މަހްސާ އާމިނީގެ އާއިލާއަށް މަރުގެ އިންޒާރުދޭ ކަމަށް ތުހުމަތުކޮށްފި

އާއިލާއިން ވަނީ ކައިވެނި ޕާޓީއެއްގައި މަހްސާ އާމިނީ އުފާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުކޮށްފައި. -- ފޮޓޯ: އާއިލާ

އާއިލާއިން ވަނީ ކައިވެނި ޕާޓީއެއްގައި މަހްސާ އާމިނީ އުފާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުކޮށްފައި. -- ފޮޓޯ: އާއިލާ

އިރާނުގެ ފުލުހުން ބަންދުކޮށްފައި ހުއްޓާ މަރުވި އުމުރުން 22 އަހަރުގެ މަހްސާ އާމިނީގެ އާއިލާއަަށް މަރުގެ އިންޒާރު ލިބެމުންދާ ކަމަށް ތުހުމަތުކޮށްފި އެވެ.

މަހްސާ އާމިނީ ހައްޔަރު ކުރީ ބުރުގާ ނާޅާ ހުރުމުންނެވެ. އިރާނުގައި އަންހެނުން ބުރުގާ އެޅުން މަޖުބޫރެވެ. އާއިލާއިން ބުނީ އޭނާ މަރުވީ އަނިޔާ ކުރުމުން ކަމަށެވެ.

އެ އާއިލާއިން ބީބީސީއަށް ބުނީ އިރާނުގެ އޮފިޝަލުން އާއިލާއަށް ޕްރެޝަރު ކުރަމުން ދަނީ ބޭރުގެ ނޫސްތަކާއި ޖަމިއްޔާތަކަށް މައުލޫމާތު ދިނުން ހުއްޓުވަން ކަމަށެވެ.

އާއިލާއަށް ލިބެމުންދާ އިންޒާރުތަކާ ހެދި ފުރާނައަށް ނުރައްކާ އެބަ އޮތް ކަމަށް އެ މީހުން ބުނެ އެވެ. އެގޮތުން މުޒާހަރާގައި ބައިވެރިވާ ނަމަ މަރުވެދާނެކަމުގެ އިންޒާރު ދީފައިވެ އެވެ.

މަހްސާ އާމިނީގެ މަރާ ގުޅިގެން މީގެ ހަތަރު ހަފުތާ ކުރިން ފެށި މުޒާހަރާތައް ހަމަނުޖެހުމަށް ބަދަލު ގިނަ އަދަދެއްގެ މީހުން މިހާތަނަށް މަރުވެއްޖެ އެވެ.

އިރާނުގެ ފޮރެންސިކް އޯގަނައިޒޭޝަނުން ހުކުރު ދުވަހު ބުނީ "މަހްސާ އާމިނީ މަރުވީ ބޮލާއި، މުހިއްމު ގުނަވަންތަކާއި، އަތާއި ފަޔަަށް ލިބުނު ޒަހަމްތަކެއްގެ ސަބަބުން ނޫން" ކަމަށެވެ.

އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނީ އޭނާ މަރު ގުޅިފައި ވަނީ "އުމުރުން އަށް އަހަރުގައި ސިކުނޑީގެ ޓިއުމަރަކާ ގުޅިގެން ހެދި ސާޖަރީއަކާ" ކަމަށެވެ.

މަހްސާ އާމިނީގެ އާއިލާއިން ފުލުހުންނާ ދެކޮޅަށް ޝަކުވާ ހުށަހަޅާފައިވާ އިރު، އާއިލާއިން ގަބޫލުކުރަނީ އޭނާ މަރުވީ ބޮލަށް އަނިޔާ ކުރުމުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox