މަޖިލީހުގައި ޑްރަގް ގެންގުޅޭކަމުގެ ތުހުމަތު ނަޝީދު ދޮގުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. މަޖިލީހުގައި ޑްރަގް ގެންގުޅޭ ކަމަށް މެމްބަރަކު ތުހުމަތު ކުރެއްވުމުން އެމަނިކުފާނު އެކަން ދޮގުކުރެއްވި. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. މަޖިލީހުގައި ޑްރަގް ގެންގުޅޭ ކަމަށް މެމްބަރަކު ތުހުމަތު ކުރެއްވުމުން އެމަނިކުފާނު އެކަން ދޮގުކުރެއްވި. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ގޯތި ތެރޭގައި ފާޅުގައި (މެމްބަރުންތަކެއް ނުވަތަ މެމްބަރަކު) މަސްތުވާތަކެތި ބޭނުންކުރާ ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަަރީފު ތުހުމަތުކުރެއްވުމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެ ތުހުމަތު މިއަދު ދޮގުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފަށް ރިޔާސަތުން ފުރަތަމަ ރައްދު ދެއްވީ "ގައުމު ސުންނާފަތި ވިޔަސް ވަރިހަމަ ކަމަށް" ވެގެން ތިބޭ ތަނަކަށް ވެގެން ނުވާނެ ކަމަށް ޝަރީފު ވިދާޅުވުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ.

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ.

Advertisement

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ބަދަލުގެންނަން ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި ބިލުގެ ބަހުސްގައި ޝަރީފު ވިދާޅުވީ މަޖިލީހުގައި ކަންތައްތައް ވަމުން ދަނީ "ގައުމު ސުންނާފަތިވިޔަސް ވަރިހަމަ ކަމަށް"ވާ ގޮތަކަށް ކަމަށެވެ.

"އިއްޒަތްތެރި މެމްބަރު އަޅުގަނޑަށް ޖެހޭނީ އިއްޒަތްތެރި މެމްބަރު ފުރަތަމަ މަޑުޖައްސައިލަން ނުވަތަ ވާހަކަފުޅު ރަނގަޅު މަގުގައި ބަހައްޓަން ދަންނަވަން،" ޝަރީފުގެ އެ ވާހަކައަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގައި ފާޅުގައި ޑްރަގް ބޭނުންކުރާ ކަމަށް ޝަރީފު ތުހުމަތު ކުރެއްވީ އެހިސާބުންނެވެ. އެހެން ނަމަވެސް އޭނާގެ ތުހުމަތު ވަކި މެމްބަރަކަށް މިއަދު އަމާޒެއް ނުކުރައްވަ އެވެ.

"ތިޔަ ވިދާޅުވި އެއްޗަކަށް އަޅުގަނޑު ދަންނަވަން ޖެހެނީ އަޅުގަނޑު ވަރަށް ހިތާމަކުރަމޭ. މި އިއްޒަތްތެރި މަޖިލީހަކީ ޑްރަގްގެ އައްޑާއަކަށް ވެގެން ނުވާނެ. މަޖިލިސްގެ ގޯތި ތެރޭގައި ފާޅުގައި ޑްރަގް ބޮއިގެން މަސްތުގެ ހާލަތުގައި މިތަނަށް [މަޖިލީހުގެ ތަޅުމަށް] އައިސް މީހުންނާ ދިމާލަށް ހިތުހުރި އެއްޗެއް ގޮވުމުގެ ފުރުސަތު މިތަނުގައި ދެވިގެން ނުވާނެ،" ޝަރީފު ވިދާޅުވި އެވެ.

މަޖިލީހުގައި "ބްރެތު އެނަލައިޒާ"އެއް [ބަނގުރާ ބޮއިގެން ހުރިކަން ނުވަތަ ނޫންކަން ބަލަން ބޭނުންކުރާ އާލާތެއް] ބަހައްޓަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ހިސާބުން ރިޔާސަތުން ޝަރީފުގެ ވާހަކައަށް ހުރަސް އަޅުއްްވަމުން ނަޝީދު ވިދާޅުވީ ޝަރީފު ކުރައްވާ ކަމަަކީ މަޖިލީހުގެ ގަދަރާއި އިއްޒަތް ނަގައިލަން، ސާބިތުނުހިފޭ ވާހަކަ ދެއްކެވުން ކަމަށެވެ.

"މިތަނުގައި ޑްރަގެއް ނުގެންގުޅޭނެ، މިތަނުގައި މަސްތުވާތަކެއްޗެއް ނުގެންގުޅޭނެ، މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅަށް ފަހުގައި ވެސް ޝަރީފު ވިދާޅުވީ އެވާހަަކަފުޅުގެ ހަގީގަތް އެނގޭނީ ބްރެތު އެނަލައިޒަރެއް ބެހެއްޓީމާ ކަމަށެވެ. އޭނާ މިމޭރުމުން މިއަދު ވާހަކަ ދައްކަވާފައި މިވަނީ މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި އޭނާއާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ދެބޭފުޅުން، އެއް މެމްބަރަކު އަނެއް މެމްބަރަކަށް ތުހުމަތުތައް ކުރެއްވުމަށް ފަހުގަ އެވެ. އެ ޖަލްސާގައި ޝަރީފު ވަނީ މަސްތުވާތަކެތީގެ ތުހުމަތު ޖާބިރަށް ކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox