އަލަށް އަޅާ ހަ އެއާޕޯޓަށް ފައިސާ ހޯދުން ދިވެހި ކުންފުންޏަކަށް

Oct 7, 2022, 5:15 AM
ހަ ރަށެއްގައި އެއާޕޯޓް އަޅަން ފައިސާ ހަރަދުކުރުމުގެ އެއްބަސްވުމުގައި ދެކުނު ދުނި އިންވެސްޓްމެންޓާ އެކު ޕްލޭނިން މިނިސްޓްރީން ސޮއިކުރަނީ.

ހަ ރަށެއްގައި އެއާޕޯޓް އަޅަން ފައިސާ ހަރަދުކުރުމުގެ އެއްބަސްވުމުގައި ދެކުނު ދުނި އިންވެސްޓްމެންޓާ އެކު ޕްލޭނިން މިނިސްޓްރީން ސޮއިކުރަނީ.

ފައިސާގެ ބަދަލުގައި ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުން، ހަ ރަށެއްގެ އެއާޕޯޓު އަޅަން ބޭނުންވާ ފައިސާގެ ތެރެއިން ބައެއް ހޯދަން ދިވެހި ކުންފުންޏަކާ އިއްޔެ ހަވާލުކޮށްފި އެވެ.

ދެކުނުދުނި އިންވެސްޓްމެންޓް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ސަރުކާރުން އިއްޔެ ސޮއިކުރި ފައިނޭންސިން އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ހަރަދުކުރާނީ ބ. ތުޅާދޫ، ށ. ބިލެތްފަހި، ތ. ވިލުފުށި، ހދ. މަކުނުދޫ، ފ. މަގޫދޫ އަދި ރ.އަތޮޅުގެ ދެކުނު ބިތުގެ ރަށެއްގައި ރީޖަނަލް އެއާޕޯޓް އެޅުމަށެވެ.

އެ މަޝްރޫއު އަށް ފައިނޭންސް ކުރާނެ ބަޔަކު ހޯދަން އެންމެ ފަހުން އިއުލާނުކޮށްފައިވަނީ މި އަހަރުގެ އޯގަސްޓް މަހު އެވެ. އެ އިއުލާނާ ގުޅިގެން ދެކުނު ދުނި އިންވެސްޓްމެންޓް ފިޔަވައި އިތުރު ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަކަށް ޕްލޭނިން މިނިސްޓްރީން ނުބުނެ އެވެ.

ދެކުނު ދުނި އިންވެސްޓްމެންޓް އެންމެ ފުރަތަމަ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި ވަނީ މުހައްމަދު ނަޒީރުގެ ނަމުގައި 2004 ގަ އެވެ. އެއަށް ފަހު ކުންފުނީގެ ހިއްސާދާރުން އިތުރުކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައިވާ ގޮތުން އެކުންފުނީގެ ހިއްސާދާރުންނަކީ މުހައްމަދު ނަޒީރު، ސަބީރު އަހުމަދު، ހުސައިން ހިލްމީ، ހަސަން ޒަރީރު، ނުޒުހާ އަބްދުލް ބާރީ އަދި ގިޔާސް އަބްދުލް ބާރީ އެވެ.

ނަޒީރު ފިޔަވައި އެހެން މީހުން ހިއްސާދާރުންގެ ގޮތުގައި ކުންފުންޏާ ގުޅިފައި ވަނީ ޖެނުއަރީ 6، 2022 ގަ އެވެ.

ބިޒްނަސްޕޯޓަލްގައިވާ މައުލޫމާތުން އެނގޭ ގޮތުގައި ވިޔަފާރިއެއް ކުރުމުގެ އެއްވެސް ހުއްދައެއް އެކުންފުނިން އަދި ހޯދައިފައެއް ނެތެވެ. އަދި އެއީ ކޮން ވިޔަފާރިއެއް ކުރާ ކުންފުންޏެއް ކަމެއް ވެސް އެނގޭކަށް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox