ޔޫތު ފުޓްބޯޅަ ވަރުގަދަ ކުރަން މުޅި ރާއްޖެ އަށް އަމާޒުކޮށް ޕްރޮޖެކްޓެއް

19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޔޫތު ފުޓްބޯޅަ ވަރުގަދަ ކުރަން މުޅި ރާއްޖެ އަށް ހުޅުވާލެވޭ ސްކައުޓިން ނެޓްވޯކެއް (ކުޅުންތެރިން ހޯދޭނެ ނިޒާމެއް) އެކުލަވާލައި، އެކި ރަށްރަށުގައި ޓްރަޔަލްސްތައް ހިންގުމުގެ ވިސްނުމުގައި އެފްއޭއެމުން ޕްރޮޖެކްޓެއް ފަށާފައިވާ ކަމަށް އެފްއޭއެމްގެ ހެޑް އޮފް އެލީޓް އެންޑް ޔޫތު ފުޓްބޯލް ޕްރޮގްރާމް، އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފި އެވެ.

އެފްއޭއެމުން ވަނީ 19 އަހަރުން ދަށުގެ ވަރުގަދަ ޓީމެއް ތައްޔާރުކުރަން އެލީޓް ޓްރަޔަލް އެއް އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މާލޭގައި ކުރިއަށް ގެންދަން އިއުލާނުކޮށްފަ އެވެ.

ޝާކިއްޓެ ބުނީ ހަގީގަތުގައި މިއީ އެފްއޭއެމްގެ ޔޫތު ފުޓްބޯޅަ ހަރުދަނާ ކުރަން ކުރާ މަސައްކަތުގެ ފެށުން ކަމަށާއި މީގެ ތެރެއިން އެކި އުމުރުފުރާގެ ޒުވާން ކުުޅުންތެރިން ހޯދުމުގެ މަސައްކަތް ވެސް ކުރެވިގެންދާނެ ކަމަށެވެ.

އެ ގޮތުން، ޝާކިއްޓެ ހިމެނޭ ގޮތަށް މިހާރު ރ. ދުވާފަރުގެ ހިންގުންތެރި، އަނަދު ޖަމިއްޔާއާ ގުޅިގެން މުޅި ރ. އަތޮޅަށް ދެ ދުވަހުގެ ޓްރަޔަލްސްތަކެއް އިއްޔެ ވަނީ ފަށައިފަ އެވެ.

"2005 އާއި 2006 އާއި އެއީ މި އަންނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އެލިޖިބަލްވާ އޭޖް. އެއީ 19 އަހަރުން ދަށަށް، އެ ޓީމަށް ކުޅުންތެރިންގެ ސިލެކްޝަން ހަދަން މި ވަގުތަށް ޖަހާފައި އޭނީ. މިއީ އަންނަ އަހަރުގެ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި 2024 ގައި އޮންނަ އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނާ ދިމާކޮށް ހަމަ ކޮންޓިނިއުސްކޮށް ދާނެ ހަމަ،" ދާދި ފަހުން 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ޒުވާން ގައުމީ ޓީމު ގޮވައިގެން މަސައްކަތް ކުރި ޝާކިއްޓެ ބުންޏެވެ.

20 އަހަރުން ދަށުގެ ގައުމީ ޓީމު ސައުދީ އަރަބިއްޔާގައި ކުރިއަށްދިޔަ ކޮލިފައިންގައި ކުރި ޕްރެކްޓިހެއްގެ ތެރެއިން ޝާކިއްޓެ.--- ފޮޓޯ: އަދަދު

ރާއްޖޭގެ ޔޫތު ފުޓްބޯޅައިގައި އެންމެ ކާމިޔާބު ކޯޗު، ޝާކިއްޓެ ބުނީ އެލީޓް ޕޫލްގެ ނަމުން 19 އަހަރުން ދަށުގެ ޓީމެއްގެ މަސައްކަތް ފަށާނީ 30 ނޫނީ 35 ކުޅުންތެރިން ހިމެނޭ ގޮތަށް ކަމަށެވެ.

"މީގެ ތަންކޮޅެއް ގިނައިން އަހަރެމެން (ކުޅުންތެރިން) ގެންގުޅޭނަން، ގެންގުޅެފައި މުބާރާތަކަށް ދާންވީމަ މީގެ ތެރެއިން ހޮވާލާ ގޮތަށް އޮތީ، އެހެންވީމަ މި ވާ ގޮތަކީ ޓީމުތަކަށް (ކްލަބްތަކަށް) އެއްބައި ފަހަރު ޕްލޭޔަރުން ގެންދިޔައީމަ ކޮންމެ ވެސް ވަރަކަށް މި ކޮޅުގައި ވެސް ޕްލޭޔަރުން ތިބޭނެ،" ޝާކިއްޓެ ބުންޏެވެ.

ކުރިން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ވެސް ކުރި ޝާކިއްޓެ ބުނީ 19 އަހަރުން ދަށުގެ އެލީޓް ޕޫލް ކުޅުންތެރިން ލައިގެން ޓީމެއް އެކުލަވާލައި، މި އަހަރުގެ ތިން ވަނަ ޑިވިޝަން ވެސް ކުޅެވޭ ގޮތަށް ރާވަމުން އަންނަ ކަމަށެވެ.

މިސްރާބު އޮތީ މުޅި ރާއްޖެ އަށް ހުޅުވާލެވޭ ސްކައުޓިން ނެޓްވޯކަކަށް

ދުވާފަރުގެ އަނަދު ޖަމިއްޔާއާ ގުޅިގެން އެފްއޭއެމުން މުޅި ރ. އަތޮޅަށް ޓްރަޔަލްސްތަކެއް މިހާރު ކުރިއަށް ގެންދާއިރު، އެ އަތޮޅުގެ ގިނަ ރަށްރަށުން މި ޓްރަޔަލް އަށް ލިބޭ ތަރުހީބު ރަނގަޅެވެ. ގިނަ ކުުޅުންތެރިންތަކެއް އަންނަނީ ބައިވެރިވަމުންނެވެ.

"ކުރިއަށް އޮތްތަނުގައި އެހެން އަތޮޅުތަކުގެ ކްލަބް ޖަމިއްޔާތަކާއި ކައުންސިލްތަކާ ގުޅިގެން ހަމަ މި ކަހަލަ ޓްރަޔަލްތަކެއް ބޭއްވުމުގެ ވިސްނުންތަކެއް އެބަހުރި. މިއީ އެފްއޭއެމުން ޓީމުތައް އެކުލަވާލާ ހުރިހާ އުމުރުފުރާއެއްގެ ގައުމީ ޓީމުތަކަށް ކުޅުންތެރިން ހޯދުމަށް ފެށޭ މަސައްކަތެއް،" ޝާކިއްޓެ ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޝާކިއްޓެ ވާހަކަ ދައްކަނީ.

ޝާކިއްޓެ ބުނީ ދުވާފަރުގެ ޓްރަޔަލްގައި ފުރަތަމަ ދުވަސް ނިމުނުއިރު، ހުނަރުވެރި މޮޅެތި ކުޅުންތެރިންތަކެއް ފެނުނު ކަމަށެވެ.

"މީގެ ތެރޭގައި އަސްލު އެބަތިބި ހަގީގަތުގައި މިހާރު ވެސް ގެންގޮސްގެން 19 އަހަރުން ދަށުގެ ޓީމުގައި ބޭނުންކުރެވޭނެ ފެންވަރުގެ މޮޅެތި ކުޅުންތެރިން. ހަމަ ނެޝަނަލް ޓީމު ލެވަލްގެ ޕްލޭޔަރުން އެބަތިބި،" ހަތަރު ފަހަރެއްގެ މަތިން 19 އަހަރުން ދަށުގެ ގައުމީ ޓީމު ގޮވައިގެން މަސައްކަތްކޮށް، ސީނިއާ ޓީމާ ހަމައަށް ގިނަ ކުޅުންތެރިން ގެންގޮސްދިން ކޯޗު ބުންޏެވެ.

މިހާރަށް ވުރެ ބޮޑަށް އެފްއޭއެމުން ކުޅުންތެރިން ހޯދުމުގެ މަސައްކަތް ހަރުދަނާ ކުރަން ޖެހޭ ކަމަށާއި ރަށްރަށުގައި ބޭއްވޭ މުބާރާތްތައް ބަލަން އެފްއޭއެމުން އަމިއްލަ އަށް އިސްނަގައިގެން ވެސް ކުރިއަށް އޮތްތަނުގައި ދާނެ ކަމަށް ޝާކިއްޓެ ވަނީ ބުނެފަ އެވެ.

"އެފްއޭއެމުން މި ނަގާ 19 އަހަރުން ދަށުގެ ޓީމާއި އެހެނިހެން އުމުރުފުރާ ޓީމުތައް ނަގާއިރު ވެސް ވަރަށް ބޮޑަށް ރާއްޖެ ތެރެއަށް ފޯކަސް ކޮށްގެން، ސްކައުޓް ކޮށްގެން ކުޅުންތެރިން ނެގޭތޯ މި މަސައްކަތް ފެށީ،" ޝާކިއްޓެ ބުންޏެވެ.

"މާލޭން އެވެއިލަބަލް (ލިބެން ތިބި) ކުޅުންތެރިން ގޮވައިގެން ގޮސް ކުޅުމަށް ވުރެން، ރާއްޖެ ތެރޭން ވެސް ރަނގަޅަށް ސްކައުޓް ކޮށްގެން އެ ތަންތަނުގައި ތިބޭ އެފްއޭއެމްގެ ކޮންޓެކްޓުން އުޅޭނެތާ ކުރީގެ ކޯޗުންނާއި ކުރީގެ ކުޅުންތެރިން ވެސް، އެ މީހުންނާ ގުޅައިގެން ޕްލޭޔަރުން ވެސް ގެނެސްގެން މިކަން ކުރަން އެބަޖެހޭ. އެ ގޮތަށް ކުރިއަށްދާން ޖެހޭ،"

ސަރަހައްދީ އެހެން ގައުމުތަކުގެ ޔޫތު ފުޓްބޯޅަ ސިސްޓަމް ވަރުގަދަ ވަމުން އަންނަ އެންމެ ބޮޑު ސަބަަބަކީ ކުޅުންތެރިން ހޯދަން "އަތްފުނާ އަޅަން ހަރުދަނާ ސިސްޓަމެއް" ގާއިމްކުރަން މަސައްކަތްތަކެއް ކުރަމުން އައުމެވެ. ރާއްޖޭގެ ޔޫތު ލެވަލްގެ ޓީމުތަކަށް ޕްރެކްޓިހާއި ގިނަ މެޗުތަކެއް ލިބޭ ފަދަ އޮނިގަނޑެއް ނެތި، ދެން ރާއްޖެ އަށް ސަރަހައްދީ ފުޓްބޯޅައިގެ ރޭހުގައި ވެސް އަލި މަގެއް ފެންނާނެ ކަމަށް ނުބެލެވެ އެވެ. މިހާރު އެ ފެންނަނީ އެ މަންޒަރެވެ.

މިހާރު ރާއްޖޭގެ ފުޓްބޯޅައިގައި ހުރި ގޮންޖެހުންތަކަށް ބަލާއިރު، ދިވެހި ފުޓްބޯޅަ އަށް އިތުބާރު ލިބޭނެ ފަދަ ބަދަލުތަކެއް އަންނަން ޖެހެ އެވެ. އެކަން ފުޓްބޯޅައިގެ ހުރިހާ ފަރާތްތަކެއް ގަބޫލުކުރަން ޖެހެ އެވެ.

ކޮންމެ ގައުމެއްގައި ވެސް ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ ބަދަލު، ޔޫތު ލެވަލުން/ގްރާސްރޫޓުން ފަށާއިރު، ރާއްޖޭގައި ވެސް އެ ފަދަ ސިސްޓަމެއްގެ ބިންގަލެއް ދެމެހެއްޓެނިވި އުސޫލެއްގެ ތެރެއިން އަޅަން ޖެހެ އެވެ. އެ ގޮތަށް މަސައްކަތް ކޮށްގެން ތަފާތެއް ގެންނަން ބަލާއިރު، ރަށްރަށުގައި ތިބި ހުނަރުވެރި ކުޅުންތެރިން ފެންވަރު ރަނގަޅު ލެވަލަކަށް ޓްރެއިން ކުރެވޭނެ ގޮތަކަށް ރާވައިގެން ކުރިއަށް ދިއުން އެއީ އެންމެ މުހިންމު ކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox