ފެމިލީ ކޯޓުގައި ހުސްވެފައިވާ އިސް ގާޒީގެ މަގާމަށް އެ ކޯޓުގެ ގާޒީ އިބްރާހީމް މާހިރު އައްޔަންކުރަން ނިންމައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، ގާޒީ މާހިރު އައްޔަން ކުރަން ނިންމީ، އެ މަގާމަށް ކުރިމަތިލީ ގާޒީންނާ އިންޓަވިއު ކުރުމަށް ފަހު ފަނޑިޔާރުން އައްޔަން ކުރުމަށް ކޮމިޝަނަށް ލަފާ ދިނުމަށް އޮންނަ ކޮމިޓީން އެ ގޮތަށް ލަފާ ދިނުމުންނެވެ.
އިބްރާހީމް މާހިރު އެންމެ ފުރަތަމަ ހުންނެވީ ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގަ އެވެ. އެއަށްފަހު ފެމިލީ ކޯޓުގެ ގާޒީ ކަމަށް ބަދަލުވެފައިވަނީ 23 މެއި 2010 ގަ އެވެ.












