ކެސީނޯ އަޅަން ތާއީދުނުކުރާ ކަމަށް ބުނެ މަހްލޫފް މައާފަށް އެދިއްޖެ

ޔޫތު މިނިސްޓަރު މަހްލޫފް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

ޔޫތު މިނިސްޓަރު މަހްލޫފް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

ރާއްޖޭގައި ކެސިނޯ ހިންގެން ޖެހޭ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވި ވާހަކައަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އޭނާ މިއަދު މައާފަށް އެދިވަޑައިގެންފި އެވެ.

"ކެސިނޯ އަޅަން ރާއްޖޭގައި ހުއްދަ ނުދެނީ ކީއްވެތޯ" އެކި ވަޒީރުންނާ މީގެ ކުރިން ވެސް އެތައް ފަހަރަކު ސުވާލުކުރައްވާފައިވާ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަހުލޫފާ ވެސް އެ ސުވާލު ވަނީ ކުރައްވައިފަ އެވެ.

ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފު ވިދާޅުވީ ކެސިނޯގެ ވާހަކަ ރާއްޖޭގައި ދެއްކެން ނޯންނަ ކަމަށާއި އެ ވާހަަކަ ފެށިޔަސް ގޯސްވާ ކަމަށެވެ.

"ހަމަ ހަގީގަތަށް މިދެންނެވީ އިނގޭތޯ، އެ ނަން ކިޔަސް ގޯސްވާ ހިސާބުގައި. އެހެންވީމާ އެ އުޅެން ޖެހެނީ އެންމެން ބޮޑު ބިރުވެރިކަމެއްގައި. މިއިން ކަމަކާ ގުޅިގެން މަޝްވަރާކޮށްލާނެ ޖާގަ ވެސް، އެއީ އޮންނަ ކަމެއް ކަމަކަށް ނުވޭ. އެކަމަކު އިއްޒަތްތެރި މެމްބަރުގެ ވާހަކަފުޅުގައި ކުރީ ދުވަހު ވެސް ވިދާޅުވިހެން، ބަރާބަރަށް ރާ ވިއްކާ. އެހެން ހުރިހާ ސަކަރާތެއް ވެސް އެތަންތާގައި [ރިސޯޓުތަކުގައި] ޖަހާ،" މަހުލޫފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެން ހުރިހާ ކަމަކާ ވެސް ވާހަކަ ދެއްކެން ޖެހޭ ކަމަށާއި މަޝްވަރާކޮށްގެން ގޮތްތައް ހޯދެން ޖެހޭ ކަމަށެވެ.

"އެކަހަލަ ހުރިހާ ކަމެއް. ހަމަ ޔޯގާއާ ތި ހުރިހާ އެއްޗެއްގައި. އަޅުގަނޑު ގަބޫލުކުރަނީ ހަމަ ހަގީގަތުގައި ވެސް އަަޅުގަނޑުމެންގެ މުޖުތަމައުގައި މިހެން ހުރި ހުރިހާ ކަމަކީ މަޝްވަރާކޮށްގެން ގޮތްތައް ހޯދަން ޖެހޭ ކަންތައްތައް. އެ ވާހަކަ ދެއްކެން އެބަ ޖެހޭ އަޅުގަނޑުމެންގެ ސޮސައިޓީގައި،" މަހުލޫފު ވިދާޅުވި އެވެ.

މަހްލޫފް އެހެން ވިދާޅުވުމާ ގުޅިގެން ހާއްސަކޮށް ސޯޝަލް މީޑިއާގައި އޭނާއަށް ވަނީ ގިނަ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

އެއާއެކު، މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާއަކީ ކެސިނޯ އަޅަން ތާއީދު ކުރާ މީހެއް ނޫން އަދި އެކަމަށް ވަކާލާތުކުރާ މީހެއް ވެސް ނޫން ކަމަށެވެ.

"އަދި އެކަމަށް ޝައުގުވެރިކަމެއް ހުރި މީހެއް ވެސް ނޫން. އަޅުގަނޑުގެ މަސައްކަތާ އެކަމާ ގުޅުމެއް ވެސް ނެތް،" އޭނާ ވިދާޅުވި އެވެ.

މަހްލޫފް އިތުރަށް ވަނީ އެކަމާ ގުޅިގެން އިއްޔެ ދެއްކެވި ވާހަކައިން އޮޅުންއަރާފައިވާތީ މައާފަށް އެދިވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox