ހަތް ވަނަ ގަރުނުގައި ފޮރުވާފައި ހުރި ރަން ފައުނުތަކެއް ފެނިއްޖެ

އިޒްރޭލުން ފެނުނު ރަން ފައުނުތައް. -- ފޮޓޯ: އިޒްރޭލް އެންޓިކުއިޓީޒް އޮތޯރިޓީ

އިޒްރޭލުން ފެނުނު ރަން ފައުނުތައް. -- ފޮޓޯ: އިޒްރޭލް އެންޓިކުއިޓީޒް އޮތޯރިޓީ

ހަތް ވަނަ ގަރުނުގައި ފޮރުވާފައި ހުރި ރަން ފައުނުތަކެއް އުތުރު އިޒްރޭލުގެ ގުދުރަތީ ރިޒާވެއްގެ ފާރުތަކުގެ ތެރެއިން ފެނިފައިވާ ކަމަށް އާކިއޮލޮޖިސްޓުން ބުނެފި އެވެ.

ހާމަން ސްޓްރީމް ކައިރިން ފެނުނު އެ ތަކެތީގެ ބަރުދަނުގައި 170 ގްރާމް ހުއްޓެވެ. ބެލެވޭ ގޮތުގައި އެއީ މީލާދީ ގޮތުން 635 ވަނަ އަހަރު މުސްލިމުން އެ ހިސާބުގައި އުޅުނު އިރު ފޮރުވާފައިވާ ތަކެއްޗެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ބައިޒަންޓައިން އެމްޕަޔާ ނިމި، މުސްލިމުންގެ ބާރު ފެތުރުނު އިރާ ގުޅޭ ހޯދުންތައް އެ ރަން ފައުނުތަކުން ލިބެ އެވެ.

ބައިޒަންޓައިން އެމްޕަޔާއަކީ 1000 އަހަރަށް ވުރެ ދިގު މުއްދަތަކަށް ދެމި އޮތް ރޯމަން އެމްޕަޔާގެ އިރުމަތީ ފަޅިއަށް ކިޔާ ނަމެވެ.

"މި ތަކެތީގެ ވެރިމީހާ، ހަނގުރާމައިގެ ނުރައްކާ ބޮޑުވުމުން، ފަހުން މި ތަކެތި ނެގުމުގެ ބޭނުމުގައި ފޮރުވީ ކަމަށް ބެލެވޭ،" އާކިއޮލޮޖިސްޓުންގެ ޓީމުގެ ޑިރެކްޓަރު ޔޮއާވް ލެރޭ ބުންޏެވެ.

އޭގެ އިތުރުން ބައިޒަންޓައިން ވެރިކަމުގެ އެންމެ ފަހު 40 އަހަރުގައި ބަނިއަސް ސިޓީގެ އިގްތިސާދު އޮތް ގޮތާ ގުޅޭ މައުލޫމާތު ވެސް ރަން ފައުނުތަކުން ލިބޭ ކަމަށް އޭނާ ބުންޏެވެ.

ޑރ. ގެބްރިއެލާ ބިޖޮވްސްކީ ފައުނުތައް ހިފައިގެން.
ޑރ. ގެބްރިއެލާ ބިޖޮވްސްކީ ފައުނުތައް ހިފައިގެން.

ޑރ. ގެބްރިއެލާ ބިޖޮވްސްކީ ފައުނުތައް ހިފައިގެން.

ރަން ފައުނުތަކުގެ އިތުރުން، އާކިއޮލޮޖިސްޓުންގެ މަސައްކަތުން ވަނީ އިމާރާތްތަަކުގެ ބައިތަކާއި، ފެން ދައުރު ކުރާ ހޮޅި އާއި ބްރޮންޒް ފައުނާއި އެހެން ގިނަ ތަކެތި ފެނިފަ އެވެ.

ފަައިސާއާ ބެހޭ ތަޖުރިބާކާރު ޑރ. ގެބްރިއެލާ ބިޖޮވްސްކީ ބުނީ ބައެއް ފައުނުތައް ނިސްބަތް ވަނީ އެމްޕެރާ ފޯކަސްގެ ޒަމާނަށް ކަމަށާއި އެކަމަކު ގިނަ ފައުނުތައް ނިސްބަަތް ވަނީ އޭގެ ފަހުން އައި އެމްޕެރާ ހެރާކްލިއަސްގެ ޒަމާނަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox