މުހައްމަދު އިސްމާއިލަށް ދައުވާ ކުރުން ޕީޕީއެމުން ކުށްވެރިކޮށްފި

ޔޯގާ ޑޭ މައްސަލައިގައި މުހައްމަދު އިސްމާއިލް މީގެ ކުރިން ހައްޔަރު ކުރަނީ: އޭނާގެ އިތުރުން 17 މީހަކަށް ދައުވާ ކުރި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޔޯގާ ޑޭ މައްސަލައިގައި މުހައްމަދު އިސްމާއިލް މީގެ ކުރިން ހައްޔަރު ކުރަނީ: އޭނާގެ އިތުރުން 17 މީހަކަށް ދައުވާ ކުރި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޔޯގާ ޑޭގައި ހަމަނުޖެހުން ހިންގި މައްސަލައިގައި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކައުންސިލް މެމްބަރު މުހައްމަދު އިސްމާއިލަށް ދައުވާ ކުރުމުން އެ ޕާޓީން އެކަން ކުށްވެރިކޮށްފި އެވެ.

ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖޫން 21، ވަނަ ދުވަހު ރަސްމީ ބޯޅަދަނޑުގައި ހަމަނުޖެހުން ހިނގީ، ހަމަނުޖެހުމަށް މަގުފަހިވާ އެގޮތަށް ސަރުކާރުން ކަންކަން ރާވާފައި އޮތުމުން ކަމަށެވެ. އަދި ބުނެފައި ވަނީ މުހައްމަދު އިސްމާއިލާއި ދައުވާ ލިބޭ ބާކީ 17 މީހުންގެ މައްސަލަ ކޯޓަށް ހުށަހެޅީ ކަމުގެ ހަގީގަތް ފޮރުވަން ކަމަށެވެ.

"މުހައްމަދު އިސްމާއިލް އެ ދުވަހު ގަލޮޅު ދަނޑަށް ވަދެފައެއް ވެސް ނުވޭ. އަދި އޭނާއަކީ އެ ހަމަނުޖެހުން ހިންގި އިރު އެތަނުގައި ހުރި މީހެއް ވެސް ނޫން. އެހެންކަމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އެ ނިންމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޔޯގާ ޑޭ ހަރަކާތުގެ ބައެއް ހިސާބުތަކުން މުހައްމަދު އިސްމާއިލް ފެނިފައިވެ އެވެ. އަދި ޔޯގާ ޑޭއާ ދެކޮޅު ހެދި މީހުން އުފުލީ ޕީޕީއެމްގެ އޮފީހުން މުހައްމަދު އިސްމާއިލް ނެރުނު ދިދަތަކެކެވެ.

ޕީޕީއެމްގެ ބަޔާނުގައި އިންޑިއާ ސަރުކާރަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. އަދި ޔޯގާ ޑޭގެ ހަމަނުޖެހުމުގައި އިންޑިއާގެ އަތެއްވާ ކަމަށް އެ ޕާޓީން ތުހުމަތު ކުރި އެވެ.

އެ ހަމަނުޖެހުން ހިނގީ ޔޯގާ ޑޭގެ ހަރަކާތެއް ދަނޑުގައި ބާއްވާތީ އެކަމާ ދެކޮޅަށް އަޑުއުފުލަން ދިޔަ ބަޔަކު ދަނޑަށް ވަދެގަތުމުންނެވެ. ދަނޑަށް ވަނީ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންނަށް ހަމަލާދިނުމަށްފަހެވެ. އަދި ފަހުން ޔޯގާ ޑޭ ހަރަކާތުގައި ބައިވެރި ބައެއް މީހުންނަށް ވެސް ހަމަލާދިނެވެ.

އެ މައްސަލައިގައި ދައުވާ ކުރި މީހުންގެ ތެރެއިން ޝެއިހު އާދަމް ނިޝާން އާއި ޝެއިހު ފަޒްލޫން މުހައްމަދު ހިމެނެ އެވެ. ދެ ޝެއިހުން ހަމަނުޖެހުމުގައި އަމަލީ ގޮތުން ބައިވެރިނުވި ނަަމަވެސް ދައުލަތުން ކުރަނީ ހަމަނުޖެހުމަށް ހިތްވަރުދިންކަމުގެ ދައުވާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox