ޗެމްޕިއަންކަން ދިފާއުކުރަން ބޭނުންވާ ހިތްވަރު ސްރީ ލަންކާ އިން ދެއްކި: ކޯޗު

Sep 29, 2022, 3:45 AM
ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ރޭ ރާއްޖެއާ ދެކޮޅަށް ލަންކާ ކުޅުނު މެޗުގެ ތެރެއިން އެ ޓީމުގެ ކޯޗު ޕްރަސަންނަ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ރޭ ރާއްޖެއާ ދެކޮޅަށް ލަންކާ ކުޅުނު މެޗުގެ ތެރެއިން އެ ޓީމުގެ ކޯޗު ޕްރަސަންނަ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދެކުނު އޭޝިއާގެ އަންހެން އެންމެ ބޮޑު ބާސްކެޓްބޯޅަ މުބާރާތް، ސާބާ ވިމެންސް ޗެމްޕިއަންޝިޕުގެ ރަން މެޑަލް ދިފާއު ކުރެވުނީ ހުރިހާ ކުޅުންތެރިން ވެސް ކަށިން ހިތްވަރު ނެރެގެން ކުރި ބުރަ މަސައްކަތުން ކަަމަށް ސްރީ ލަންކާ ޓީމުގެ ކޯޗު ލިޔާނަގޭ ޕްރަސަންނަ ޖަޔަސިންގެ ބުނެފި އެވެ.

ލަންކާ އިން ދެ ވަނަ ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތުގެ ރަން މެޑަލް ހޯދީ އެ ޓީމުގެ ފަހު މެޗުގައި ރާއްޖެ 72-59 ޕޮއިންޓުން ބަލިކޮށްގެންނެވެ. ލީގު އުސޫލުން ކުޅޭ މުބާރާތުގައި ބާކީ އޮތީ ރާއްޖެ އާއި ބޫޓާން ވާދަކުރާ މެޗެވެ. މި މެޗުން ރާއްޖެ މޮޅުވިޔަސް ބާކީ އޮތް ދެ ޓީމު ކަމަށްވާ ލަންކާ އާއި ނޭޕާލްއާ އަރާ ހަމަ ނުކުރެވޭނެ އެވެ.

ރާއްޖެ އަށް މިރޭ ބޫޓާން ބަލިކުރެވުނަސް ތިން ޓީމަށް އެއް ވަރަކަށް ޕޮއިންޓު ލިބި، ހެޑް-ޓު-ހެޑް ނަތީޖާ އަށް ބަލައި ކުރި ލިބެނީ ލަންކާ އަށެވެ. ނޭޕާލަށް ލިބެނީ ދެވަނަ އެވެ. ތިން ވަނަ ލިބޭނީ ރާއްޖެ އަށެވެ.

Advertisement

ރާއްޖެއާ ދެކޮޅަށް ލަންކާ ނުކުތްއިރު އެ ޓީމަށް ޗެމްޕިއަންކަން ލިބެން އޮތީ އެންމެ ގޮތެކެވެ. އެއީ ނުވަ ޕޮއިންޓަށް ވުރެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެގެންނެވެ. ލަންކާ އިން ވަނީ ފެންވަރު ދައްކާލައި ފުރަތަމަ ކުއާާޓާ އިން ފެށިގެން މެޗު ނިމުމާއި ހަމަ އަށް ބޭނުންވި ވަރުގެ ލީޑެއް ހިފަހައްޓައި، ރަން މެޑަލް ޔަގީންކޮށްފަ އެވެ.

މެޗަށް ފަހު ރޮމުން އުފާފާޅުކުރަމުންދިޔަ ލަންކާ ޓީމުގެ ކޯޗު ޕްރަސަންނަ ބުނީ ނޭޕާލް އަތުން ދެ ވަނަ މެޗުގައި ބަލިވުމާ އެކު ހުރިހާ ކުޅުންތެރިންގެ ފޯކަސް ހުރީ މި މެޗަށް ކަމަށެވެ. މި މެޗުގެ މުހިންމުކަން ދަނެ މެންޓަލީ ވެސް ވަރަށް ރަނގަޅަށް ތައްޔާރުވި ކަމަށާއި ދިވެހި ޓީމުގެ "ބަލިފައިތައް ދެނެގަނެ" އެ ކަމަށް ޓީމުން ވަރަށް ރަނގަޅަށް ތައްޔާރުވި ކަމަށް ޕްރަސަންނަ ވަނީ ބުނެފަ އެވެ.

އޭނާ ބުނީ ލަންކާ ޓީމުގެ ވަރުގަދަ ކަންކަމަށް ފޯކަސްކޮށް ފުރަތަމަ ކުއާޓާގައި ވެސް އޭގެ ބޭނުންކޮށް ރަނގަޅު ލީޑެއް ނެގުމަކީ މެޗުން މޮޅުވާން ލިބުނު ފަސޭހައެއް ކަމަށެވެ.

"ނޭޕާލް މެޗުގެ ފަހު ކަށިގަނޑާ އެކު އަހަރުމެންގެ މި މެޗަށް ފޯކަސް ބަހައްޓައިފިން. ބޭނުންވި ވަރަށް ތައްޔާރުވިން. ހުރިހާ ކުޅުންތެރިންވެސް ބޭނުންވި ގޮތަށް ކުޅުނު. މިއީ ހަމަ ވަރަށް ބުރަ މަސައްކަތެއް،" ޕްރަސަންނަ ބުންޏެވެ.

ރޭގެ މެޗު ބަލަންދިޔަ ލަންކާގެ ސަޕޯޓަރުން އެ ޓީމަށް ހިތްވަރު ދެނީ: މި ފަހަރުގެ މުބާރާތުގައި ލަންކާ ކުޅުނު މެޗުތަކަށް މާލޭގައި ދިރިއުޅޭ ލަންކާގެ ގިނަ ބަޔަކު ވަނީ ގޮސްފައި.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޕްރަސަންނަ ވަނީ ރާއްޖޭގެ ސަޕޯޓަރުންގެ ކުރިމަތީގައި ކަށިން ހިތްވަރު ނެރެ އޭނާގެ ކުޅުންތެރިން ދެއްކި ހުނަރުވެރި ކުޅުމަށް ތައުރީފުކޮށްފަ އެވެ. އަދި މި ކާމިޔާބީ ހޯދުމުގައި ގިނަ ގޮންޖެހުންތަކާ އެކު ވެސް އެންމެ އެކުގައި ކުރި މަސައްކަތް އޭނާ ފާހަގަކުރި އެވެ.

މުބާރާތަށް ޓީމުގެ ތައްޔާރީތަކާއި ގުޅޭގޮތުން ޕްރަސަންނަ ބުނީ އެންމެ ބޭނުންވި ވަރަށް ތަމްރީން ނުހެދި، ބޭނުންވި ވަރަށް މެޗު ނުކުޅެ، މި މުބާރާތުގައި އައިސް ކުޅުންތެރިން ދެއްކި ކުޅުމަކީ ހުރިހާ ގޮތަކުން ވެސް އެ ކުދިންނަށް ސާބަސް ދޭން ޖެހޭ ވަރުގެ ކުޅުމެއް ކަމަށެވެ.

"އަހަރެން މި ރަން މެޑަލްގެ ހުރިހާ ކްރެޑިޓެއް ދޭނީ ހުރިހާ ކުދިންނަށް. ވަރަށް ދަތި ހާލުގައި އެންމެން މިހާ ހިސާބަށް މިއައީ" ޕްރަސަންނަ ބުންޏެވެ.

ލަންކާ އިން 2016 ވަނަ އަހަރުގެ ސާބާ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ނޭޕާލުގައި ކުޅުނު އެ ފަހަރުގެ މުބާރާތުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެގެންނެވެ. މި ފަހަރު ޖުމްލަ ތިން މެޗު ކުޅުނުއިރު، ރާއްޖެ އާއި ބޫޓާން އަތުން މޮޅުވިއިރު، ނޭޕާލް އަތުން ވީ ބައްޔެވެ.

ރާއްޖެ އަތުން 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ގްރޫޕް ސްޓޭޖުގައި ބަލިވި ނަމަވެސް ލަންކާ އިން މި ވަނީ އެ މެޗުގެ ބަދަލުހިފައި، ރާއްޖޭގެ މައްޗަށް ފުރިހަމަ މޮޅެއް ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox