ލުބްނާނާއި އިޒްރޭލުގެ ކަނޑުގެ ބޯޑަރު އެއްބަސްވުމަށް ރުހުން ދީފި

ލުބްނާންގެ ރައީސް މިޝޭލް އައޫން. -- ފޮޓޯ: އޭޕީ

ލުބްނާންގެ ރައީސް މިޝޭލް އައޫން. -- ފޮޓޯ: އޭޕީ

ބެއިރޫތު، ލުބްނާން (އޮކްޓޯބަރު 13) - އެމެރިކާ މެދުވެރިވެގެން އެކުލަވާލި އިޒްރޭލާއި ލުބްނާންގެ ކަނޑުގެ ބޯޑަރު އެއްބަސްވުމަށް ލުބްނާންގެ ރައީސް މިޝޭލް އައޫން ރުހުން ދެއްވަައިފި އެވެ.

ބުދަ ދުވަހު އިޒްރޭލުގެ ބޮޑު ވަޒީރު ޔެއާ ލަޕީދް ވިދާޅުވީ އެއްބަސްވުމުގެ ސަބަބުން ލުބްނާންގެ ހިޒުބްﷲ އާ ހަމަަނުޖެހުން ހިނގުމުގެ ފުރުސަތު ކުޑަވާނެ ކަމަށެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ލުބްނާންގެ ރައީސް މިޝޭލް އައޫން ވިދާޅުވީ އެ އެއްބަސްވުމަކީ "ތާރީހީ ކާމިޔާބެއް" ކަމަށާއި ކުރިން ސުވާލު އުފެދިފައި އޮތް 860 އަކަކިލޯމީޓަރުގެ ސަރަހައްދެއް މިހާރު ލުބްނާނަށް ޔަގީންވެފައިވާ ކަމަށެވެ.

"ލުބްނާނުން އެންމެ އަކަކިލޯމީޓަރެއް ވެސް އިޒްރޭލަށް ދުލެއް ނުކުރޭ،" އައޫން ވިދާޅުވި އެވެ.

ކަނޑުގެ ބޯޑަރާ ގުޅޭ އެއްބަސްވުމަކަށް ދިޔަ ނަމަވެސް، ލުބްނާނުން އިޒްރޭލާ އެކު ޑިޕްލޮމެޓިކް ގުޅުން ގާއިމް ނުކުރާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ނަވާރަ ސަތޭކަ ސާޅީސް އަށް ވަނަ އަހަރު އިޒްރޭލް އުފެދުނު ފަހުން ލުބްނާނާއި އިޒްރޭލާ ދެމެދު ގުޅުން ގޯހެވެ. ޓެކްނިކަލް ގޮތްތަކުން ބަލާއިރު، އެ ދެ ގަައުމުގެ މެދުގައި ހަނގުރާމައެއް އެބަ އޮތެވެ.

އެހެންވެ، އެއްބަސްވުމަކަށް އާދެވުމުން ދުނިޔޭގެ ވެރިން ވަނީ މަރުހަބާ ކިޔައިފަ އެވެ. އެއްބަސްވުމަކާ ހަމައަށް ދެވުނީ ގިނަ ހިޔާލު ތަފާތުވުންތައް ހައްލުކޮށްގެންނެވެ.

އެންމެ ބޮޑު މައްސަލައަކަށް ދިމާވީ ކާރިޝް ގޭސް ފީލްޑެވެ. އިޒްރޭލުން ބުނީ އެ ތަން އޮތީ އިޒްރޭލުގެ ކަނޑުގެ ސަރަހައްދުގައި ކަމަށާއި އެ ތަނާ މެދު މަޝްވަރާ ނުކުރެވޭނެ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެ ފީލްޑްގެ ބައެއް އޮތީ ލުބްނާންގެ ސަރަހައްދުގައި ކަމަށް ލުބްނާން ސަރުކާރުން ބުންޏެވެ. ހިޒްބުﷲ އިން ވެސް ބުނީ އެ ތަނުގައި އިޒްރޭލުން ގޭސް އުފައްދަން ފަށައިފި ނަމަ ހަމަލާ ދޭނެ ކަމަށެވެ.

އެކަމަކު ހިޒްބުﷲ އިން ފަަހުން ބުނީ ލުބްނާން ސަރުކާރުން އެއްބަސްވުމަށް ރުހުން ދީފި ނަމަ އެކަން ބަލައިގަންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox