އިރާނުގައި ސްކޫލް ދަރިވަރުން ވެސް މުޒާހަރާ ކުރަން ފަށައިފި

އިރާނުގައި ހިނގަމުންދާ ހަމަނުޖެހުމުގައި ގިނަ ބަޔަކު ވަނީ މަރުވެފައި. -- ފޮޓޯ: އީޕީއޭ

އިރާނުގައި ހިނގަމުންދާ ހަމަނުޖެހުމުގައި ގިނަ ބަޔަކު ވަނީ މަރުވެފައި. -- ފޮޓޯ: އީޕީއޭ

އިރާނުގައި ބުރުގާ ނާޅާ ހުރުމުން ހައްޔަރު ކުރި އަންހެނަކު މަރުވި މައްސަލައިގައި ފެށި މުޒާހަރާތަކުގައި ސްކޫލް ދަރިވަރުން ވެސް ބައިވެރިވާން ފަށައިފި އެވެ.

ސްކޫލް ދަރިވަރުން ޔުނުފޯމުގައި ތިބެ، ބުރުގާ ނަގައި، އަޑު އުފުލާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާއްމުވެފަ އެވެ. އިރާނުގައި މީގެ ދެ ހަފްތާ ކުރިން ފެށި މުޒާހަރާ ވަނީ ހޫނުވެފަ އެވެ.

ހޯމަ ދުވަހު ކަރަޖްގައި ސްކޫލް ކުދިންތަކެއް ފިރިހެނަކު ސްކޫލުން ނެރި، އޭނާއާ ދިމާލަށް ހަޅޭއް ލަވައި، ފެންފުޅި އުކާ މަަންޒަރު ފެންނަ ވީޑިއޯއެއް ވެސް ދަނީ ދައުރުވަމުންނެވެ.

ކަރަޖްއިން ނެގި އިތުރު ވީޑިއޯއެއްގައި ވެސް ފެންނަނީ ޔުނިފޯމްގައި ތިބި ކުދިން ތަނަކަށް ޖަމާވެ، ހުރިހާ އެންމެން އެއްބައިވެ ނިކުތުމަށް ގޮވާ މަންޒަރެވެ.

ދެކުނު ޝިރާޒް ސިޓީގައި ސްކޫލް ކުދިން މަަގު ބަންދުކޮށް މުޒާހަރާ ކުރި އެވެ. އޭގެ އިތުރުން ވެރިރަށް ތެހްރާން އަދި ހުޅަނގު އުތުރުގެ ސަގޭޒް އާއި ސަނަންދަޖްގައި ވެސް ދަރިވަަރުން އެއްވި އެވެ.

މުޒާހަރާތައް ފެށީ ފުލުހުން ހައްޔަރު ކުރި އަންހެނަކު މަރުވި މައްސަލައިގަ އެވެ. މަހްސާ އާމިނީ ހައްޔަރު ކުރީ ބުރުގާ ނާޅާ ހުރުމުންނެވެ. ތުހުމަތު ކުރެވޭ ގޮތުގައި އޭނާ މަރުވީ ފުލުހުންގެ އަނިޔާތަކުގެ ސަބަބުންނެވެ.

އިރާނުގައި އަންހެނުން ބުރުގާ އެޅުން މަޖުބޫރެވެ. އާއިލާއިން ތުހުމަތު ކުރާ ގޮތުގައި ފުލުހުން ވަނީ މަހްސާ އާމިނީގެ ބޮލުގައި މުގުރުން ތަޅައި، ފުލުހުންގެ އުޅަނދުގެ ލުމަށް ފަހު، ބޯ ތަންތަނުގައި ޖައްސައި ޖައްސާފަ އެވެ.

ފުލުހުން ބުނީ އަނިޔާކުރި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށާއި އޭނާ މަރުވީ ހިތް ހުއްޓިގެން ކަމަށެވެ. އިރާން ހިޔުމަން ރައިޓްސް ޖަމިއްޔާއިން ބުނީ ހަމަނުޖެހުންތަކުގައި މިހާތަނަށް 133 މީހުން މަރުވެފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox