ގްރީޒްމަންގެ މައްސަލައިގައި ބާސެލޯނާ އާއި އެތުލެޓިކޯ އެންމެ ފަހުން އެއްގަލަކަށް

Oct 9, 2022, 2:40 AM
ގްރީޒްމަންގެ މައްސަލައިގައި ބާސެލޯނާ އާއި އެތުލެޓިކޯ އެންމެ ފަހުން އެއްގަލަކަށް

ބާސެލޯނާ (އޮކްޓޫބަރު 9) - ބާސެލޯނާ އިން ލޯނެއްގެ ގޮތުގައި އެތުލެޓިކޯ މެޑްރިޑަށް ދޫކޮށްފައިވާ ފްރާންސްގެ ފޯވަޑް އޮންޓޮއިން ގްރީޒްމަން، އެތުލެޓިކޯ އަށް ވިއްކާލުމަށް އެ ދެ ކްލަބުގެ މެދުގައި އެއްބަސްވުމަކަށް އާދެވިއްޖެ އެވެ.

މިދިޔަ އަހަރު ގްރީޒްމަން، 31، ބާސެލޯނާ ދޫކޮށް ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވީ ދެ އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކޮންޓްރެކްޓްގައިވާ ބައެއް މާއްދާތަކަށް ބަލާއިރު، އަންނަ އަހަރު އެތުލެޓިކޯ އިން ގްރީޒްމަންގެ އެއްބަސްވުން ދާއިމީ ކުރަން ޖެހޭ ހާލަތްތަކެއް ހިމެނެ އެވެ.

އޭގެ ތެރެއިން އެއް މާއްދާ އަކީ އެތުލެޓިކޯގެ މެޗުތަކުގައި ގްރީޒްމަން 50 ޕަސެންޓް މިނިޓް ކުުޅުމެވެ. އެ ގޮތުން އެ މިނިޓްތަކުގެ ޖުމްލަ އެއްކޮށްލައިގެން ވަކި ވަރަކަށް މެޗުގެ އަދަދު ވެސް ހަމަވާންޖެހެ އެވެ. އެ އަދަދު ހަމަވެއްޖެނަމަ ބާސެލޯނާ އަށް ގްރީޒްމަންގެ ފީގެ ގޮތުގައި އެތުލެޓިކޯ އިން 40 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ.

ލޯނު އެއްބަސްވުމުގެ މި މައްދާތަކަށް ވިސްނާފައި، އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ގިނަ މެޗުތަކުގައި ގްރީޒްމަން ބޭނުންކޮށްފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އަދި ގިނަ މެޗުތަކުގައި އޭނާ ކުޅެފައިވަނީ ވެސް 30 މިނިޓަށްވުރެ މަދުކޮށެވެ.

މި މައްސަލައިގައި އެތުލެޓިކޯ އާއި ބާސެލޯނާއާ ދެމެދު އުފެދުނު ދެބަސްވުންތައް ހައްލުކޮށް، ގްރީޒްމަން ވިއްކާލުމަށް ދެ ކްލަބުގެ މެދުގައި ވަނީ އެއްބަސްވުމަކަށް އާދެވިފަ އެވެ.

ބާސެލޯނާގެ ކޯޗު ޒަވީ ވެސް ވަނީ ގްރީޒްމަންގެ ޓްރާންސްފާއާ ގުޅޭ ގޮތުން ދެ ކްލަބުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

"ގްރީޒްމަން ވިއްކާލުމަށް ދެ ކްލަބުގެ މެދުގައި އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށް ކްލަބުން (ބާސެލޯނާ އިން) އަހަންނަށް އަންގައިފި. އެކަމަކު، އަދި އެކަން ރަސްމީކޮށް ނުނިމޭ. އެއްބަސްވުމަކާ ހަމައަށް އާދެވުމަކީ ހުރިހާ ފަރާތަކަށް ލިބޭ ހިތްހަމަޖެހުމެއް،" ޒަވީ ބުންޏެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ބާސެލޯނާ އާއި އެތުލެޓިކޯ އިން އެއްބަސްވީ ލޯނު އެއްބަސްވުން ހަމަވުމުން، އަންނަ އަހަރު 20 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގައި އެތުލެޓިކޯ އަށް ގްރީޒްމަން ބަދަލުވުމަށެވެ.

މީގެ ތިން އަހަރު ކުރިން، 2019 ވަނަ އަހަރު، ގްރީޒްމަން ބާސެލޯނާ އަށް ބަދަލުވީ އެތުލެޓިކޯއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލަށް ދައްކަންޖެހޭ 135 މިލިއަން ޑޮލަރު ދައްކަން ބާސެލޯނާ އިން އެއްބަސްވުމުންނެވެ. އެ ފަހަރު ވެސް ދެ ކްލަބުގެ މެދުގައި ދެބަސްވުންތަކެއް އުފެދުނެވެ.

ގްރީޒްމަން ބާސެލޯނާއާ އެކު ފަސް އަހަރަށް ސޮއިކުރިއިރު، އެ ކޮންޓްރެކްޓް ހަމަވާނީ 2024 ގަ އެވެ. އެކަމަކު، ބާސެލޯނާ އަށް ދިމާވި މާލީ މައްސަލަތަކުގެ ތެރޭގައި ގްރީޒްމަން ލޯނަށް ދޫކޮށްލަން އޭރު ނިންމީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox