މިދިޔަ ހަފުތާގައި އެމެރިކާގެ ފްލޮރިޑާ ސްޓޭޓަށް އެރި ތޫފާން އިއަންގައި މަރުވި މީހުންގެ އަދަދު 67 އަށް އަރަައިފި އެވެ.
ތޫފާން އެރީ ބުދަަ ދުވަހުގެ ރޭ ހުޅަނގު ދެކުނު ފްލޮރިޑާގެ އައްސޭރިފަށުންނެވެ. އެއީ މިހާތަނަށް އެމެރިކާއަށް އެރި އެންމެ ބާރުގަދަ އެއް ތޫފާނުގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.
ތޫފާނުގައި ބޮޑެތި ގެއްލުންތަކެއް ލިބި މަރުވި މީހުންގެ އަދަދު 67 އަށް އަރާފައިވާ އިރު، އަދިވެސް 800،000 މީހުންނަށް ކަރަންޓެއް ނުލިބެ އެވެ.
ކެޓެގެރީ ހަތަރެއްގައި ހިމެނޭ ތޫފާން ފްލޮރިޑާއާ ހަމަައަށް ފޯރީ ގަޑިއަކު 241 މޭލުގެ ގަދަވަޔާ އެކު އެވެ. އޭގެ ކުރިން އެ ތޫފާން އެރީ ކިއުބާ އަށެވެ.
ކިއުބާގައި ދެ މީހުން މަރުވެފައިވާ އިރު، މުޅި ގައުމުން ކަަރަންޓު ކެނޑުނެވެ. ތޫފާން އެރުމުގެ ކުރިން ފްލޮރިޑާއިން 2.5 މިލިއަަން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން އެންގި އެވެ.
ފްލޮރިޑާއަށް އެރި އިރު ތޫފާން އިއަންގެ ބާރުމިނަށް ބަލާއިރު، އެއީ އެމެރިކާގެ ތާރީހުގައި ކުރިމަތިވި ފަސް ވަނައަށް އެންމެ ބާރުގަދަ ތޫފާން ކަމަށް ބެލެވެ އެވެ.










