު ކުރި ކަމަށެވެ.

ފުލުހުން އެ މީހާ ހުއްޓުވި އިރު، އޭނާ ހުރީ ކަޅު ހެދުން ލައިގެން ކަރުގައި މާސްކެއް އަަޅުވައިގެންނެވެ. އަދި އޭނާގެ އަތުގައި ބަޑިއެއް ވެސް އޮތެވެ. މެކްފެޑަން ވިދާޅުވީ ފުލުހުން އޭނާ ހުއްޓުވި ވަގުތު ވެސް އޭނާ އުޅުނީ މީހަކު މަރާލުމުގެ "މިޝަންއެއްގައި" ކަމަށެވެ.

"އިތުރު މަރެއް ހިނގުމުގެ ކުރިން ހުއްޓުވިއްޖެކަން އަޅުގަނޑުމެންނަށް ޔަގީން،" އޭނާ ވިދާޅުވި އެވެ.

މެކްފެޑަން ވިދާޅުވީ ތުހުމަތުގައި ހައްޔަރު ކުރީ އުމުރުން 43 އަހަރުގެ ވެސްލީ ބްރައުންލީ ކަމަށެވެ. ބަޑި ޖަހައި މީހުން މެރުމުގެ ހާދިސާތައް ފެށީ މިދިޔަ އަހަރު އެވެ. އެންމެ ފަހުން މީހަކު މަރާލީ ސެޕްޓެމްބަރުގަ އެވެ. އެ ހުރިހާ ކޭސްއެއް ގުޅެނީ އެކަކާ ކަމަށް ދެނެގަތީ ފޮރެންސިކް ހެކީގެ އެހީގަ އެވެ.

ހަމަލާތަކުގައި ޖުމްލަ ހަ މީހުން މަރުވި އެވެ. އޭގެ ތެރެއިން ފަސް މީހުން މަރުވީ ސްޓޮކްޓޮން ސަރަހައްދުގަ އެވެ. ހަތް ވަނަ އަންހެން މީހެއްގެ ގަޔަށް ބަޑި ޖެހި ނަމަވެސް، އޭނާ މަރެއް ނުވެ އެވެ.

ތުހުމަތު ކުރެވޭ މީހާގެ ސީސީޓީވީ ފުޓޭޖް ފުލުހުން އާއްމު ކުރީ އޮކްޓޯބަރު ހަތަރު ވަނަ ދުވަހު އެވެ. ހަމަލާތަކަކީ "ސީރިއަލް ކިލާ" ނުވަތަ ސިލްސިލާކޮށް މީހުން މަރާ ގާތިލެއްގެ މަސައްކަތް ކަމަށް ފުލުހުން ބުންޏެވެ. އޭނާ އެ އަމަލު ހިންގި ސަބަދު އަދި ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox