މިލާން އަތުން މި ފަހަރު ވެސް ޗެލްސީ އަށް މޮޅެއް، ރެއާލާއި ސިޓީ ދެ ވަނަ ބުރަށް

Oct 12, 2022, 2:49 AM
ރެއާލަށް އެއްވަރުކޮށްދިން ގޯލު ޖެހުމަށް ފަހު ރޫޑިގާ.

ރެއާލަށް އެއްވަރުކޮށްދިން ގޯލު ޖެހުމަށް ފަހު ރޫޑިގާ.

މިލާން (އޮކްޓޫބަރު 12) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅުނު އޭސީ މިލާން އަތުން ޗެލްސީ 2-0 އިން މޮޅުވިއިރު، ރޭގެ މެޗުތަކުން އެއްވަރުވި ނަމަވެސް މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް، މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް މެޗު ނިންމާލި މެންޗެސްޓާ ސިޓީ ވަނީ ރަށުންބޭރުގައި ޑެންމާކްގެ ކޯޕެންހާގެންއާ 0-0 އިން އެއްވަރުވެފަ އެވެ. ފަހު ވަގުތު އެންޓޯނިއޯ ރޫޑިގާ ޖެހި ގޯލުން ރެއާލް މެޑްރިޑް ވަނީ ޝަހުތަރު ޑޮނެސްކާ 1-1 އިން އެއްވަރުވެފަ އެވެ.

ރެއާލް ރޭގެ މެޗަށް ނުކުތްއިރު މޮޅަކާ އެކު އަނެއް ބުރު ޔަގީން ކުރެވެން އޮތެވެ. އެކަމަކު، އެއްވަރުވެގެން ވެސް އަނެއް ބުރު ޔަގީންވީ ރޭ މި ގްރޫޕްގެ އަނެއް މެޗުގައި އާރްބީ ލައިޕްޒިގުން 2-0 އިން ސެލްޓިކް ބަލިކުރުމުންނެވެ.

ރެއާލް މި ވަގުތު ގްރޫޕް އެފްގެ އެއް ވަނައިގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލައިޕްޒިގަށް ވަނީ ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ޝަހުތަރު ޑޮނެސްކްގެ ހަތަރު މެޗުން ފަސް ޕޮއިންޓް އެބައޮތެވެ. ހަތަރު މެޗުން ޕޮއިންޓެއް ލިބި އެންމެ ފުލުގައި އޮތް ސެލްޓިކް ވަނީ ކަޓައިފަ އެވެ.

ސިޓީ އަށް ވެސް ރޭ ކޯޕެންހާގެން ބަލިކޮށްގެން ދެ ވަނަ ބުރު ޔަގީންކުރެވެން އޮތް ނަމަވެސް އެ ޓީމަށް މޮޅުނުވެވި އަނެއް ބުރަށް ދެވުނީ އެ ގްރޫޕްގެ އަނެއް މެޗުން ސެވިއްޔާ އާއި ބޮރޫޝިއާ ޑޯޓްމަންޑް 1-1 އިން އެއްވަރުވުމުންނެވެ.

ގްރޫޕް ޖީގެ އެއް ވަނައިގައި ސިޓީ އޮތީ ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ސެވިއްޔާ އާއި ހަތަރެއްގައި އޮތް ކޯޕެންހާގެން އަށް ހަތަރު މެޗުން ލިބުނީ ދެ ޕޮއިންޓެވެ.

ސިޓީ އަށް ރޭގެ މެޗުގައި ލީޑުނަގައިދޭން، 25 ވަނަ މިނިޓްގައި ރިޔާދު މާރޭޒް ފޮނުވާލި ޕެނަލްޓީ ކޯޕެންހާގެން ކީޕަރު ކަމިލް ގްރަބާރާ ވަނީ މަތަކޮށްފަ އެވެ. މާރޭޒް އެންމެ ފަހުން ސިޓީގައި ޖެހި ތިން ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ މި ވަނީ ނާކާމިޔާބުވެފަ އެވެ.

ލީޑުނަގަން ލިބުނު ރަނުގެ ފުރުސަތު ނަގާލިތާ ފަސް މިނިޓް ފަހުން ސިޓީގެ ޑިފެންޑަރު، ސާޖިއޯ ގޯމޭޒަށް ވަނީ ރަތެއް ދައްކައިފަ އެެވެ. އެއީ ކޯޕެންހާގެންގެ ހަކޮން ހޮރާލްޑްސަން އަށް ކުރި ފައުލަކަށެވެ. ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅެން ޖެހުނު ސިޓީ އަށް ފަރުޖައްސާލަން ޖެހުނީ ޕޮއިންޓަކުންނެވެ.

ޝަހުތަރުން ދެ ވަނަ ހާފްގެ ފުރަތަމަ މިނިޓްގައި އޮލެކްސާންޑާ ޒުބްކޯވް ބޮލުން ޖެހި ގޯލުން ލީޑުނަގާފައި ވަނިކޮށް ރެއާލުން އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި އެންޓޯނިއޯ ރޫޑިގާ ބޮލުން ކާމިޔާބުކުރި ގޯލުންނެވެ.

ލަނޑު ޖެހުމަށް ފަހު ޗެލްސީގެ އޮބާމަޔަން (ކ) އާއި މައުންޓް އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

އޭސީ މިލާން ދަނޑުގައި ޗެލްސީން ލީޑުނެގީ މެޗުގެ 21 ވަނަ މިނިޓްގައި ޖޯޖީނިއޯ ޖެހި ޕެނަލްޓީންނެވެ. މިއީ މިލާންގެ ފިކާޔޯ ޓޮމޯރީ އޭރިއާތެރެއިން ޗެލްސީގެ މޭސަން މައުންޓަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ކުރިން ޗެލްސީ އަށް ކުޅުނު ޓޮމޯރީ އަށް ވަނީ މި ފައުލަށް ރަތް ކާޑެއް ދައްކައިފަ އެވެ.

ކުޅުންތެރިއަކު މަދުކޮށް ކުޅެވެސް ނަތީޖާ ހަމަހަމަކުރަން މިލާނުން ވަނީ ރަނގަޅު ފުރުސަތެއް ހޯދައިފަ އެވެ. ކުރިން ޗެލްސީ އާއި އާސެނަލަށް ކުޅުނު ފްރާންސްގެ ފޯވާޑް އޮލީވިއޭ ޖިރޫޑް ބޮލުން ޖެހި ބޯޅަ ގޯލާ ސީދާނުވި އެވެ. ޗެލްސީގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ 34 ވަނަ މިނިޓްގައި ޕިއޭ އެމެރިކް އޮބާމަޔަން އެވެ. މިއީ މައުންޓް ޖައްސާލި ބޯޅައެއް އޭރިއާތެރެއިން ހޯދައި، ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިގެން އޮބާމަޔަން ޖެހި ގޯލެކެވެ.

ގްރޫޕް އީގެ އެއް ވަނައިގައި ޗެލްސީ އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ރޭ ޑިނަމޯ ޒަގްރެބާ 1-1 އިން އެއްވަރުވި އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގެވެ. އެ ޓީމަށް ވަނީ ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް މިލާނާއި ހަތަރެއްގައި އޮތް ޑިނަމޯ އަށް ލިބިފައިވަނީ ހަަތަރު މެޗުން ހަތަރު ޕޮއިންޓެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި އިޒްރޭލުގެ މެކަބީ ހައިފާ އިން ވަނީ 2-0 އިން ޔުވެންޓަސް ބަލިކޮށްފަ އެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ރޭ ޕީއެސްޖީ ދަނޑުގައި ވެސް ބެންފީކާ އިން ވަނީ 1-1 އިން އެއްވަރުކޮށްފަ އެވެ.

އަނިޔާގެ ސަަބަބުން ލިއޮނަލް މެސީ ނުލައި ކުޅުނު ޕީއެސްޖީން ލީޑުނެގީ 40 ވަނަ މިނިޓްގައި ކިލިއަން އެމްބާޕޭ ވައްދާލި ޕެނަލްޓީންނެވެ. ބެންފީކާ އިން އެއްވަރުކުރީ ވެސް ޕެނަލްޓީ އަކުން ޖެހި ގޯލަކުންނެވެ. އެ ލަނޑު ކާމިޔާބުކުރީ ޔާއޯ މާރިއޯ އެވެ.

ގްރޫޕް އެޗްގެ އެއް ވަނައިގައި އޮތް ޕީއެސްޖީ އާއި ދެ ވަނައިގައި އޮތް ބެންފީކާ އަށް ހަތަރު މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޔުވެންޓަސް އާއި ހަތަރެއްގައި އޮތް މެކަބީ ހައިފާ އަށް ހަތަރު މެޗުން ލިބުނީ ތިން ޕޮއިންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox