ރެއާލާއި ޔުވެންޓަސް މޮޅުވިއިރު، ބެންފީކާ އިން ޕީއެސްޖީ ހުއްޓުވައިފި

Oct 6, 2022, 3:26 AM
ރެއާލާއި ޔުވެންޓަސް މޮޅުވިއިރު، ބެންފީކާ އިން ޕީއެސްޖީ ހުއްޓުވައިފި

މެޑްރިޑް (އޮކްޓޫބަރު 6) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ޔުވެންޓަސް ކުޅުނު މެޗުތަކުން މޮޅުވިއިރު، ބެންފީކާ އިން ޕީއެސްޖީ ހުއްޓުވައިިފި އެވެ.

ރެއާލުން ވަނީ އަމިއްލަ ދަނޑުގައި ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކް 2-1 އިން ބަލިކޮށްފަ އެވެ. އިޒްރޭލްގެ މެކަބީ ހައިފާ އަތުން ޔުވެންޓަސް މޮޅުވީ 3-1 އިންނެވެ. ޕީއެސްޖީ އާއި ބެންފީކާ އެއްވަރުވީ 1-1 އިންނެވެ.

ރޭގެ މެޗުގައި ރެއާލުން ވަނީ ފުރަތަމަ 28 މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން 13 ވަނަ މިނިޓްގައި ރޮޑްރީގޯ އެ ޓީމަށް ލީޑުނަގައިދިންއިރު، 28 ވަނަ މިނިޓްގައި ރޮޑްރީގޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެއާލްގެ ދެ ވަނަ ގޯލު ޖެހީ މި ވަގުތު ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ ވިންގް، ވިނީޝިއުސް ޖޫނިއާ އެވެ.

މެޗުގެ 39 ވަނަ މިނިޓްގައި ޝަހުތަރުން ވަނީ ގޯލެއް ޖަހައިފަ އެވެ. އެ ޓީމުގެ މި ލަނޑު ކާމިޔާބުކޮށްދިނީ އޮލެކްސަންޑާ ޒުބްކޯފް ބޮލުންނެވެ.

މިއީ 2014-2015 ވަނަ އަހަރުގެ ސީޒަނަށް ފަހު ރެއާލުން ޗެމްޕިއަންސް ލީގުގެ ފުރަތަމަ ތިން މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. ރެއާލް އެއް ވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދި ޝަހުތަރު އެވެ. ރޭ ސެލްޓިކް އަތުން 3-1 އިން މޮޅުވި، އާރްބީ ލައިޕްޒިގު ތިން ވަނައިގައި އޮތީ ތިން މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. ފުލުގައި އޮތް ސެލްޓިކް އަށް ތިން މެޗުން ލިބުނީ އެއް ޕޮއިންޓް އެވެ.

ޔުވެންޓަސް މި ފަހަރުގެ ޗެމްޕިއަންސް ލީގު ފެށީ ފުރަތަމަ ދެ މެޗުން ޕޮއިންޓެއް ވެސް ނުލިބި އެވެ. ރަށުންބޭރުގައި ޕީއެސްޖީ އަތުން ފުރަތަމަ މެޗުގައި ބަލިވިއިރު، ދެ ވަނަ މެޗުގައި އަމިއްލަ ދަނޑުގައި ބެންފީކާ އަތްދަށުވި އެވެ.

އެކަމަކު، ރޭ އަމިއްލަ ދަނޑުގައި މެކަބީ ހައިފާ އަތުން މޮޅުވެ، މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ފުރަތަމަ ޕޮއިންޓްތައް ހޯދި އެވެ.

ރޭގެ މެޗުގައި ޔުވެންޓަސްގެ ތިން ގޯލުގެ ތެެރެއިން ދެ ލަނޑު ޖެހީ މި ފަހަރުގެ ޓްރާންސްފާގައި އެ ޓީމު ދޫކޮށްލާނެ ކަމަށް ބެލެވުނު ފްރާންސްގެ މިޑްފީލްޑަރު، އޭޑްރިއަން ރަބިއޯ އެވެ. އަނެއް ގޯލު ޖެހީ ޑޫސާން ވްލަހޯވިޗް އެވެ. މި ތިން ގޯލު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ އެންހެލް ޑި މާރިއާ އެވެ.

މެކަބީ ހައިފާގެ ހަމައެކަނި ގޯލު ޖެހީ ދެ ވަނަ ހާފުގައި ޑިން ޑޭވިޑް އެވެ. މި މެޗުގައި މެކަބީ ހައިފާ އިން ވެސް ގިނަ އެޓޭކްތަކެއް ކުރިއިރު، ދެ ހަމަލާއެއް ގޯލުގެ ދަނޑިއަށް ވެސް އަމާޒުވި އެވެ.

ބެންފީކާ ދަނޑުގައި ރޭ ޕީއެސްޖީން ލީޑުނެގީ 22 ވަނަ މިނިޓްގައި ލިއޮނަލް މެސީ ޖެހި ގޯލުންނެވެ. މިއީ ކީިލިއަން އެމްބާޕޭ އާއި ނޭމާ ގުޅިގެން އުފެއްދި އެޓޭކެއްގައި މެސީ އަށް ލިބުނު ފުރުސަތުގެ ބޭނުންހިފައިގެން ޖެހި ގޯލެކެވެ.

ޕީއެސްޖީ އަށް ލީޑުގައި އޮވެ، ފުރަތަމަ ހާފު ވެސް ނިންމައިނުލެވުނެވެ. މެޗުގެ 41 ވަނަ މިނިޓްގައި ބެންފީކާގެ އެންޒޯ ފެނާންޑޭޒްގެ ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޕީއެސްޖީގެ ޑަނީލޯ ޕެރޭރާ އަތުން ބޯޅަ ވަނީ ބައިކޮޅަށެވެ.

މެޗުގެ ދެ ވަނަ ހާފުގައި ޕީއެސްޖީ އަށް އަލުން ލީޑުނަގައިދޭން ނޭމާ އާއި އަޝްރަފް ހަކީމީ ވަނީ ރަނގަޅު ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެކަމަކު، ބެންފީކާ އިން ވަނީ ރަނގަޅަށް ޑިފެންސްކޮށް، ޕީއެސްޖީ އަތުން ޕޮއިންޓެއް ހޯދައިފަ އެވެ.

ގްރޫޕް އެޗްގެ އެއް ވަނައިގައި އޮތް ޕީއެސްޖީ އާއި ދެ ވަނައިގައި އޮތް ބެންފީކާ އަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި ޔުވެންޓަސް އޮތީ ތިން މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފުލުގައި އޮތް މެކަބީ ހައިފާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox