ލަންކާ ބަލިކޮށް ނޭޕާލަށް ވަރުގަދަ އެނބުރި އައުމެއް

Sep 27, 2022, 5:47 PM
ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި މިރޭ ލަންކާ އާއި ނޭޕާލް މިރޭ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި މިރޭ ލަންކާ އާއި ނޭޕާލް މިރޭ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާލޭގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ އަންހެން ބާސްކެޓްބޯޅަ މުބާާރާތް، ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި މިރޭ ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ސްރީ ލަންކާ އަތުން މޮޅުވެ ނޭޕާލުން މުބާރާތުގައި ކާމިޔާބު ހޯދުމުގެ އުންމީދު ދަމަހައްޓައިފި އެވެ.

ފުރަތަމަ މެޗުން ނޭޕާލް ވަނީ ރާއްޖެ އަތުން 51-47 އިން ބަލިވެފަ އެވެ. ލަންކާ ވަނީ ރޭ ބޫޓާން އަތުން 98-33 އިން މޮޅުވެފަ އެވެ. އެކަމަކު، މިރޭ ނޭޕާލް އަތުން ލަންކާ ވަނީ 49-55 އިން ބަލިވެފަ އެވެ. މި ނަތީޖާއާ އެކު ނޭޕާލަށް ވަނީ އެންމެ ފަހުގެ ޗެމްޕިއަން އަތުން މޮޅެއް ލިބި މި ފަހަރުގެ މުބާރާތުގައި ކާމިޔާބު ހޯދަން ދިރުމެއް ލިބިފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗު ފަށައިގެން ލަންކާ ޓީމުގެ ފަރާތުން ވަރުބަލިކަން ފެނުނުއިރު، އޭގެ ފައިދާ ވަރަށް ރަނގަޅަށް ނޭޕާލް ޓީމުން ނެގި އެވެ. ފުރަތަމަ ދެ ކުއާޓަރުގައި ވެސް ނޭޕާލް ފެނުނީ ލަންކާ އަށް ވުރެން ރަނގަޅަށް ސްކޯ ކުރިތަނެވެ. އެ ގޮތުން ފުރަތަމަ ދެ ކުއާޓަރު ނިންމާލިއިރު، ނޭޕާލް ކުރީގައި އޮތީ 21-32 އިންނެވެ.

Advertisement

މުޅި މެޗަށް ބަލާއިިރު ވެސް ލަންކާގެ ގޭމްގައި މިރޭ މައްސަލަ ދިމާވީ ސްކޯ ކުރުމުގަ އެވެ. ފްރީ ތުރޯ އާއި ތިން ޕޮއިންޓަށް އެއްލާ ބޯޅަތަކުގެ އިތުރުން ރީބައުންޑްތަކުގައި ވެސް ލަންކާގެ އަސްލު ފެންވަރު ދިޔައީ ނުދެއްކި އެވެ. މި މެޗުގައި ލަންކާ އަށް އެންމެ ގިނަ ޕޮއިންޓް ސްކޯކޮށްދިން ރަޝްމީ ތާނިޔާ 17 ޕޮއިންޓް އެއްކުރިއިރު، ރީބައުންޑް ބޯޅައިން ސްކޯ ކުރީ އެންމެ ދެ ޕޮއިންޓެވެ.

ލަންކާ ޓީމަށް ދެން މިރޭ އެންމެ ގިނަ ޕޮއިންޓް ސްކޯ ކޮށްދިނީ 11 ޕޮއިންޓް ހޯދި އެޕްސިބާ ވޮޝިންޓަން އެވެ.

ސްކޯރިން އަށް ބަލާއިރު ފަހު ދެ ކުއާޓަރުގައި ލަންކާ އިން ކުޅުން ރަނގަޅުކުރި އެވެ. އެކަމަކު، ގޭމް މެނޭޖްކޮށް އެޓޭކިން ޒޯންތަކުގައި ނޭޕާލުން ދެއްކި ރަނގަޅު ކުޅުން ވެގެންދިޔައީ ލީޑުގެއްލުނަނުދީ އެ ޓީމު މެޗުން މޮޅުވި ސަބަބަށެވެ.

މި މެޗުގައި ނޭޕާލްގެ ތިން ކުޅުންތެރިއަކު ވަނީ ލަންކާ ކައިރީގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެއީ 21 ޕޮއިންޓް ސްކޯކުރި ޕްރަތިކްޝާ މަގަރް އާއި 14 ޕޮއިންޓް ހޯދި އަނޫޝާ މައްލާ އަދި އިސްކޮޅުން ކުރު ނަމަވެސް ތަފާތު ކުޅުމެއް ދައްކާ، މުނާ މަހާރްޖަން އެވެ. އޭނާ ވަނީ ޖުމްލަ އެކު ނުވަ ޕޮއިންޓް ސްކޯކޮށްފަ އެވެ.

މިއީ އަމިއްލަ ފަސްގަނޑުގައި 2016 ވަނަ އަހަރުގެ ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ލަންކާ އަތުން ބަލިވުމުގެ ހަނދާން ނައްތާލަން ނޭޕާލަށް ލިބުނު ރަނގަޅު ނަތީޖާއެކެވެ. ލަންކާ އިން އެ ފަހަރު ސާބާ މުބާރާތް ކާމިޔާބުކުރީ ނޭޕާލް 75-49 އިން ބަލިކޮށްފަ އެވެ.

މިރޭގެ ނަތީޖާ އަށް ފަހު، މި ފަހަރުގެ މުބާރާތުގައި ލަންކާ އާއި ރާއްޖެ އަދި ނޭޕާލަށް ކޮންމެ ޓީމަކަށް ވަނީ އެއް މޮޅު ލިބިފަ އެވެ. ނޭޕާލާއި ލަންކާ ދެ މެޗު ކުޅުނުއިރު، ރާއްޖޭން ކުޅުނީ އެންމެ މެޗެކެވެ. ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި މާދަމާރޭ ލަންކާއާ ބައްދަލުކުރާނެ އެވެ.

ރާއްޖޭން ވަނީ އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ލަންކާގެ މައްޗަށް ކުރިހޯދައި، ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. މާދަމާރޭ ލަންކާ އަތުން މޮޅުވެއްޖެނަމަ މި ފަހަރުގެ ސާބާ މުބާރާތުން ރަން މެޑަލް ހޯދުމުގެ ފުރުސަތު ރާއްޖެ އަށް ވަރަށް ބޮޑަށް ފަހިވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox