ދުޝްމަނުންގެ ހުވަފެން ސީދާކުރުމުގެ ފުރުސަތު ދަރިވަރުން ނުދޭނެ: ރައިސީ

އިރާނުގެ ރައީސް އިބްރާހިމް ރައިސީ ތެހްރާނުގެ އަލް ޒަހްރާ ޔުނިވާސިޓީގެ އަންހެން ދަރިވަރުންނާ އެކު. -- ފޮޓޯ: އޭއެފްޕީ

އިރާނުގެ ރައީސް އިބްރާހިމް ރައިސީ ތެހްރާނުގެ އަލް ޒަހްރާ ޔުނިވާސިޓީގެ އަންހެން ދަރިވަރުންނާ އެކު. -- ފޮޓޯ: އޭއެފްޕީ

"ދުޝްމަނުންގެ ހުވަފެން ސީދާކުރުމުގެ ފުރުސަތު ދަރިވަރުން ނުދޭނެ" ކަމަށް އިރާނުގެ ރައީސް އިބްރާހިމް ރައިސީ ވިދާޅުވެއްޖެ އެވެ.

އިރާނުގައި ބުރުގާ ނާޅައި ހުރުމުން ހައްޔަރު ކުރި 22 އަހަރުގެ މަހްސާ އާމިނީ މަރުވި މައްސަލައިގައި ފެށި މުޒާހަރާތައް ވަނީ ހަތަރު ވަނަ ހަފުތާއަކަށް ދިގުދެމިގެން ގޮސްފަ އެވެ.

މުޒާހަރާތަކުގެ ތެރެއިން ހަމަނުޖެހުން ބޮޑުވެ، ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ. ޔުނިވާސިޓީތަކާއި ސްކޫލްތަކުގައި ވެސް މުޒާހަރާ ކުރާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

"ދުޝްމަނުން ހީކުރީ އެ މީހުންގެ ނުބައި އެދުންތައް ހާސިލްކުރެވޭނީ ޔުނިވާސިޓީ ތެރެއިން ކަމަށް. އަޅުގަނޑުމެންގެ ދަރިވަރުންނާއި ޕްރޮފެސަރުން ތިބީ ހޭލާ ކަމެއް އެ މީހުން ނުދަނޭ،" ރައިސީ ވިދާޅުވި އެވެ.

ރައިސީ އެގޮތަށް ވިދާޅުވީ ވެރިރަށް ތެހްރާންގެ އަލް ޒަހްރާ ޔުނިވާސިޓީގެ އާ ދިރާސީ އަހަރު ފެށުމަށް ބޭޢްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. އެއީ އަންހެން ދަރިވަރުންނަށް ހާއްސަކޮށް 1964 ގައި ހުޅުވި ޔުނިވާސިޓީއެކެވެ.

"ސައިންސާއި އިލްމުގެ ރޮނގުން ދުޝްމަނުން ބަލިކުރާނެކަން ޔަަގީން،" ރައިސީ ވިދާޅުވި އެވެ. ފާރްސް ނިއުސް އެޖެންސީން ބުނީ އެ ޔުނިވާސިޓީގެ ދަރިވަރުން ވެސް މުޒާހަރާ ކުރި ކަމަށެވެ.

އިރާނުގައި ސަައިންސްގެ ދާއިރާއަށް ހާއްސަ އެންމެ ބޮޑު ޝަރީފް ޔުނިވާސިޓީގެ ކްލާސްތައް މިދިޔަ ހޯމަ ދުވަހުން ފެށިގެން ގެންދަނީ އޮންލައިންކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox