މި އަހަރުގެ ޑިސެމްބަރުގެ ޗުއްޓީއަށް ތައްޔާރުވާން ފަށައިފިން ހެއްޔެވެ؟ ޑިސެމްބަރަށް ދިމާވާ ސްކޫލު ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު އާއިލާއާ އެކުގައި ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ޕްލޭން ހަދަމުން ދާނެކަން ޔަގީނެވެ. އެކަމަކު މަޑުކޮށްބަލާށެވެ—ދަތުރަށް އެކަށީގެންވާ ޓްރެވަލް ޕްލޭނެއް ހިޔާރުކޮށްފިން ހެއްޔެވެ؟
ހަގީގަތުގައި އިންޝުއަރަންސަކީ އަހަރެމެން ކިޔާ ގޮތުން ނަމަ "ރައްކާވެ ތިބިއްޔާ ދަތުރު"ގެ އަސާސްގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. ދަތުރަށް ފުރުން ބުއްދިވެރީ ކުއްލިއަކަށް ދަތުރުގައި ކުރިމަތިވެދާނެ ހާދިސާތަކުން ދިމާވެދާނެ މާލީ ގެއްލުންތަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިގެންނެވެ. ނިޔާމަ ދަތުރެއް ނުވަތަ ޗުއްޓީއެއް ފުރިހަމަކޮށްލުމަށް ފަހު ހިތްހަމަޖެހިލައިގެން އެނބުރި އާދެވޭނީ އޭރުންނެވެ.
އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް"އިން ފޯރުކޮށްދޭ ޓްރެވަލް ތަކާފުލްއަކީ ވަރަށް ފުޅާ ދާއިރާއެއްގައި ރައްކާތެރިކަން ފޯރުކޮށްދޭ ޓްރެވަލް ޕްލޭނެކެވެ. ދަތުރު މަތީގައި އުޅޭ އިރު ކުއްލި ހާލަތްތަކުގައި ކުރަންޖެހޭ މެޑިކަލް ހަރަދާއި، ދާގީނާ ނުވަތަ ދަބަހާއި އެހެނިހެން މުދާ ގެއްލުމާއި، ޕާސްޕޯޓާއި ރަސްމީ މުހިއްމު ލިޔެކިޔުންތައް ގެއްލުމާއި، ދަތުރު ކެންސަލްވުން ނުވަތަ ފްލައިޓު ލަސްވުމާއި ދަތުރުގެ ބައިވެރިޔާ ނުވަތަ ބައިވެރިވާ ފަރާތްތަކަށް ކުއްލިއަކަށް ކުރިމަތިވެދާނެ ޖިސްމާނީ އަނިޔާތަކަށް ފަރުވާކުރުން ފަދަ ކަންކަންކަމަށް ހޭދަކުރަންޖެހޭ ހަރަދު މި ޕްލޭނުން ކަވަރުކޮށް، އެއްވެސް ހާސްކަމެއް ނެތި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ތަނަވަސްކޮށްދޭނެއެވެ.
ޓްރެވަލް ތަކާފުލް ނަގާނީ ކިހިނެއް؟
އަޔާދީ ތަކާފުލްގެ ޓްރެވަލް ޕްލޭނެއްގައި ބައިވެރިވުމަކީ ނުހަނު ފަސޭހަ ކަމެކެވެ. އެލައިޑްގެ "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް މަދު ސިކުންތުކޮޅެއް ތެރޭގައި ހުރިހާ ކަމެއް ވެސް ހަމަޖައްސާލެވޭނެ އެވެ.
- މައި އެލައިޑް ޕޯޓަލްއަށް ވަނުމަށްފަހު ދަތުރުކުރާ މަންޒިލު ސިލެކްޓް ކޮށްލައްވާށެވެ.
- ދެން ދަތުރުގެ ތަފްސީލުތައް ފުރާލާށެވެ. އޭގެ ތެރޭގައި ދަތުރަށް ފުރާ ތާރީޚާއި އެނބުރި ރާއްޖެ އަންނަ ތާރީޚާއި، ދަތުރުގެ ބައިވެރިންގެ އަދަދާއި އުމުރަކީ މުހިންމު މަޢުލޫމާތުތަކެވެ.
- ނަންގަވާލަން ބޭނުންވާ ޕެކޭޖު ނުވަތަ ގިންތި ޚިޔާރުކުރައްވާށެވެ. ދަތުރުކުރައްވާ ޤައުމަށް އެކަށޭނަ ޕެކޭޖުތައް ފެނިވަޑައިގަންނަވާނެ އެވެ. މީގައި 3 ގިންތިއެއް ހިމެނޭނެ އެވެ. އެއީ އޭޝިއާ ބައްރު އެކަނި ހިމެނޭ "ކޮންޓިނެންޓަލް"، އެމެރިކާއާއި ކެނެޑާ ފިޔަވާ ހުރިހާ ޤައުމެއް ހިމެނޭ "އެލީޓް" އަދި ދުނިޔޭގެ ހުރިހާ ޤައުމެއް ހިމެނޭ "ޕްރިމިއާ" އެވެ. ކޮންމެ ޕެކޭޖަކާއެކު ކަވަރޭޖު ލިމިޓު ވެސް ބޮޑުވެ އެވެ. "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް ޕެކޭޖުތައް އަޅާކިޔާލެވޭނެ އެވެ.
- ޕެކޭޖު ހިޔާރުކުރެއްވުމާއެކު ޕެކޭޖާއެކު ލިބޭ އޮޕްޝަނަލް ކަވަރޭޖުތައް ފެނިވަޑައިގެންނަވާނެ އެވެ. އޮޕްޝަނަލް ކަވަރޭޖުތަކުގެ ތެރޭގައި ކޮވިޑް-19 ޖެހިއްޖެނަމަ ކުރަންޖެހޭ ހަރަދުތަކާއި ނަޤުދު ފައިސާ ގެއްލިއްޖެނަމަ އެކަމުގެ ބަދަލު އަދި ވިޔަފާރި ދަތުރުތަކުގެ ކަވަރޭޖު ވެސް ހިމެނެ އެވެ. ބޭނުންފުޅުވާ އޮޕްޝަނަލް ކަވަރޭޖެއް ޚިޔާރުކުރައްވާށެވެ.
- ދެން، ދަތުރުގެ ބައިވެރިންގެ ތަފްސީލުތައް ފުރުއްވާށެވެ. އެގޮތުން ނަމާއި އެޑްރެހާއި ޕާސްޕޯޓު ތަފްސީލުތަކާއި ބޭންކު އެކައުންޓާ ގުޅޭ ތަފްސީލު ފުރިހަމަ ކުރައްވާށެވެ. ބޭންކު އެކައުންޓުގެ ތަފްސީލްގެ ބޭނުމަކީ ފަހުން ސާޕްލަސް ލިބިލައްވާނަމަ، އެ ފައިސާ ޖަމާކުރުން ފަސޭހަ ކުރުމަށެވެ.
މިހާ ހިސާބުން ޓްރެވަލް ތަކާފުލްގައި ބައިވެރިވެވުނީ އެވެ. މިއީ އޮންލައިންކޮށް ކުރެވޭނެ ދާދިފަސޭހަ ކަމެކެވެ. އަދި، ނުހަނު މުހިންމު ކަމެކެވެ. ސަބަބަކީ ޗުއްޓީއަށް ނުވަތަ ދަތުރަށް ތިޔަ ފުރާވަޑައިގަންނަވަނީ ބޭރު ގައުމަކަށް ކަމުގައި ވާތީ އެވެ. ބޭރު ގައުމެއްގައި އުޅޭ އިރު ދިމާވާ ދަތިތަކަކީ ކުއްލިއަކަށް ހައްލުކުރަން އުނދަގޫ ކަންކަމަށް ވެދާނެ އެވެ.
ޓްރެވަލް ޕްލޭނެއްގެ ބޭނުމަކީ ދަތުރަށް ފުރާއިރު ދިމާވެދާނެ ކަމަކަށް ކުރިއާލާ ރައްކާތެރިކަމުގެ ފިޔަވަޅެއް އެޅުމެވެ. އަދި، ހަގީގީ މާނައިގައި "ރައްކާވެތިބިއްޔާ ދަތުރު"ގެ އިހްސާސް ކޮށްދިނުމެވެ.









