ހަމަނުޖެހުން އުފެދުނީ އެމެރިކާ އާއި އިޒްރޭލާ ހެދި: އާޔަތުﷲ

އިރާނުގެ މުޒާހަރާތަކުގައި އިސްކޮށް އުޅެނީ އަންހެނުން. -- ފޮޓޯ: އީޕީއޭ

އިރާނުގެ މުޒާހަރާތަކުގައި އިސްކޮށް އުޅެނީ އަންހެނުން. -- ފޮޓޯ: އީޕީއޭ

އިރާނުގައި ފެށި މުޒާހަރާތައް ހޫނުވެ ހަމަނުޖެހުން އުފެދުނީ އެމެރިކާ އާއި އިޒްރޭލާ ހެދި ކަމަށް ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވެއްޖެ އެވެ.

މުޒާހަރާތަކާ ގުޅިގެން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން އާޔަތުﷲ ވިދާޅުވީ "ހަމަނުޖެހުން އިންޖިނިއާ" ކުރީ އިރާނުގެ ދުޝްމަނުންނާއި އެ މީހުންގެ ބައިވެރިން ކަމަށެވެ. ހަމަނުޖެހުމުގައި ގުރުއާންގެ މުސްހަފް އަންދާފައިވާ ކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ.

ސަލާމަތީ ފައުޖުތަކަށް އާޔަތުﷲ ގޮވާލެއްވީ އިތުރު ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަަން ތައްޔާރަށް ތިބުމަށެވެ. އާޔަތުﷲ އެގޮތަށް ވިދާޅުވީ ފުލުހުންނާއި ސިފައިންގެ ގްރެޖުއޭޝަން ހަފްލާއެއްގަ އެވެ.

"ހެއްކެއް އަދި ތަހުގީގެއް ހިންގުމެއް ނެތި މަގުމަތި ނުރައްކާކޮށް، ގުރުއާން އަންދައި، އަންހެނުންގެ ހިޖާބުތައް ނަގައި، މިސްކިތާއި ކާރުގައި ހުޅުޖެހުމަކީ އާދައިގެ ކަންކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މުޒާހަރާތައް ފެށީ ފުލުހުން ހައްޔަރު ކުރި އަންހެނަކު މަރުވި މައްސަލައިގަ އެވެ. މަހްސާ އާމިނީ ހައްޔަރު ކުރީ ބުރުގާ ނާޅާ ހުރުމުންނެވެ. ތުހުމަތު ކުރެވޭ ގޮތުގައި އޭނާ މަރުވީ ފުލުހުންގެ އަނިޔާތަކުގެ ސަބަބުންނެވެ.

އިރާނުގައި އަންހެނުން ބުރުގާ އެޅުން މަޖުބޫރެވެ. އާއިލާއިން ތުހުމަތު ކުރާ ގޮތުގައި ފުލުހުން ވަނީ މަހްސާ އާމިނީގެ ބޮލުގައި މުގުރުން ތަޅައި، ފުލުހުންގެ އުޅަނދުގެ ލުމަށް ފަހު، ބޯ ތަންތަނުގައި ޖައްސައި ޖައްސާފަ އެވެ.

ފުލުހުން ބުނީ އަނިޔާކުރި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށާއި އޭނާ މަރުވީ ހިތް ހުއްޓިގެން ކަމަށެވެ. އިރާން ހިޔުމަން ރައިޓްސް ޖަމިއްޔާއިން ބުނީ ހަމަނުޖެހުންތަކުގައި މިހާތަނަށް 133 މީހުން މަރުވެފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox