މިއީ އަހަރެންގެ ފަހު ވޯލްޑް ކަޕް: މެސީ

Oct 6, 2022, 4:32 PM
މިއީ އަހަރެންގެ ފަހު ވޯލްޑް ކަޕް: މެސީ

ޕެރިސް (އޮކްޓޫބަރު 6) - އަންނަ މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަކީ އޭނާ ފެންނާނެ ފަހު ވޯލްޑް ކަޕް ކަމަށް އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ ބުނެފި އެވެ.

އާޖެންޓީނާގެ ނޫސްވެރިޔާ، ސެބަސްޓިއަން ވިނޯލޯ އަށް ދިން އިންޓަވިއުއެއްގައި އުމުރުން 35 އަހަރުގެ މެސީ ބުނީ މިއީ އޭނާގެ ބައިނަލްއަގުވާމީ ފަހު މުބާރާތް ކަމަށް ބުނަން އުނދަގޫ ކަމަށާއި އެކަމަކު، ޔަގީނުން ވެސް މިއީ ވޯލްޑް ކަޕެއްގައި ފެންނާނެ ފަހު ފަހަރު ކަމަށެވެ.

"ޔަގީނުން ވެސް މިއީ އަހަރެންގެ ފަހު ވޯލްޑް ކަޕް. އެ ގޮތަށް އޮތީ މާކުރިން ވެސް ނިންމާފައި،" މެސީ ބުންޏެވެ. " އަހަރެން މި އަންނަނީ ވޯލްޑް ކަޕަށް ދުވަސް ވެސް ގުނަމުން. ހާސްވާން ޖެހޭ ވިސްނުންތަކެއް ވެސް އާދޭ މިއީ ފަހު ވޯލްޑް ކަޕޭ ހިތަށް އަރުވާއިރު،"

މެސީގެ ކެޕްޓަން ކަމުގައި އާޖެންޓީނާ އިން ކުޅެމުން އަންނައިރު، އެ ޓީމު އެންމެ ފަހުން ބައިނަލްއަގުވާމީ މެޗަކުން ބަލިވީ 2019 ވަނަ އަހަރު އެވެ. އެންމެ ފަހުން އާޖެންޓީނާ ކުޅުނު 35 މެޗުން ވެސް ބަލިވެފައިނުވެ އެވެ.

މެސީ ބުނީ އާޖެންޓީނާ އަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ ފޭވަރިޓޭ ބުނަން ބޭނުމެއް ނުވާ ކަމަށެވެ.

"ތާރީހު އޮތް ގޮތަށް ބަލާއިރު އާޖެންޓީނާގެ ނަން އަބަދުވެސް ފޭވަރިޓުންގެ ތެރޭގައި ގުނާ. އެކަމަކު، އަހަރެން މި ހުރީ އެ ގޮތަށް ވިސްނުން ބަހައްޓައިގެނެއް ނޫން. ވޯލްޑް ކަޕްގެ ކޮންމެ މެޗެއް ވެސް އުނދަގޫވާނެ. ވޯލްޑް ކަޕްގައި އާންމު ގޮތެއްގައި ކާމިޔާބު ހޯދަނީ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ޓީމެއް ނޫން. އެހެންވީމަ މި މުބާރާތް ހުރިހާ ޓީމަކަށް ވެސް މި ހާއްސަވަނީ،" މެސީ ބުންޏެވެ.

ގައުމީ ޓީމަށް ކުޅެމުން މެސީ އަށް ވަނީ ތިން ކާމިޔާބީ އެއް ލިބިފަ އެެވެ. އެއީ 2008 ވަނަ އަހަރުގެ ބެއިޖިން އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓްގެ ރަން މެޑަލާއި 2019 ވަނަ އަހަރުގެ ކޮޕަ އެމެރިކާގެ އިތުރުން ދެކުނު އެމެރިކާ އާއި ޔޫރަޕްގެ ޗެމްޕިއަނުންގެ މެދުގައި ކުޅުނު ފައިނަަލިސިމާ ޓްރޮފީ އެވެ.

މެސީ އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ކުޅުނީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި މުބާރާތުގަ އެވެ. އޭގެ ފަހުން، 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕާއި 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެ އިތުރުން 2018 ވަނަ އަހަރު ރަޝިއާގައި ކުރިއަށްދިޔަ ވޯލްޑް ކަޕްގައި މެސީ ކުޅުނެވެ. މީގެ ތެރެއިން 2014 ވަނަ އަހަރުގެ ފައިނަލްގައި އާޖެންޓީނާ ބަލިވީ އިތުރު ވަގުތުގައި 1-0 އިން ޖަރުމަނު އަތުންނެވެ.

މެސީގެ ކާމިޔާބު ކެރިއަރު ފުރިހަަމަ ކުރަން މަދުވާ ޓްރޮފީ އަކީ ވޯލްޑް ކަޕް އެވެ. އެހެންވެ، މި ފަހަރުގެ ވޯލްޑް ކަޕް ހޯދަން ހުރިހާ ގޮތަކުން އާޖެންޓީނާ އިން މަސައްކަތް ކުރާނެ އެވެ.

މިދިޔަ އަހަރު ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވި މެސީ އަންނަ އަހަރު ޖޫން މަހަށް ފަހު އަލުން ކުރީގެ ޓީމު ބާސެލޯނާ އަށް ބަދަލުވާނެ ކަމަށް މީޑިއާގައި ވާހަކަ ދެކެވެ އެވެ. މެސީ ބުނީ އަދި ކްލަބް ކެރިއަރުގެ މުސްތަގުބަލާ ގުޅޭގޮތުން ނިންމުމެއް ނުނިންމާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox