އުނގަންނައިދިނުމަކީ ފަންނެކެވެ.

އުނގަންނައިދިނުމަކީ ފަންނެކެވެ.

ސްކޮޓްލޭންޑްގެ ތާރީހު އިލްމުވެރިޔާ ތޯމަސް ކެރަލެލް އަރަބީންނާމެދު ބުނެފައިވެ އެވެ. "އަރަބީންނަކީ ސަހަރާ ތެރޭގައި ދަތުރުފަތުރުކޮށް އުޅުނު ބަޔެކެވެ. ގަރުނުތައް ފާއިތުވެދިޔައިރު އެބައިމީހުންނަކައިގެން މީހުންނެއް ނޫޅެ އެވެ. އެހެން އެކަން އޮއްވައި އަރަބީންގެ ނަބިއްޔާ ފާޅުވި އެވެ. އެއަށްފަހު އަރަބިންނަކީ އިލްމުތަކާއި އެނގުންތަކުގެ ނަޒަރުތައް ހުއްޓޭ ގިބުލަކަމުގައި ވެއްޖެ އެވެ. އަދި މަދު މީސްކޮޅަކުން ގިނަ ބަޔަކަށް އެބައި މީހުން ވެއްޖެ އެވެ. ނިކަމެތިންގެ ގޮތުގައި ތިބެފައި އިއްޒަތްތެރީންނަށް ވެއްޖެ އެވެ. އެއަށްފަހު އެބައި މީހުންގެ ސިކުނޑިތަކާއި އިލްމުތަކުން ބިމުގެ އެކި ހިސާބުތަކުން އަލިކަން ލިބިނުގަންނަ އެއްވެސް ގަރުނެއް އޭގެ ފަހަށް ފާއިތުވަމުން ނުދާކަމުގައިވެ އެވެ."

އެހެން ނުވާންވީ ސަބަބެއް ނެތެވެ. އާލްޢިމްރާން ސޫރަތުގެ 164 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. "ހަމަކަށަވަރުން، މުއުމިނުންގެ މައްޗަށް ﷲ ދަރުމަވަންތަވެ ވޮޑިގެންފި އެވެ. (އެއީ) އެއުރެންގެ ތެރެޔަށް، ހަމަ އެއުރެންގެ ތެރެއިން ރަސޫލަކު ފޮނުއްވި ހިނދުގަ އެވެ. އެކަލާނގެ އާޔަތްތައް އެއުރެންނަށް ކިޔަވައިދެއްވާ އަދި، އެއުރެން ތާހިރުކުރައްވާ، އަދި ފޮތާއި ހިކުމަތް، އެއުރެންނަށް އުނގަންނައިދެއްވާ ބޭކަލެއްގެ ގޮތުގަ އެވެ. އޭގެކުރިން އެއުރެންވީ، ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ." އުނގަންނަވައިދެއްވާ ބޭކަލެއްގެ ގޮތުގައި މާތް ނަބިއްޔާ ސިފަކުރައްވާފައިވަނީ ކީރިތި ގުރުއާނުގެ މިއާޔަތުގައި އެކަންޏެއް ނޫނެވެ. އަލްޖުމްޢާ ސޫރަތުގެ ދެ ވަނަ އާޔަތާއި އަލްބަޤަރާ ސޫރަތުގެ 151 ވަނަ އާޔަތުގައި ވެސް މާތް ނަބިއްޔާއަކީ އުނގަންނަވައި ދެއްވާ ބޭކަލެއްކަމުގައި ސިފަކުރައްވާފައިވެ އެވެ. އެހެން ކަމުން އުގަންނައިދިނުމުގެ އުސްލޫބާއި ވައްޓަފާޅީގައި އިތުރު އެކަލޭގެފާނު ހަޔާތްޕުޅާއި ބަސްފުޅުތަކުގައި ނަމޫނާއެއް ވާނެކަމީ ޔަގީންކަމަކެވެ.

ހަލީފާ މުޢާވިޔަތުގެފާނު ވިދާޅުވެފައިވާ ފަދައިންނެވެ. އިތުރު އެކަލޭގެފާނަށް ވުރެ އުނގަންނައިދިނުމަށް މޮޅު އެހެން މީހަކު އިހަށްވިޔަސް ފަހަށްވިޔަސް ތިމަން ދެކެފައި ނުވަމެވެ.

ޞަޙީޙުލްބުޚާރީގައި ރިވާވެގެން ވެއެވެ. މާތް ނަބިއްޔާ އެކަލޭގެފާނުގެ އެކުވެރިންނަށް ހަދީސްކުރެއްވި އެވެ. "ފަތް ނުފައިބާ ގަހެއް ވެއެވެ. އެގަހުގެ މިސާލަކީ މުސްލިމެއްގެ މިސާލެވެ. އެއީ ކޮން ގަހެއްކަން ބުނެދޭށެވެ!" އިބްނު ޢުމަރުވިދާޅުވެ އެވެ. ދެން އެކި ބޭކަލުން އެކި ގަހުގެ ނަންތައް ކިޔަން ފެއްޓެވި އެވެ. އެއީ ކަދުރު ރުށްކަމަށް ތިމަން ހިތަށް އެރި އެވެ. އެކަމަކު އެހެން ބުނުމަށް ލަދުން އިނީ އެވެ. އެބައިމީހުން އޭ ﷲ ގެ ރަސޫލާ އެވެ. އެއީ ކޮން އެއްޗެއްތޯ ދެންނެވި އެވެ. ހަދީސް ކުރެއްވި އެވެ. އެއީ ކަދުރު ރުކެވެ.

އާދޭހެވެ. މުސްލިމެއްގެ މިސާލު ކަދުރު ރުކަކާއި އެއްގޮތްކުރެއްވީ ކަދުރު ރުކަކީ އޭގެ ޒާތުގައި ފައިދާ ގިނަ އެއްޗަކަށްވާތީ އެވެ. އަޅުގަނޑުގެ މިއަދުގެ މައުޟޫއަކީ، އެއްވެސް ހާލެއްގައި ކަދުރު ރުކާއި މުސްލިމް އިންސާނާއާ އެއްގޮތްވާ ގޮތަށް ބަހުސްކުރުމެއް ނޫނެވެ. އެކަމަކު އަޅުގަނޑުގެ ސިކުނޑި ހުއްޓުވާލަނީ އެހެން ކަމަކަށެވެ. މުސްލިމް އިންސާނާއަކީ އިސްލާމީ ސިފަތަކުން ޒީނަތްތެރިވެގެންފި ނަމަ އެތައް ގޮތަކުން މުޖުތަމައަށް ލާބަޔާއި މަންފާކޮށްދެވޭނެ މީހެއް ކަމަށް ހަދީސްކުރެއްވުމުގެ ބަދަލުގައި، އެކުވެރިންނަށް އެ މައުލޫމާތު ހުށަހަޅުއްވައި ދެއްވީ އަރަތެއްގެ ސިފައިގަ އެވެ.

މިފަދަ ކިތަންމެ މިސާލެކެވެ. މީހެއްގެ ގުނަވަނެއްގައި ރަނގަޅަށް ރިއްސަން ފެށީމާ، ނިދިން މަހުރޫމު ވެއެވެ. ހުން އާދެ އެވެ. އެންމެ ގުނަވަނެއްގެ ރިހުން މުޅި ހަށިގަނޑުގައި ރިއްސުމާ ތަފާތެއް ނޯވެ އެވެ. މުއުމިނުން އެއްބަޔަކު އަނެއްބަޔަކަށް އޮންނަންވީ ހަމްދަރުދީ އާއި އޯގާތެރިކަމާއި ގުޅުން މާތް ނަބިއްޔާ ބަޔާން ކޮށްދެއްވީ އެ މިސާލުން ވިސްނައިދެއްވަމުންނެވެ. ހަދީސް ކުރައްވަނީ، އެއްބާރުލުން ދިނުމާއި އޯގާތެރިވުމާއި ހަމްދަރުދީވުމުގައި މުއުމިނުންގެ މިސާލަކީ، އެއް ހަށިގަނޑު މިސާލުކަމަށެވެ. އެއް ގުނަނުގައި ރިއްސީމާ ހުން އައުމާއި ހޭލާ ހުރުމުން އެގުނަނާ މުޅި ހަށިގަނޑު ބައިވެރިވާ ފަދައިންނެވެ.

އެހެން ހަދީސެއްގައި ވެއެވެ. ހަތަރު ކަމަކަށް ބަލައިގެން މީހުން ކައިވެނިކުރެ އެވެ. އެއީ މުދާވެރިކަމަށާއި ހަސަބުވެރިކަމަށާއި ރީތިކަމަށާއި ދީންވެރިކަމަށެވެ. ދީންވެރިކަން އިހުތިޔާރުކޮށްގެން ކާމިޔާބު ހޯދާށެވެ! މި ހަދީސަށް ރަނގަޅަށް ވިސްނައިފި މީހަކަށް ހަދީސްގައި ބުނަނީ ކައިވެނިކުރުމުގައި ބަލަންވީ ދީންވެރި އަތްނބަކު އިހުތިޔާރުކުރުމަށްކަން އެނގެ އެވެ. އަޅުގަނޑުގެ ނަޒަރު ހުއްޓުނީ، ކައިވެނި ކުރަންވާނީ ދީންވެރި އަންހެނަކާއޭ ހަދީސް ކުރެއްވުމުގެ ބަދަލުގައި، މީހުން އާންމުކޮށް ކަންކުރާ ގޮތް ބަޔާންކުރެއްވުމާއެކު ކައިވެނިކުރުމުގެ އިސްލާމީ ފަލްސަފާ ބަޔާންކުރެއްވި ގޮތެވެ.

ނަމާދާއި ރޯދަ އާއި ޒަކާތަށް ރައްކާތެރިވާ މީހާ، މީހުންގެ ހައްގުތަކަށް އެއްވެސް ކަހަލަ ފަރުވާލެއް ބެހެއްޓުމަކާ ނުލައި އުޅެމުން ދިއުމުގެ ނުބައިކަން އުންމަތަށް ބަޔާން ކޮށްދެއްވި ގޮތަކީ އުނގަންނައިދިނުމުގެ ނަމޫނާ މިސާލެކެވެ. ހަދީސް ކުރައްވަނީ "ބަނގުރޫޓުވެފައިވާ މީހާ އަކީ ކާކުކަން ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ؟" ބަނގުރޫޓު ވެފައިވާ މީހަކީ އެ މީހެއްގެ މުދަލެއް ފައިސާއެއް ނުވާ މީހާ ކަމުގައި ސަހާބީން ދެންނެވުމުން މާތް ނަބިއްޔާ ހަދީސްކުރައްވަ އެވެ. ތިމަންކަލޭގެފާނުގެ އުންމަތުގައި ހަމަކަށަވަރުން ބަނގުރޫޓުވެފައިވާ މީހަކީ، ނަމާދާއި ރޯދައާއި ޒަކާތާއި ހިފައިގެން ގިޔާމަތް މަހުޝަރަށް ހާޒިރުވާ މީހެކެވެ. އެކަމަކު އޭނާ އޮންނަނީ އެވެނި މީހާއަށް އެއްޗެހި ކިޔާފައި، މިވެނި މީހާއަށް ބަދުބަސް ބުނެފައި، އެމީހާގެ މުދާ ކައިފައި، މި މީހާގެ ލޭ އޮހޮރުވާފައި، މި މީހާގެ ގައިގައި ޖަހާފަ އެވެ. ދެން އޭނާގެ ހެޔޮ ކަންތައްތަކުން އެހެން މީހުންނަށް ދެވެ އެވެ. އެހެން މީހުންގެ ހައްގުތައް އަދާވުމުގެ ކުރިޔަށް އޭނާގެ ހެޔޮ ކަންތައްތައް ހުސްވެއްޖެނަމަ، އެހެން މީހުންގެ ނުބައިކަންކަން ނަގައި އޭނާއާ މަތިކުރެވެ އެވެ. އެއަށް ފަހު އޭނާ ނަރަކައަށް އެއްލާލެވެ އެވެ.

ކަމެއް އުނގަންނަވައިދެއްވުމުގެ ކުރިން މިފަދައިން ސުވާލުކުރައްވާފައިވާ ހަދީސްތައް ވެސް ވަރަށް ގިނަ އެވެ. މިސާލަކަށް ނެތިމޮށުމަކީ ކޮބައިކަން ބަޔާންކޮށްދެއްވުމުގެ ކުރިޔަށް މާތް ނަބިއްޔާ ހަދީސްކުރައްވާފައިވަނީ، ނެތިމޮށުމަކީ ކޮބައިކަން ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ؟

މާތް ނަބިއްޔާ ހަދީސްކުރެއްވި އެވެ. އެމީހަކު ނިކަމެތިކުރައްވާނެ އެވެ. ދެންވެސް އެމީހަކު ނިކަމެތި ކުރައްވާނެ އެވެ. ދެންވެސް އެ މީހަކު ނިކަމެތިކުރައްވާނެ އެވެ. ދެންނެވުނެވެ. ކާކު ހެއްޔެވެ؟ އޭ ﷲ ގެ ރަސޫލާ އެވެ. ހަދީސްކުރެއްވި އެވެ. އެމީހެއްގެ މައިބަފައިން ކުރެ އެކަކު ނުވަތަ އެދެ މީހުން މުސްކުޅިވެފައިވާ ހާލު ބަލަހައްޓަން ލިބި، ދެންވެސް ސުވަރުގެ ނުވަދެވިއްޖެ މީހާ އެވެ." މައިބަފައިންނަށް ހިދުމަތް ކުރުމަކީ ސުވަރުގެ ވަނުމަށް ކޮންފަދަ ފަސޭހަ ވަސީލަތެއްކަން ބަޔާންކޮށްދެއްވާފައި އޮތީ މިފަދައިންނެވެ.

މިފަދަ ދިރިހުރި އެތައް މިސާލެކެވެ. އުނގަންނައިދިނުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަޅުގަނޑު ވަސިއްޔަތް ކުރަނީ މާތް ނަބިއްޔާ ދައްކަވައި ދެއްވި މިރީތި ނަމޫނާތަކުން މިސާލު ނެންގެވުމަށެވެ. އަޑުއަހާ މީހުން ޝައުގުވެރިވާނެ އެންމެހައި ވަސީލަތްތަކާއި ގޮތްތަކާއި އާޖުފާޖުތައް ކިޔަވައިދިނުމުގައި ބޭނުންކުރުމަށެވެ. އިސްވެ ދިޔަ ރިވާޔަތްތަކުގައި މާތް ނަބިއްޔާ ބޭނުންކުރައްވާފައިވާ އުސްލޫބުތަކާއި ވައްޓަފާޅިތަކުން އެކަމަށް ދަލީލު ލިބެ އެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox