ނިޔުކްލިއާ ކާރިސާއެއް ކުރިމަތިވުމުގެ ނުރައްކާ ވަރަށް ބޮޑު: ބައިޑެން

ރަޝިއާއިން ނިޔުކްލިއާ ހަމަލާގެ ވާހަކަ ދައްކަނީ ވަރަށް ސީރިއަސްކޮށް ކަމަށް ބައިޑެން ވިދާޅުވޭ. -- ފޮޓޯ: ޝަޓާސްޓޮކް

ރަޝިއާއިން ނިޔުކްލިއާ ހަމަލާގެ ވާހަކަ ދައްކަނީ ވަރަށް ސީރިއަސްކޮށް ކަމަށް ބައިޑެން ވިދާޅުވޭ. -- ފޮޓޯ: ޝަޓާސްޓޮކް

ފިނި ހަނގުރާމައިގެ ދުވަސްވަރު 1962 ވަނަ އަހަރު ކުރިމަތިވި ކިއުބާގެ މިސައިލް ކާރިސާއަށް ފަހު ނިޔުކްލިއާ ހަމަލާއެއްގެ ނުރައްކާ އެންމެ ބޮޑީ މިހާރު ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

ޔޫކްރެއިން ހަނގުރާމައިގަައި ގެއްލުންތަކެއް ލިބިފައި ވާތީ ނިޔުކްލިއާ ހަތިޔާރު ބޭނުން ކުރުމުގެ ވާހަކަ ރަޝިއާއިން ދައްކަނީ ވަރަށް ސީރިއަސްކޮށް ކަަމަށް ބައިޑެން ވިދާޅުވި އެވެ.

މީގެ ކުރިން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވެސް ބުނީ ނިޔުކްލިއާ ހަމަލާ ދިނުމާ ގުޅޭ ގޮތުން ރަޝިއާއިން ދަައްކާ ވާހަކަތަކާ މެދު ސީރިއަސް ވާން ޖެހޭ ކަމަށް ބުނެފަ އެވެ.

އެހެން ނަމަވެސް މިދިޔަ ހަފުތާގައި އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސަލިވަން ވިދާޅުވީ ނިޔުކްލިއާ ހަމަލާގެ ވާހަކަ ރަޝިއާއިން ދެއްކި ނަމަވެސް، ވަގުތުން ވަގުތަށް އެފަދަ ހަމަލާއެއްގެ ނުރައްކާ ނެތް ކަމަށެވެ.

titledesc

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން މިދިޔަަ ހަފުތާގައި ވިދާޅުވީ ދެ ވަނަ ބޮޑު ހަނގުރާމަ ނިމެން ގާތްވެފައި ވަނިކޮށް، އެމެރިކާއިން ޖަޕާނާ ދެކޮޅަށް ނިޔުކްލިއާ ހަތިޔާރު ބޭނުންކޮށް "ޕްރެސެޑެންޓެއް" ގާއިމްކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ރަަޝިއާގެ ބިމުގެ ސަރަހައްދު ހިމާޔަތް ކުރަން ލިބެން ހުރި ހުރިހާ ވަސީލާތެއް ބޭނުން ކުރާނެ ކަމުގެ އިންޒާރު ވެސް ޕުޓިން ދެއްވި އެވެ.

ބުރާސްފަތި ދުވަހު ރަޝިއާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ނޫސްވެރިންނަށް ވިދާޅުވީ ނިޔުކްލިއާ ހަނގުރާމަ "ދުވަހަކު ވެސް ކޮށްގެން ނުވާނެ" ކަމަަށް ރަޝިއާއިން ގެންގުޅޭ ވިސްނުމަށް ބަދަލެއް ނާންނަ ކަމަަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox