އިރާނުގެ ދުޝްމަނުންގެ ރޭވުން ފެއިލްވެއްޖެ: ރައިސީ

އިރާނުގެ ރައީސް އިބްރާހިމް ރައިސީ. -- ފޮޓޯ: ގެޓީ

އިރާނުގެ ރައީސް އިބްރާހިމް ރައިސީ. -- ފޮޓޯ: ގެޓީ

އިރާނުގެ ދުޝްމަނުންގެ ރޭވުން ފެއިލްވެފައިވާ ކަމަށް އެ ގައުމުގެ ރައީސް އިބްރާހިމް ރައިސީ އާދީއްތަ ދުވަހު ވިދާޅުވެއްޖެ އެވެ.

ރައިސީ އެގޮތަށް ވިދާޅުވި އިރު، އިރާނުގައި ސަރުކާރާ މެދު އާއްމުން ހިތްހަމަނުޖެހި ފެށި މުޒާހަރާތައް މިހާރު ވަނީ ތިން ވަނަ ހަފުތާއަކަށް ދިގުދެމިގެން ގޮސްފަ އެވެ.

"ދުޝްމަނުން ރޭވުމަކައިގެން އައީ އިރާނު ދުނިޔެއިން އެކަހެރިކޮށް ބާކީކޮށްލުމަށް. އެކަމަކު އެ ރޭވުން ފެއިލްވެއްޖެ،" އިރާނުގެ ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.

Advertisement

ރައިސީ ވިދާޅުވީ އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަނެ، މެދުއިރުމަތި އަދި ދުނިޔޭގައި އިރާނު ހަރަކާތްތެރިވާން ފަށާފައި ވަނިކޮށް، ދުޝްމަނުން ރޭވީ ގައުމު ފަހަތަށް ވައްޓާލަން ކަމަށެވެ.

މީގެ ކުރިން މުޒާހަރާތަކާ ގުޅިގެން ރައިސީ ވިދާޅުވީ މުޒާހަރާ ކުރަމުންދާ މީހުންނާ ދެކޮޅަށް ހިކުމަތްތެރިކަމާ އެކު ފިޔަވަޅު އަޅާނެ ކަމަށެވެ.

ފުލުހުންގެ ބަންދުގައި ހުރި އަންހެނަކު މަރުވުމުން ފެށި މުޒާހަރާތަކުގައި މިހާތަނަށް 90 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

މަހްސާ އާމިނީ ނަމަކަަށް ކިޔާ އަންހެނަކު ހައްޔަރު ކުރީ ބުރުގާ ނާޅާ ހުރުމުންނެވެ. ތުހުމަތު ކުރެވޭ ގޮތުގައި އޭނާ މަރުވީ ފުލުހުންގެ އަނިޔާތަކުގެ ސަބަބުންނެވެ.

އިރާނުގައި އަންހެނުން ބުރުގާ އެޅުން މަޖުބޫރެވެ. އާއިލާއިން ތުހުމަތު ކުރާ ގޮތުގައި ފުލުހުން ވަނީ މަހްސާ އާމިނީގެ ބޮލުގައި މުގުރުން ތަޅައި، ފުލުހުންގެ އުޅަނދުގެ ލުމަށް ފަހު، ބޯ ތަންތަނުގައި ޖައްސައި ޖައްސާފަ އެވެ.

ފުލުހުން ބުނީ އަނިޔާކުރި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށާއި އޭނާ މަރުވީ ހިތް ހުއްޓިގެން ކަމަށެވެ.

މަހްސާ އާމިނީގެ މަަރުގެ މައްސަލަ ތަހުގީގު ކުރައްވާނެ ކަމަށް ރައިސީ ވިދާޅުވި އެވެ. އެކަމަކު އިންޓީރިއާ މިނިސްޓަރު އަހްމަދު ވާހިދީ ވިދާޅުވީ އޭނާއަށް އަނިޔާކޮށްފައި ނުވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox