އިރާނުގައި އަންހެން ކުއްޖެއްގެ ގަބުރު ގެއްލިއްޖެ

ނިކާ ޝަކަރަމީ. -- ފޮޓޯ: ބީބީސީ

ނިކާ ޝަކަރަމީ. -- ފޮޓޯ: ބީބީސީ

އިރާނުގެ މުޒާހަރާތަކުގެ ތެރެއިން މަރުވި 16 އަހަރުގެ އަންހެން ކުއްޖެއްގެ ގަބުރު ގެއްލިފައިވާ ކަމަށް އާއިލާއާ ގާތް ފަރާތްތަކާ ހަވާލަދީ ބީބީސީއިން ރިޕޯޓުކޮށްފި އެވެ.

އާއިލާއިން ބުނީ ކުއްޖާގެ ހަށިގަނޑު ވަގަށް ގެންދިޔައީ ސަލާމަތީ ފައުޖުން ކަމަށާއި ސިއްރުން އަވަށެއްގައި ވަޅުލާފައިވާ ކަމަށެވެ. އާއިލާއިން ކުރިން ނިންމީ ހޯމަ ދުވަހު ވަޅުލުމަަށެވެ.

ވެރިރަށް ތެހްރާންގައި ނިކާ މުޒާހަރާ ކުރީ ސެޕްޓެމްބަރު 20 ވަނަ ދުވަހު އެވެ. އޭގެ 10 ދުވަސް ފަަހުން އޭނާ ކުއްލިއަކަށް ގެއްލުނެވެ.

އެކުވެރިޔަކަށް ފޮނުވި އެންމެ ފަހު މެސެޖުގައި ނިކާ ބުނީ ސަލާމަތީ ފައުޖުތަކުން އޭނާގެ ފަހަތުން އެބަ އަންނަ ކަމަށެވެ.

އޭގެ ފަހުން އާއިލާއަށް ނިކާގެ ހަށިގަނޑު ފެނުނީ ތެހްރާންގައި މީހުން ބަންދު ކުރާ މަރުކަޒެއްގެ މޯޗަރީއިންނެވެ. އޭނާގެ ބޮޑު ދައިތަ ބުނީ ހަށިގަނޑު ބަލަން ވެސް ފުރުސަތު ނުދިން ކަމަށެވެ.

އާއިލާއިން އެ މީހުންގެ އަވަށް ހޮރާމްއާބާދަށް ހަށިގަނޑު ގެންދިޔައީ އާދީއްތަ ދުވަހު އެވެ. އެއީ ނިކާގެ 17 ވަނަ އުފަން ދުވަހެވެ.

ސަލާމަތީ ފައުޖުތަކުން ޕްރެޝަރު ކުރާތީ ޖަނާޒާއެއް ނުބާއްވަން އާއިލާއިން ނިންމި އެވެ. އެކަމަކު ކުއްލިއަކަށް ހަށިގަނޑު ގެއްލުމުން، އާއިލާއިން ބުނީ ސަލާމަތީ ފައުޖުން އައިސް ހަށިގަނޑު ވަގަށް ގެންގޮސް، ވެޔިސިޔަން އަވަށުގައި ވަޅުލާފައިވާ ކަމަށެވެ.

އެ މަައްސަލައިގަައި ހޮރަމްއާބާދުގައި ވަނީ މުޒާހަރާކޮށްފަ އެވެ. ނިކާއާ ގުޅޭ ގޮތުން ސޯޝަަލް މީޑިއާގައި ޕޯސްޓު ކުރި އޭނާ ބޮޑު ދައިތަ މިދިޔަ އާދީއްތަ ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox