ފްލޯޓިން ސިޓީގެ ފުރަތަމަ ބްލޮކު ނިންމައި ފޮޓޯ އާންމުކޮށްފި

Oct 6, 2022, 4:36 PM
ފްލޯޓިން ސިޓީގެ ފުރަތަމަ ބްލޮކު ނިންމައި ފޮޓޯ އާންމުކޮށްފި

މާލެ އަތޮޅުގެ ހަ ފަޅެއްގައި ފްލޯޓިން ސިޓީތަކެއް ހަދަން ޑަޗް ޑޮކްލޭންޑްސްއާ ހަވާލުކޮށްފައިވާ އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހަދަމުންދާ ސިޓީގެ ފުރަތަމަ ބްލޮކް ނިންމައި ފޮޓޯ އާންމުކޮށްފި އެވެ.

ފްލޯޓިން ސިޓީއެއް އެޅުމަށް ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑް ކުންފުންޏަށް 200 ހެކްޓަރުގެ ފަޅެއް ވަނީ ދީފަ އެވެ. "ފްލޯޓިން ސިޓީ މޯލްޑިވްސް"ގެ ނަން ދެވިފައިވާ މި އެއް ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ތެރޭގައި ރިސޯޓާއި ޑޮކްޔާޑާއި ލަގްޒަރީ ވިލާތަކުގެ އިތުރުން ދިވެހިންނަށް ވިއްކާލަން އަޅާ ގެތައް ހިމެނެ އެވެ.

ފުރަތަމަ ތަރައްގީކުރަނީ އާރަށާ އެންމެ ކައިރިން އޮންނަ 200 ހެކްޓަރުގެ ފަޅެވެ. އެ ފަޅުގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ މަސައްކަތް ނިމުނު ފެބްރުއަރީ މަހުގެ 10 ގައި ހަވާލުކުރީ ބައިސަން މޯލްޑިވްސްއާ އެވެ.

ބައިސަން އިން ތައްޔާރުކުރި ފުރަތަމަ ބްލޮކު ވަނީ އެކްސްޕީރިއެންސް ސެންޓަރެއްގެ ގޮތުގައި ހުޅުވާލުމަށް ނިންމާފަ އެވެ. އަދި، އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އަސްލު ޔުނިޓުތައް ނިމޭނެ ކަމަށް އެ މަސައްކަތްކުރަމުންދާ ކުންފުނިން މައުލޫމާތު ދެ އެވެ.

މޫސުން ތަންދިނުމާ އެކު އަންނަ ހަފްތާގައި އެ ބްލޮކް އާރަށާ ކައިރީގައި އޮންނަ ފަޅަށް ގެންދާނެ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެ އެވެ.

ޑަޗް ޑޮކްލޭންޑްސްގެގެ ސީއީއޯ ޕައުލް ވަނީ މި މަޝްރޫއަކީ ކާމިޔާބު މަޝްރޫއަކަށް ވާނެ ކަމަށް މީގެކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި، ދިވެހިން "މާޔޫސްކޮށް ނުލާނެ" ކަމަށް ވެސް ޕައުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހައުސިން މަޝްރޫއު ކުރިއަށް ގެންދަން ލިބުނު ހުއްދައާއެކު، ކުރިއަށް އޮތް ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއްގައި މި މަޝްރޫއު ނިމި، ފްލޯޓިން ސިޓީގައި އަމަލީ ކުލަތައް ޖެހިގެންދާނެ އެވެ.

ފްލޯޓިން ސިޓީގައި ގާއިމްކުރާ ގެތައް ވިއްކުމަށް އެ ކުންފުނިން ގަސްދު ކުރާ އަގަކީ 250،000 ޑޮލަރު ކަމަށް ޕައުލް ވިދާޅުވި އެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ފަޅުގެ ވަށައިގެން ރަށްތަކެއް ހިއްކައިގެން އެތެރޭގައި ފްލޯޓިން ގެތައް އަޅައިގެންނެވެ. އެގޮތުން ހިއްކާ ރަށްތަކުގެ ތެރެއިން، ކަނުގައި އިންނަ ރަށުގައި ރިސޯޓެއް ތަރައްގީ ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި، ދެން ހިއްކާ ރަށްތަކަކީ ޔޮޓް މެރީނާ ސަރަހައްދަކާއި ޕިކްނިކް އައިލެންޑަކާއި ރެސްޓޯރެންޓުފަދަ ތަންތަން އަޅަން ހަމަޖެހިފައިވާ ތަނެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox