އިޓަލީ ސެމީ އަށް، އިންގްލެންޑާއި ޖަރުމަނު އެއްވަރު

Sep 27, 2022, 4:20 AM
ލަނޑު ޖެހުމަށް ފަހު އިޓަލީ ކުޅުންތެރިން އުފާފާޅުކުރަނީ

ލަނޑު ޖެހުމަށް ފަހު އިޓަލީ ކުޅުންތެރިން އުފާފާޅުކުރަނީ

ލަންޑަން (ސެޕްޓެމްބަރު 27) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ހަންގޭރީ އަތުން 2-0 އިން މޮޅުވެ، އިޓަލީ ސެމީ ފައިނަލަށް ދިޔައިރު، ފޯރިގަދަ ކުޅުމަކަށް ފަހު އިންގްލެންޑާއި ޖަރުމަނު 3-3 އިން އެއްވަރުވެއްޖެ އެވެ.

ނޭޝަންސް ލީގުގެ ސެމީގެ ހަތަރު ޖާގައިގެ ތެރެއިން ތިން ޖާގަ ވަނީ ކަށަވަރުވެފަ އެވެ. އެ ގޮތުން ސެމީ އަށް ގޮސްފައިވާ ގައުމުތަަކަކީ އިޓަލީ، ނެދަލެންޑްސް އަދި ކްރޮއޭޝިއާ އެެވެ. ދެން އޮތް ޖާގަ އަށް ވާދަކުރަނީ ސްޕެއިނާއި ޕޯޗުގަލް އެވެ.

ނޭޝަންސް ލީގުގެ ޑިވިޝަން އެކެއްގެ ގްރޫޕް ސީގެ އެއް ވަނަ ހޯދައި އިޓަލީން ސެމީ ފައިނަލަށް ދިޔައީ ހަ މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ ހޯދި ހަންގޭރީ އަށް ވަނީ ހަ މެޗުން 10 ޕޮއިންޓް ލިބިފަ އެވެ. ޖަރުމަނަށް ހަ މެޗުން ހަތް ޕޮއިންޓް ލިބުނުއިރު، މޮޅެއް ނުލިބި އިންގްލެންޑް ގްރޫޕް ނިންމާލީ ހަ މެޗުން ތިން ޕޮއިންޓާ އެކު އެވެ. އިންގްލެންޑް ވަނީ ނޭޝަންސް ލީގުގެ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ އެވެ.

ހަންގޭރީގެ ޕުސްކަސް އެރީނާގައި ރޭ ކުޅުނު މެޗުގައި އިޓަލީން ވަނީ ފުރަތަމަ ހާފުގައި ލީޑުނަގައިފަ އެވެ. ހަންގޭރީގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި މި ގޯލު ޖެހީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި އިޓަލީގެ ފޯވާޑް ޖިއަކޯމޯ ރަސްޕަޑޯރީ އެވެ.

ދެ ވަަނަ ހާފްގެ ކުޅުން ފެށިގެން ހަތް މިނިޓް ތެރޭ އިޓަލީން ދެ ވަނަ ގޯލެއް ޖެހި އެވެ. މި ލަނޑު ޖެހީ މެޗުގެ 52 ވަނަ މިނިޓްގައި ބްރަޔާން ކްރިސްޓަންޓޭ ނެގި ހުރަހަކުން ފެޑެރީކޯ ޑިމާކޯ އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ހަ ގޯލު ވެސް ފެނުނީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގައި އިންގްލެންޑަށް ލީޑުނަގައިދޭން ރަހީމް ސްޓާލިން ޖެހި ބޯޅައެއް ޖަރުމަނުގެ ކީޕަރު ޓާ ސްޓެގެން ވަނީ މަތަކޮށްފަ އެވެ. ޖަރުމަނުން ލީޑުނެގީ މެޗުގެ 52 ވަނަ މިނިޓްގައި އިލްކާއި ގުންޑޮގާން ޖެހި ޕެނަލްޓީންނެވެ. މިއީ އިންގްލެންޑްގެ ހެރީ މެގުއާ އޭރިއާތެރެއިން ޖަރުމަނުގެ ޖަމާލް މުސިއާލާ އަށް ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ.

އިންގްލެންޑްގެ ހެރީ ކޭން ޕެނަލްޓީ ކާމިޔާބު ކުރުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

މެޗުގެ 67 ވަނަ މިނިޓްގައި ކައުންޓަ އެޓޭކަކުން ޖަރުމަނުގެ ދެ ވަނަ ގޯލު ޖެހީ ކައި ހަވާޓްޒް އެވެ. ޓިމޯ ވާނާ ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ހަވާޓްޒް ޖެހި ބޯޅަ ވަނީ ގޯލުގެ މަތީ ކަނަށެވެ. އިންގްލެންޑުން ވަނީ އޭގެ ފަހުން 12 މިނިޓް ތެރޭ ތިން ގޯލު ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ. މިއީ އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ގެނައި ދެ ބަދަލަށް ފަހު އައި ގޯލުތަކެކެވެ. ސައުތުގޭޓް ވަނީ ޖަރުމަނުން ދެ ގޯލުގެ ލީޑުނެގިތަނާ މޭސަން މައުންޓާއި ބުކާޔޯ ސަކާ ކުޅެން އަރުވައިފަ އެވެ.

އިންގްލެންޑްގެ ފުރަތަމަ ގޯލު 71 ވަަނަ މިނިޓްގައި ޖެހީ އޭރިއާތެރެއިން ލޫކް ޝޯ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ސަކާ ދިން ބޯޅައަކުން މައުންޓް ވަނީ ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އިންގްލެންޑަށް ލީޑު ލިބުނީ 83 ވަނަ މިނިޓްގައި ހެރީ ކޭން ޖެހި ޕެނަލްޓީންނެވެ. މިއީ އިންގްލެންޑްގެ ޖޫޑް ބެލިންހަމް އަށް ކުރި ފައުލަކަށް ވީއޭއާރް އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ.

ހަ މެޗުގެ ތެރެއިން ފުރަތަމަ ފަހަރަށް މޮޅެއް ހޯދަން އިންގްލެންޑުން ކުރި މަސައްކަތް ފެނަށް ދިޔައީ މެޗުގެ 87 ވަނަ މިނިޓްގައި ކައި ހަވާޓްޒް އިތުރު ގޯލެއް ޖަހައި ޖަރުމަނަށް އެއްވަރުކޮށް ދިނުމުންނެވެ. މިއީ އޭރިއާބޭރުން ސާޖް ގްނަބްރީ ޖެހި ޝޮޓެއް އިންގްލެންޑްގެ ކީޕަރު ނިކް ޕޯޕް އަތުގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސް ބޯޅައަކުން ހަވާޓްޒް ޖެހި ގޯލެކެވެ.

އިންގްލެންޑަށް މި މެޗުގައި ވެސް މޮޅެއް ނުލިބި ނިންމާލަން ޖެހުނުއިރު، ނޮވެމްބަރު މަހު ގަތަރުގައި ފަށާ ވޯލްޑް ކަޕްގެ ކުރިން އެ ޓީމުގެ ކޯޗު ސައުތުގޭޓަށް އޮތް ޕްރެޝަރު ވަނީ ބޮޑުވެފަ އެވެ. މިއީ އިންގްލެންޑުން 1993 ވަނަ އަހަރަށް ފަހު މޮޅެއް ނުލިބި މިހާ ގިނަ މެޗު ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox