ދެ ފުށް ފެންނަ ސުލްހަވެރި އިންތިހާބަކަށް ރިޔާސީ އިންތިހާބު ވާން ޖެހޭ: ނަޝީދު

ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން  ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބޭއްވި މަޒުމޫނު ލިޔުމުގެ މުބާރާތާއި ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: މަޖިލިސް އިދާރާ

ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބޭއްވި މަޒުމޫނު ލިޔުމުގެ މުބާރާތާއި ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: މަޖިލިސް އިދާރާ

އަންނަ އަހަރު ރިޔާސީ އިންތިހާބު އޮންނާނެ ކަމަށާއި އެ އިންތިހާބަކީ މިނިވަން އިންތިހާބަކަށް ވުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބޭއްވި މަޒުމޫނު ލިޔުމުގެ މުބާރާތާއި ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ އެއީ ދެ ފުށް ފެންނަ ގޮތަށް ބާއްވާ ސުލްހަވެރި އިންތިހާބަކަށްވާން ޖެހޭ ކަމަށެވެ.

"ގާނޫނު ތަންދޭ ހުރިހާ އެންމެނަށް އެ އިންތިހާބުގައި ބައިވެރިވެވޭނެ. ހުރިހާ ރައްޔިތުންނަށް ވެސް އެ މީހުން އެދޭ ގޮތަށް އެ އިންތިހާބުގައި ވޯޓު ދެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށްވެހިކަން ކުރިއަށްގެންގޮސް ރަށްރަށުގެ ތަރައްގީގެ ކަންކަމުގައި ކައުންސިލުތަކަށް ބަސް ބުނުމުގެ ފުރުސަތު މީގެކުރިއާ އަޅާބަލާއިރު ހާސް ގުނަ ތަފާތު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ދިވެހިން އުފުލަމުން ގެންދިޔަ ވޭން، ޑިމޮކްރަސީއަށްޓަކައި ތެދުވި ކޮންމެ މީހަކަށް ލިބުނު އަނިޔާ، ލިބުނު ގެއްލުން އެއީ މި ބާވަތުގެ ދުވަހެއްގައި އަޅުގަނޑުމެން ކޮންމެހެން ވެސް ހަނދާން ކުރަން ޖެހޭ ޒާތުގެ ވާހަކަ. ރާއްޖޭގެ ޖަލުތަކުގައި ކުރެވުނު އަނިޔާ، އެއީ މިނިވަންކަމުގެ ރޫހަށް މަސައްކަތްކުރި ކޮންމެ މީހަކު ފިއްތުމަށް، އޮބަހެއްޓުމަށް ހުއްޓުވުމަށް ކުރަމުންގެންދިޔަ ނުތާހިރު އަނިޔާ،" ނަޝީދު ވިދާޅުވި އެވެ.

ޑިމޮކްރަސީ އަކީ ދެނެގަންނަން އުނދަގޫ ފަލްސާއެއް ކަމަށް ވިދާޅުވެ ނަޝީދު ވަނީ އެ ނިޒާމުގެ އަސާސީ ސިފަތައް ވިދާޅުވެ ދެއްވާފަ އެވެ.

"ޑިމޮކްރަސީގެ ކިތަންމެ ގޮތްތަކެއް އެބަ ހުރޭ. އެހެން ނަމަވެސް އަބަދުވެސް އަމާޒަކީ އެއް އަމާޒެއް. އެއީ ރައްޔިތުންގެ ބައިވެރިވުމާ އެކީ، ރައްޔިތުންގެ ރުހުމާ އެކީ ވެރިކަން ހިންގަމުން ދިޔުން،" މިއަދުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖެ އަކީ އަބަދުވެސް ވަރަށް ތައުލީމީ ގައުމެއްކަން ފާހަގަކުރައްވައި ނަޝީދު ވަނީ އޭގެ ނަތީޖާއެއްގެ ގޮތުން ވެރިކަން ހިންގުމުގައި ބައިވެރިވުމަށް ދިވެހިން އެދޭ މިންވަރު އިތުރުވި ކަމަށް ވިދާޅުވެފަ އެވެ. އަދި، އެކަމާ ގުޅިގެން ރާއްޖޭގައި ގާނޫނު އަސާސީއެއް އެކުލަވާލެވި ރައްޔިތުންގެ މަޖިލީހެއް އެކުލަވާލެވުނު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖޭގެ ޑިމޮކްރަސީގެ މައި ގެއަކީ މި ގެ [ރައްޔިތުންގެ މަޖިލިސް]. ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ކުރާ ގެ. ސިޔާސީ ހަރަކާތުގެ ނާރެސްއަކީ މިއީ. ބައެއް ފަހަރު މިތަނުގައި ހިނގާ ބައެއް ކަންކަމަކީ ވަރަށް ހައްސާސް ކަންކަމަށް ވެގެންދޭ،" އެމަނިކުފާ ވިދާޅުވި އެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނޫ އަސާސީން ޑިމޮކްރަސީއަށް ފުޅާ މިންވަރެއްގައި ޖާގަ ދޭ ކަމަށާއި އެގޮތުން ގިނަ ހައްގުތަކެއް ކަށަވަރު ކުރެވިފައިވާއިރު އިންތިހާބަކުން މެނުވީ ވެރިކަން ބަދަލުނުކުރެވޭ ގޮތަށް ކަންކަން ރޭވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ވެރިކަމެއް އުފެދިގެން އަންނަނީ ރައްޔިތުންގެ އުންމީދުތަކާއި، ރައްޔިތުންގެ އެދުންތައް، ރައްޔިތުންގެ އިހުސާސްތައް ހިމެނޭ ސިޔާސަތުތަކެއް ތަންފީޒުކުރުމަށް އެކުލަވާލެވޭ ސަރުކާރެއް މެދުވެރިވެގެންކަން އެއީ ގާނޫނު އަސާސީން ލިބިދީފައިވާ ކިތަންމެ ސިފައެއްގެ ތެރެއިން ބައެއް ސިފަ،" ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox