ބޭނުން ގޮތަކަށް ހަރަދުކުރެވޭނެ ތިން ކްލަބެއް އެބައޮތް: ކްލޮޕް

Oct 16, 2022, 6:07 AM
ބޭނުން ގޮތަކަށް ހަރަދުކުރެވޭނެ ތިން ކްލަބެއް އެބައޮތް: ކްލޮޕް

ލިވަޕޫލް (އޮކްޓޫބަރު 16) - ބޭނުން ގޮތަކަށް ހަރަދުކުރެވޭނެ ތިން ކްލަބެއް ފުޓްބޯޅައިގައި އެބައޮތް ކަމަށާއި ލިވަޕޫލުން ހަރަދުކުރަން ޖެހެނީ ފުރުސަތު އޮންނަ މިންވަރަކަށް ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެމުން ކްލޮޕް ބުނީ ސިޓީގައި މި ވަގުތު އޮތީ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމު ކަމަށާއި އެ ފެންވަރުގެ ޓީމަކަށް އިތުރުވީ ދުނިޔޭގެ އެންމެ މޮޅު ސްޓްރައިކަރު، އާލިން ބްރައުޓް ހާލަންޑް ކަމަށެވެ.

މި ސީޒަނުގައި މިހާތަނަށް 20 ގޯލު ޖަހާފައިވާ ހާލަންޑް ގަންނަން ސިޓީން ހޭދަކުރީ 60 މިިލިއަން ޑޮލަރެވެ. ލިވަޕޫލުން ވަނީ ބެންފީކާގެ ފޯވާޑް ޑާވިން ނޫނޭޒް ގަންނަން 100 މިލިއަން ޑޮލަރު އިންވެސްޓްކޮށްފަ އެވެ. އެކަމަށް އިޝާރާތްކޮށް، ލިވަޕޫލުން ވެސް ހަރަދުކުރާ ކަމަށް ބުނެ، މީޑިއާ އިން ސުވާލުކުރުމުން ކްލޮޕް ބުނީ ވާހަކަ ދައްކަން ޖެހޭނީ މުޅި ހާލަތަށް ބެލުމަށް ފަހު ކަމަށެވެ.

"ތިން ކްލަބެއް އެބައޮތް ފުޓްބޯޅައިގައި ބޭނުން ގޮތަކަށް ހަރަދުކުރެވޭނެ. އެ މީހުން އެކަން ކުރާނީ ގަވާއިދާ ވެސް ހިލާފުނުވެ، އޮންނަ އުސޫލުގެ ތެރެއިން ކަމަށް އޮތީ. އެ މީހުންނަށް ބޭނުން ގޮތަކަށް ކަންކަން ކުރެވޭނެ،" ކްލޮޕް ބުންޏެވެ.

"ލިވަޕޫލަށް ކުރެވޭނީ ކޮން ކަމެއް؟ ޔަގީނުން ވެސް އެ ކްލަބްތައް ކުރާ ގޮތަކަށް މި ކަމެއް (ހަރަދެއް) ނުކުރެވޭނެ،"

މީގެ ކުރިން ވެސް ކްލޮޕް ވަނީ ސިޓީގެ އިތުރުން ޕީއެސްޖީން ކުރާ ހަރަދަށް އިޝާރާތްކޮށް ވާހަކަ ދައްކައިފަ އެވެ. ކްލޮޕް މި ފަހަރު ނިސްބަތްކުރި ތިން ވަނަ ކްލަބަކީ ދާދި ފަހުން ސައުދީ އަރަބިއްޔާގެ ދައުލަތުގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް ޝާމިލުވާ ގޮތަށް ގަތް ނިއުކާސަލް ޔުނައިޓެޑް އެވެ.

"އަހަރެން އަޑުއެހިން ނިއުކާސަލްގެ މީހަކު (ސްޕޯޓިން ޑިރެކްޓަރު ޑޭން އެޝްވޯތު) އެ ކްލަބް ކުރިއަށްދާން ސީލިން އެއް ނެތް ކަމަށް ބުނި ވާހަަކަ. ޔަގީނުން ވެސް އެހެން ކްލަބްތަކުގައި އެބައޮތް ސީލިން އެއް،" ކްލޮޕް ބުންޏެވެ.

ލީގުގައި މިރޭ ލިވަޕޫލުން ސިޓީއާ ދެކޮޅަށް ކުޅޭއިރު، ހަމައެކަނި ސަމާލުވާން ޖެހޭނީ ހާލަންޑަށް ނޫން ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ. ހާލަންޑް ހުއްޓުވާނެ ގޮތެއް ބަލައި، އެކަމަށް އެކަނި ސަމާލުވެެގެން ލިވަޕޫލުން ސިޓީއާ ކުޅެން ރާވައިފިނަމަ އޭގެ ގެއްލުން ބޮޑުވާނެ ކަމަށް ކްލޮޕް ގަބޫލުކުރެ އެވެ.

ލިވަޕޫލުން ސީޒަން ފެށީ މި ފަހަރުގެ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި 3-1 އިން ސިޓީގެ މައްޗަށް ކުރިހޯދައިގެންނެވެ. ކްލޮޕް ބުނީ އެ މެޗު ކުޅުނުއިރުގެ ހާލަތާއި މިރޭގެ މެޗު ކުޅެން ޖެހޭއިރު، ދެ ޓީމުގެ ފޯމު އޮތް ގޮތް ވެސް މުޅިން ތަފާތު ކަމަށެވެ.

ލީގުގެ 11 ވަނައިގައި ލިވަޕޫލް މި ވަގުތު އޮތްއިރު، މިއި ފާއިތުވި 10 އަހަރު ތެރޭ އެ ޓީމުން އެންމެ ދަށްކޮށް ސީޒަން ފެށި ފަހަރެވެ.

މިރޭގެ މެޗުގެ ކުރިން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މި ވަގުތު ލިވަޕޫލް ކޮންމެ މަގާމެއްގައި އޮތް ކަމުގައި ވިޔަސް އެ ޓީމާ މެދު އޭނާ ދެކޭގޮތް ބަދަލެއް ނުވާނެ ކަމަށެވެ. މިދިޔަ އަހަރުތަކުގެ ތަޖުރިބާގެ އަލީގައި ވާހަކަ ދައްކާނަމަ ލިވަޕޫލަކީ އަބަދުވެސް ސިޓީގެ އެންމެ ބޮޑު ވާދަވެރިޔާކަން ފެންނަން އެބައޮތް ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 20:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox