ތާރީހީ ބަދަލެއް، ވީއައިއޭގެ އާ ރަންވޭ ހުޅުވައިފި

Oct 6, 2022, 2:23 AM
އާ ރަންވޭގައި ފުރަތަމަ މަތިންދާ ބޯޓު ޖައްސަނީ -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އާ ރަންވޭގައި ފުރަތަމަ މަތިންދާ ބޯޓު ޖައްސަނީ -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެންމެ ބޮޑެތި މަތިންދާ ބޯޓް ޖެއްސޭ ފެންވަރަށް ތަރައްގީކުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ ދާދި ދެންމެ ހުޅުވައިފި އެވެ.

ފަންސާހަށް ވުރެ ގިނަ އަހަރު ވެފައިވާ ކުރީގެ ރަންވޭ ބޭނުންކުރުން ހުއްޓާލުމަށް ފަހު، އަލަށް ތަރައްގީކުރި ރަންވޭ ހުޅުވުމުގެ ތާރީހީ ބަދަލު އިފުތިތާހުކޮށް ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

"މިއީ އަޅުގަނޑަށް ލިބުނު ވަރަށް އުފާވެރި ދުވަހެއް. ...މިއީ އާ ފެށުމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ދިވެހި ތާރީހުގައި އެންމެ ޖޯޝާއެކު ކުރެވިފައިވާ މަސައްކަތަކީ މީގެ 60 އަހަރު ކުރިން ހުޅުލޭ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކަމަށާއި އޭރު ވެސް މިހާރު ވެސް އެންމެ މުހިންމު ތަނަކަށް އެއާޕޯޓް ވެގެންދަނީ އިގުތިސޯދުގެ މައި ދޮރާއްޓަށް ވާތީ ކަމަށް ނައިބު ރައީސް ވިދާޅުވ އެވެ.

އާ ރަންވޭއާއެކު ވަރަށް ބޮޑު ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށާއި، އަލަށް ތަރައްގީކުރާ ރީޖަނަލް އެއާޕޯޓްތަކާއި މިހާރު ފަށާފައިވާ އާރުޓީއެލްގެ ހިދުމަތާއެކު ދަތުރުފަތުރުގެ ނިޒާމު ފުރިހަމަވެ، އަގުހެޔޮ ވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ވެލާނާ އެއާޕޯޓް އެންމެ ފުރިހަމަ ވެގެންދާނީ މިހާރު ބިނާކުރަމުން އަންނަ ޕަސެންޖާ ޓާމިނަލް ނިމުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އާ ރަންވޭ ހުޅުވަން ތައްޔާރުވުމަށްޓަކައި ރޭ 11:00 އިން ފެށިގެން އެއާޕޯޓުގެ ވައިގެ ދަތުރުފަތުރުގެ ހަރަކާތްތައް އަށް ގަޑިއިރަށް މެދުކަނޑައިލި އެވެ. ކުރީގެ ރަންވޭއިން އެންމެ ފަހުން ފުރީ ޓާކިޝް އެއާލައިން އެވެ. އާ ރަންވޭއަށް ޖެއްސި ފުރަތަމަ ޖެއްސި ފުރަތަމަ ޖެއްސީ އެމިރޭޓްސް އެއާލައިންގެ ފްލައިޓެވެ.

ދިގުމިނުގައި 3,400 މީޓަރު، ފުޅާމިނުގައި 60 މީޓަރުގެ އާ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ޗައިނާގެ އެގްޒިމް ބޭންކުގެ 373 މިލިއަން ޑޮލަރުގެ ލޯނުން 2017 ވަނަ އަހަރު އެވެ. އާ ރަންވޭ ހެދީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިން ނެވެ.

ވީއައިއޭ ބަދަލުކޮށްލަން ހިންގާ އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުގެ ދަށުން އާ ރަންވޭގެ އިތުރުން އާ ޕަސެންޖާ ޓާމިނަލަކާއި އާ ކާގޯ ޓާމިނަލެއް އަޅާނެ އެވެ. އަދި ތެޔޮ ރައްކާކުރާ ބިޔަ ފާމެއް ވަނީ ހަދައިފަ އެވެ.

ރަންވީ ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް އާއި މިނިސްޓަރުންއިސް ވެރިންނާއި ޗައިނާގެ ސަފީރު -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ރަންވީ ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް އާއި މިނިސްޓަރުންއިސް ވެރިންނާއި ޗައިނާގެ ސަފީރު -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރަންވީ ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް އާއި އެއާޕޯޓްގެ އިސްވެރިންނާއި ޗައިނާގެ ސަފީރު -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އާ ރަންވޭއާއެކު އަންނާނެ ބަދަލު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަ މަހްޖޫބު ސުޖާއު ވިދާޅުވީ އާ ރަންވޭއަކީ ދުނިޔޭގައި ބޭނުންކުރާ ޕަސެންޖަރުން އުފުލާ އެންމެ ބޮޑެތި ބޯޓް، އެއާބަސް A380 ޖެއްސޭ ފެންވަރުގެ ރަންވޭއެއް ކަމަށެވެ. އަދި އެއާޕޯޓްގެ ދިގު ތާރީހުގައި ރަންވޭއަކާއި ޓެކްސީވޭއެއް އެކުއެކީގައި ބޭނުންކުރަން ފެށިގެންދަނީ ފުރަތަމަ ފަހަރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާ ރަންވޭއާއެކު ގަޑިއިރެއްގެ ތެރޭގައި ހިދުމަތް ދެވޭ ފްލައިޓްގެ އަދަދު 8 އިން 21 އަށް އިތުރުވެ، ތިން މިނެޓަކުން ބޯޓެއް ޖެއްސޭނެ އެވެ. ކުރިން އެންމެ އަވަހަށް ވެސް ބޯޓެއް ޖެއްސެނީ 10 މިނެޓުންނެވެ.

މިހާރު އެންމެ ގިނަ ވެގެން މިނެޓެއްގެ ރަންވޭ ކްލިއާ ކުރެވޭނެ އެވެ.

"މީގެ ސަބަބުން ބޯޓު ފުރުމާއި ޖެއްސުމުގައި ކުރިން ދިމާވި ލަސްވުން މުޅިންހެން ހައްލު ވެގެންދާނެ،" މަހުޖޫބު ވިދާޅުވި އެވެ.

އެއާޕޯޓްގެ ކުރީގެ ޓާމިނަލް -- ފޮޓޯ:އެމްއޭސީއެލް
އެއާޕޯޓްގެ ކުރީގެ ޓާމިނަލް -- ފޮޓޯ:އެމްއޭސީއެލް

އެއާޕޯޓްގެ ކުރީގެ ޓާމިނަލް -- ފޮޓޯ:އެމްއޭސީއެލް

އެއާޕޯޓްގެ ތާރީހު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ފެށުމަކީ މީގެ 62 އަހަރު ކުރި އެވެ. އޭރު އެއީ ހުޅުލޭ އެއާޕޯޓެވެ. ދަގަނޑު ޝީޓްތަކުގެ އޭރު އަޅައިފައި އޮތް ރަންވޭއަށް ފުރަތަމަ މަތިންދާ ބޯޓެއް ޖެއްސީ އޮކްޓޯބަރު 19، 1960 އެވެ. ޖެއްސީ ރޯޔަލް ނިއުޒީލެންޑް އެއާފޯސް ބޯޓެކެވެ.

އެ އާޕޯޓަށް ފުރަތަމަ ކޮމާޝަލް މަތިންދާ ބޯޓެއްގެ ގޮތުގައި ޖައްސާފައިވަނީ އެއާ ސިލޯންގެ ފްލައިޓެއް އޭޕްރީލް 10، 1962 ގަ އެވެ.

ކުރިން އޮތް އާ ރަންވޭ ފުރަތަމަ ހެދުމަށްޓަކައި، އޭރު އޮތް ދަގަނޑު ޝީޓް ރަންވޭ ނެގުމުގެ މަސައްކަތް ކުރަނީ
ކުރިން އޮތް އާ ރަންވޭ ފުރަތަމަ ހެދުމަށްޓަކައި، އޭރު އޮތް ދަގަނޑު ޝީޓް ރަންވޭ ނެގުމުގެ މަސައްކަތް ކުރަނީ

ކުރިން އޮތް އާ ރަންވޭ ފުރަތަމަ ހެދުމަށްޓަކައި، އޭރު އޮތް ދަގަނޑު ޝީޓް ރަންވޭ ނެގުމުގެ މަސައްކަތް ކުރަނީ

ދަގަނޑު ޝީޓްތަކުގެ ރަންވޭގެ ބަދަލުގައި ރަނގަޅު ފެންވަރަކަށް ޒަމާނީ ރަންވޭއެއް ހެދުމަށް 1964 ނިންމައި، އޭރު ފުރަތަމަ ހެދި ރަންވޭގެ ބޮޑުމިނަކީ 2840 މީޓެވެ. ފުޅާމިނަކީ 45 މީޓަރެވެ. އެ ރަންވޭއާއެކު ރަސްމީކޮށް އެއާޕޯޓަށް "ހުޅުލޭ އެއާޕޯޓް"ގެ ނަން ދީ، ރަންވޭ އާއި އެއާޕޯޓް ހުޅުވައި ދެއްވީ އޭޕްރީލް 12، 1966 ގައި އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނަސިރެވެ.

ހުޅުލޭ އެއާޕޯޓުގެ ނަން، މާލޭ އިންޓަރނޭޝަނަލް އެއާޕޯޓުގެ ނަމަށް ބަދަލުކުރީ ރައީސް މައުމޫނުގެ ވެރިކަމުގައި 1981 ވަނަ އަހަރު އެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ވެސް އެއާޕޯޓް ތަރައްގީކުރަން އެކި މަޝްރޫއުތައް ހިންގާފައިވެ އެވެ.

އެއާޕޯޓު ހިންގުމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް އުފެއްދެވީ ރައީސް މައުމޫނުގެ ވެރިކަމުގަ އެވެ. ނަމަވެސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެއާޕޯޓް ހިންގުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް 25 އަހަރުގެ މުއްދަތަކަށް ހަވާލުކުރި އެވެ. އަދި މާލޭ އެއާޕޯޓްގެ ނަން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓުގެ ނަމަށް ބަދަލު ވެސް ކުރި އެވެ.

ޖީއެމްއާރު ކުންފުނި ރާއްޖޭން ބޭރުކޮށް އެއާޕޯޓާ އަލުން އެމްއޭސީއެލުން ހަވާލުވީ ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު، 2012 ގަ އެވެ. އަދި މިހާރު ދީފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަން ދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

އެއާޕޯޓް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު ފެށީ ޔާމީންގެ ވެރިކަމުގަ އެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕޭން ކުރިއަށް ދިޔައިރު، ސެޕްޓަމްބަރު 18، 2018 ވަނަ ދުވަހު އާ ރަންވޭ އަށް ދުނިޔޭގެ އެންމެ ބޮޑު މަތިންދާ ބޯޓު، އެއާބަސް A380 ފްލައިޓެއް ޖެއްސި އެވެ. އޭރު ރަންވޭ ހުރިހާ މަސައްކަތެއް މުޅިން ނުނިމެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފައިސަލްއަށް ކުރާ ތުހުމަތުތައް އާއިލާއިން ދޮގުކޮށްފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެމަނިކުފާނުގެ އާއިލާއިން ނޫސްބަޔާނެއް މެދުވެރިކޮށް ވަނީ ދޮގުކޮށްފައި. އާއިލާގެ 10 މެންބަރަކު ސޮއިކޮށް ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ފަތުރާ މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް.

ހިލޭ ޑިގްރީ ފުރިހަމަކުރި ދަރިވަރުންގެ އަދަދު ނުބަލަހައްޓާ

ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔެވި ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރި އަދަދު އެނގޭނެހެން މައުލޫމާތު ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. މި ނިޒާމުގެ ބަލިކަށިކަމުން، ކޯސް ފުރިހަމަނުކުރާ ދަރިވަރުންނާއި ކުރިން ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވެސް މިލިއަނުން ފައިސާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ.

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާއި އަބްދުއްރަހީމް ބައްދަލުކޮށްފި

މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ޕާކިސްތާނު އަދާކުރާ ރޯލު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ފާހަގަ ކުރެއްވި ކަމަށް ވެސް ނޫސްތަކުގައި ލިޔެފައި އޮތެވެ.

ޗައިނާގެ ގައުމީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

"އާބަން ސަރަހައްދުތައް ތަރައްގީ ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ރަށްތައް ތަރައްގީ ކުރުމާއި ތައުލީާއި ޓެކްނިކަލް އަދި އިންސްޓިޓިއުޝަނަލް ސަޕޯޓުގެ ދާއިރާއިން ޗައިނާ ދަނީ ރާއްޖެއަށް އެހީވަމުން،" ރައީސް ވިދާޅުވި އެެވެ.

ތިލަފުށީ ބަނދަރުގެ މަސައްކަތް ކުރަން ކުންފުންޏެއް ހަދައިފި

މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓްގެ މެނޭޖިން ޑިރެކްޓަރަކީ އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގެވެ. ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވީ އޭނާގެ އިތުރުން އަލީ ޒުހައިރު، ޝިމާދް އިބްރާހިމް، މުހައްމަދު ނިޒާމް، އަހުމަދު ސާލިމް އަދި މުހައްމަދު ލަމްއާން އެވެ.

އާރްޑީސީއާ ހަވާލުކުރި ލިންކް ރޯޑު ޕްރޮޖެކްޓް ޗައިނާ ބަޔަކަށް ދީފި

އެ މަސައްކަތް މިއަދު ހަވާލު ކުރީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ އެވެ. އެއީ ހުޅުމާލޭގެ މަގުތައް ހަދަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އަދި ހުޅުމާލޭގައި ވެއާހައުސްތަކެއް ހެދުމުގެ މަސައްކަތް ވެސް ހަވާލު ކުރީ އެކުންފުންޏަށެވެ.

"ޕްލާސްޓިކް ހޮޅި މަނާކޮށްގެން އެކަށީގެންވާ ހައްލެއް ނުލިބޭ"

ސިންގަލް ޔޫސް ޕްލާސްޓިކް ހޮޅި މަނާކުރުމުން އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށާއި، ބޭނުންވަނީ ކަރުދާސް ހޮޅިއަށްވުރެ ފެންވަރު ރަނގަޅު ބަދަލެއް ހޯދުން ކަމަށް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވި. މިކަމާ ގުޅިގެން، ކުރިން މަނާކޮށްފައިވާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމުގެ މުއްދަތު 2031 އަށް ސަރުކާރުން ވަނީ އިތުރުކޮށްފައި.

Newsletter

Get the latest news delivered straight to your inbox