ޔުވެންޓަސް ބަލިކޮށް މެކަބީ ހައިފާ އަށް 20 އަހަރު ތެރޭ ފުރަތަމަ މޮޅު

Oct 11, 2022, 7:16 PM
ލަނޑު ޖެހުމަށް ފަހު މެކަބީ ހައިފާ ކުޅުންތެރިން އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު މެކަބީ ހައިފާ ކުޅުންތެރިން އުފާފާޅުކުރަނީ.

ހައިފާ، އިޒްރޭލް (އޮކްޓޫބަރު 11) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އިޓަލީގެ ގަދަބާރު، ޔުވެންޓަސް 2-0 އިން ބަލިކޮށް، އިޒްރޭލުގެ މެކަބީ ހައިފާ އިން ތާރީހީ މޮޅެއް ހޯދައިފި އެވެ.

މިއީ 2002 ވަނަ އަހަރު ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 3-0 އިން މޮޅުވި ފަހުން، މި މުބާރާތުގައި އަމިއްލަ ދަނޑުގައި މެކަބީ ހައިފާ އިން ހޯދި ފުރަތަމަ މޮޅެވެ. އަނެއްކޮޅުން، މިއީ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްގެ އެންމެ ދަށް ރެކޯޑެއް އޮތް ސީޒަނެވެ. މިއީ އެ ކްލަބްގެ ތާރީހުގައި ވެސް ޗެމްޕިއަންސް ލީގުގެ ފުރަތަމަ ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގެ އެއް ވަނައިގައި އޮތް ޕީއެސްޖީ އާއި ދެ ވަނައިގައި އޮތް ބެންފީކާ އަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، މިރޭ އެ ދެ ޓީމު ކުޅޭ މެޗު އޮތީ ޕީއެސްޖީ ދަނޑުގަ އެވެ. ޔުވެންޓަސް އާއި މެކަބީ ހައިފާ ވަނީ ކޮންމެ ޓީމަކުން ހަތަރު މެޗު ކުޅެފަ އެވެ. ޔުވެންޓަސް ތިން ވަނައިގައި އޮތީ ހަތަރެއްގައި އޮތް މެކަބީ ހައިފާއާ އެއްވަރަށް ތިން ޕޮއިންޓް ހޯދައިގެން ކަމުގައި ވިޔަސް ލަނޑުގެ ތަފާތުން ކުރިލިބޭތީ އެވެ.

މެކަބީ ހައިފާގެ ދެ ކުޅުންތެރިން ކައިރިން ޔުވެންޓަސްގެ ޑި މާރިއާ (މ) ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ

މިރޭގެ މެޗުގެ ހަތް ވަނަ މިނިޓްގައި ޔުވެންޓަސް ކޮޅަށް މެކަބީ ހައިފާގެ ފުރަތަމަ ގޯލު ޖެހީ ޕިއޭރޭ ކޮމޫދު ނެގި ހުރަހަކުން އޮމާރް އަޓްޒިލީ އެވެ. އޭނާ ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ޔުވެންޓަސްގެ ގޯލުގައި ހުރި ޕޮލެންޑްގެ ކީޕަރު ވޮޒްޝިއޭ ޝެޒްނީ އަތުގައި ޖެހިފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 41 ވަނަ މިނިޓްގައި އޭރިއާތެރެއިން އަޓްޒިލީ އަށް ލިބުނު ފުރުސަތުގައި އޭނާ ވަނީ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ޔުވެންޓަސް އަށް މިރޭގެ މެޗު ފަށައިގެން އެންމެ ބޮޑު މައްސަލައެއް ދިމާވީ ރަނގަޅު ފޯމެއްގައި ހުރި އާޖެންޓީނާގެ ވިންގް، އެންހެލް ޑި މާރިއާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ބަދަލުކުރަން ޖެހުމެވެ. ޑި މާރިއާ އަށް އަނިޔާވީ މެޗުގެ 22 ވަނަ މިނިޓްގަ އެވެ. އޭގެ ދެ މިނިޓް ފަހުން އޭނާ ބަދަލުކުރަން ޖެހުނެވެ.

އެންމެ ފަހުން ޔުވެންޓަސް ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. އެ ޓީމު މި ވަގުތު އިޓާލިއަން ލީގުގައި އޮތީ އަށް ވަނައިގަ އެވެ. ޔުވެންޓަސްގެ ކޯޗުގެ މަގާމުގައި ހުރި މެސިމޯ އަލެގްރީ އަށް މަގާމު ގެއްލުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox