ސެލްޓަ ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

Oct 10, 2022, 4:15 AM
ސެލްޓަ ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

ބާސެލޯނާ (އޮކްޓޫބަރު 10) - ސްޕެނިޝް ލަ ލީގާގައި ސެލްޓަ ވީގޯ އަތުން 1-0 އިން މޮޅުވެ، ލީގު ތާވަލްގެ އެއްވަނަ މަގާމު ބާސެލޯނާ އިން އަލުން ހޯދައިފި އެވެ.

ބާސާގެ ދަނޑުގައި ރޭ ކުުޅުނު މެޗުގެ ހަމައެކަނި ލަނޑު 17 ވަނަ މިނިޓުގައި ޖެހީ ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު ޕެޑްރީ ރޮޑްރިގޭޒް އެވެ.

މި މެޗުން މޮޅުވުމާ އެކު، އަންނަ ހަފުތާގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ކުރިމަތިލާ މެޗަށް ބާސެލޯނާ ނުކުންނާނީ ތާވަލްގެ އެއް ވަނައިގެ ގޮތުގަ އެވެ. ބާސެލޯނާ އާއި ރެއާލް ވެސް އޮތީ 22 ޕޮއިންޓާ އެކު އެވެ.

ރޭގެ މެޗުގައި ބާސެލޯނާ އިން ހޯދީ ފަސޭހަމޮޅެއް ނޫނެވެ. މެޗުގެ ފަހުކޮޅު ސެލްޓާގެ ތަޖުރިބާކާރު ފޯވަޑް އިއާގޯ އަސްޕާސް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ޓަ ސްޓޭގަން ވަނީ ދިފާއުކޮށްފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ގޮންސާލޯ ޕަސިއެންސިއާ ފޮނުވާލި ހަމަލާއެއް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗަށް ފަހު ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ވަނީ އެ ޓީމުން ދެ ވަަނަ ހާފުގައި ދެއްކި ކުޅުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ޒަވީ ބުނީ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ އިންޓަ މިލާންއާ ދެކޮޅަށް ނުކުންނައިރު، ބާސެލޯނާ އިން ކުޅުން ރަނގަޅުކުރަންޖެހޭ ކަމަށެވެ.

"މި މެޗުގެ ދެ ވަނަ ހާފުގައި މި ކުޅުނު ގޮތަށް ކުޅެގެން، (ބުދަ ދުވަހު) އިންޓައާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވާން ވަރަށް އުނދަގޫވާނެ. ފެންވަރު ހިފަހައްޓަން ޖެހޭ އެބަ،" ޒަވީ ބުންޏެވެ.

"މި މެޗުގައި އަހަރަމެންނަށް ލިބުނު ފައިދާއަކީ ގޯލުގައި މޮޅު ގޯލްކީޕަރެއް ހުރުން. ޖުމްލަކޮށް ބަލާއިރު ކުޅުން ރަނގަޅުކުރަންޖެހޭ."

ޒަވީ ބުނީ ބާސެލޯނާގެ ލީޑު ފުޅާކުރަން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުނުނަމަ، މެޗުގެ އޮއިވަރު ވަރަށް ތަފާތުވާނެ ކަމަށެވެ.

"ދެވަނަ ލަނޑެއް ޖެހުނުނަމަ، އަހަރަމެންނަށް ތަންކޮޅެއް ފަސޭހަވާނެ. އެކަމަކު ދެވަނަ ހާފުގައި އިންޓެންސިޓީ ދަށްކޮށްލެވުނީ. އެއީ މައްސަލައަކީ،" ޒަވީ ބުންޏެވެ. -- އޭއެފްޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox