ޖޮކޮވިޗަށް ވިސާ ދޭން އޮސްޓްރޭލިއާ ސަރުކާރަށް ޕްރެޝަރު ކުރެވެން ނެތް

Oct 15, 2022, 3:05 AM
ޖޮކޮވިޗް: އޮސްޓްރޭލިއާގެ ވިސާ ކަންތައްތައް ނިންމައިފިނަމަ އޮސްޓްރޭލިއަން އޯޕަންގައި ކުޅެން ހުރަހެއް ނެތް.

ޖޮކޮވިޗް: އޮސްޓްރޭލިއާގެ ވިސާ ކަންތައްތައް ނިންމައިފިނަމަ އޮސްޓްރޭލިއަން އޯޕަންގައި ކުޅެން ހުރަހެއް ނެތް.

މެލްބަން، އޮސްޓްރޭލިއާ (އޮކްޓޫބަރު 15) - މިދިޔަ އަހަރު ވިސާ މައްސަލައިގައި އޮސްޓްރޭލިއާ އިން ޑީޕޯޓްކޮށްލި ސާބިއާގެ ޓެނިސް ތަރި، ނޮވަކް ޖޮކޮވިޗް އަށް ވިސާ ދޭން އޮސްޓްރޭލިއާ ސަރުކާރަށް ޕްރެޝަރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޮސްޓްރޭލިއަން އޯޕަން ހިންގާ ކޮމިޓީން ބުނެފި އެވެ.

މިދިޔަ އަހަރު އޮސްޓްރޭލިއާ އިން ޖޮކޮވިޗް ޑީޕޯޓްކޮށްލީ، ވިސާ ފޯމުގައި ހުރި މައުލޫމާތު ދިމާނުވާތީ އެވެ. އޮސްޓްރޭލިއާ އިން ޖޮކޮވިޗް ޑީޕޯޓްކޮށްލީ ތިން އަހަރުގެ މުއްދަތަށެވެ.

އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރަން ޖޮކޮވިޗް، 34، އޮސްޓްރޭލިއާ އަށް ދިޔަ ތަނުން އެއާޕޯޓުގައި މަޑުކޮށް އޭނާގެ ވިސާ އެންމެ ފުރަތަމަ ކެންސަލްކޮށްލި މައްސަލަ ކޯޓަށް ހުށަހަޅައިގެން އޭނާ ކާމިޔާބު ހޯދިއެވެ. އެ ފަހަރު ޖޮކޮވިޗްގެ ވިސާ ބަލައިނުގަންނަން ނިންމީ ޖޮކޮވިޗް ކޮވިޑް ވެކްސިން ޖެހިކަމުގެ މައުލޫމާތު ދީފައިނުވާތީ އެވެ. ކޯޓުން ޖޮކޮވިޗަށް މައްސަލަ ކާމިޔާބުވީ ވެކްސިން މައުލޫމާތު ދީފައިނުވި ނަަމަވެސް ޖޮކޮވިޗް އަށް 2020 ވަނަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހު ކޮވިޑް ޖެހިފައިވާތީ، މެޑިކަލް އެގްޒެމްޕްޝަންގެ ތެރެއިން ވިސާ ލިބޭ ގޮތަށް އޮތުމުންނެވެ.

އެކަމަކު، ޖޮކޮވިޗްގެ ވިސާ އެޕްލިކޭޝަނުގައި ދީފައި ހުރި މައުލޫމާތު ދިމާނުވާތީ އަލުން އެ މައްސަލަ ކޯޓަށް ވައްދައި، އޮސްޓްރޭލިއާ ސަރުކާރުން ކާމިޔާބު ހޯދި އެވެ. އަދި ޖޮކޮވިޗް ޑީޕޯޓްކޮށްލި އެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ނުކުޅެވި ޖޮކޮވިޗް ތިން އަހަރަށް އޮސްޓްރޭލިއާ އަށް ނޭރޭ ގޮތަށް ޑީޕޯޓްކޮށްލި ނަމަވެސް އޭނާ ހުރީ އަންނަ އަހަރުގެ މުބާރާތުގައި ކުޅެވޭނެ ކަމުގެ އުންމީދުގަ އެވެ.

އޮސްޓްރޭލިއަން އޯޕަންގެ ޗީފް، ކްރެއިގް ޓިލޭ ވަނީ ޖޮކޮވިޗްގެ ވިސާ ކަންކަން ހަމަޖައްސައި، އެ ހުރިހާ މަރުހަލާއެއް ނިންމަން ޖެހޭނީ އޭނާ އަމިއްލަ އަށް ކަމަށެވެ. އަދި މި ކަމުގައި އޮސްޓްރޭލިއާ ސަރުކާރަށް "ޕްރެޝަރު" ކުރަން އެއްވެސް ބަޔަކަށް ފުރުސަތެއް ނެތްކަން ޓިލޭ ވަނީ ފާހަގަކޮށްފަ އެވެ.

ދާދި ފަހުން ޓިލޭ ވަނީ ޖޮކޮވިޗާ ބައްދަލުވެސް ކޮށްފަ އެވެ. އަދި މުބާރާތުގައި ޖޮކޮވިޗް ފެންނަން އެދޭކަން ހާމަކޮށް، ޓިލޭ އެދިފައިވަނީ ޖޮކޮވިޗްގެ ގާނޫނީ ޓީމުން މިކަމަށް އަވަސް ހައްލެއް ހޯދުމަށެވެ.

މި ވަގުތު ދުނިޔޭގެ ޓެނިހުގެ ރޭންކިން ހަތް ވަނައިގައި އޮތް ޖޮކޮވިޗަކީ އޮސްޓްރޭލިއަން އޯޕަންގެ ރެކޯޑް ހޯލްޑަރެވެ. އޭނާ ވަނީ ނުވަ ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

އަންނަ ޖެނުއަރީ މަހު ބާއްވާ އޮޮސްޓްރޭލިއަން އޯޕަން އިންތިޒާމްކުރާ ފަރާތުން މި ފަހަރު މުޅި މުބާރާތަށް ޓާގެޓް ކުރަނީ އެއް މިލިއަން ސަޕޯޓަރުންނަށެވެ. އެ މުބާރާތުގައި ރަޝިއާ އާއި ބެލަރޫސްގެ ކުޅުންތެރިންނަށް ނިއުޓްރަލް (އެއްވެސް ގައުމަކަށް ނިސްބަތްނުވާ) ކުޅުންތެރިއެއްގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox