ނަޒީރުގެ ހިޔާލު؛ ގައުމީ ދުވަހު މި ކަންކަމާމެދު ފިކުރު ހިންގާ ނުލާނަން ހެއްޔެވެ؟

ނަޒީރުގެ ހިޔާލު؛ ގައުމީ ދުވަހު މި ކަންކަމާމެދު ފިކުރު ހިންގާ ނުލާނަން ހެއްޔެވެ؟

ދިވެހި ހަޟާރަތާއި ތާރީހުގެ ފެށުން ސަލާމް ލެއްވި އީސާގެފާނުގެ މީލާދަށް ވުރެ ދޮށްޓެވެ. ލިޔެވި ރައްކާ ކުރެވިފައިވާ ދިވެހި ތާރީހު ހާހެއްހާ އަހަރުގެ މާޒީއަށް ދެމިގެން ދާއިރު، މި ހުރިހާ ކަމެއްގެ ތެރެއިން ވެސް ދިވެހިންގެ ކިބައިން ފެންނަން ހުރި އެއްސިފަތަކެއްވެ އެވެ. އެކިއިރު އެކި މިންވަރަށް އެ ސިފަތައް ބަދަލުވަމުން އައިކަމުގައި ވިޔަސް އަދި ސާފުކޮށް އެނގޭ މިންވަރަށް އެ ސިފަތައް ބުނެދޭން އެނގޭ މިންވަރަށް ކުރެވިފައިވާ ދިރާސާއެއް ނެތް ނަމަވެސް، ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމި އޮންނަނީ ގަދީމީ ޒަމާނުއްސުރެ އެއްސިފަތަކެއް ނުވަތަ އެއް އަސަރުތަކެއް ހިފެހެޓިފައި ހުންނާތީ އެވެ.

އިންސާނީ ކޮންމެ ޖަމާއަތެއްގައި ވެސް އަދި ވަކިން ހާއްސަކޮށް ގައުމެއްގެ ގޮތުގައި ގަރާރުވެ ދެމިގެންދާ ކޮންމެ މުޖުތަމައެއްގައި ވެސް ހަރުލާފައި ހުންނަ އަގުތަކެއް ހުރެ އެވެ. ވޭތުވެދިޔަ އަހަރުތަކުގައި ތަރުތީބުކޮށް ރާވައިގެން ދިވެހި ގައުމިއްޔަތުގެ ރުކުންތަކުގެ ގޮތުގައި ކިޔައިދޭ ކަންތައްތަކެއް ހުރެ އެވެ. މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހި ބަހާއި، ދިވެހިންގެ ޒަމާންވީ އާސާރުތަކާއި، ރިވެތި އާދަކާދަތައް އޭގައި ހިމަނައިގެން ކިޔައިދޭ ލިސްޓެވެ. މިއަދަކީ މި ކަންކަމާމެދު ފިކުރުހިންގާލަން އެންމެ އެކަށީގެންވާ ދުވަހެވެ. ދިވެހިންގެ ފަހުރުވެރި ގައުމީ ދުވަހަށް ވާތީ އެވެ.

ކައިރި މާޒީގައި އިސްލާމްދީނުގެ އިލްމު ދިވެހިންގެ މެދުގައި ފެތުރި، ދީނުގެ ކަންކަމާމެދު ހޭލުންތެރިވެފައި ވުމާއެކު ވެސް ދީނީ ހިލާފުތަކާއި އަރައިރުންތައް ދަނީ އިތުރުވަމުންނެވެ. މި އަރައިމާއި ދެބަސްވުންތަކާއެކު ކުރިއަށް ދެވޭ ހަމައެކަނި ގޮތަކީ އަފުރާދުންގެ މެދުގައި ތަފާތު ހިޔާލާއި ފިކުރު ބަލައިގަތުމުގެ ގާބިލުކަން ހުރުމެވެ. ދީނުގެ ކަންކަމުގައި އުފެދޭ ހިލާފުތަކާމެދު މުސްލިމުން އަމަލުކުރާންވާ ގޮތް އިސްލާމީ އަހުލާގިއްޔަތުގެ ތެރޭގައި ކަނޑައަޅައި މަގު ދައްކަ އެވެ. ނަމަވެސް އެކަންކަމަށް ރިއާޔަތް ނުކުރެވުމުގެ ނަތީޖާއަކަށް ވަނީ ގައުމުގެ އިޖުތިމާއީ މައްސަލަތަކާއި އެނޫން ވެސް މައްސަލަތަކަށް އިސްލާމްދީނުގެ އުނގަންނައި ދިނުންތަކުން ހައްލެއް ލިބުމުގެ ބަދަލުގައި، "ދީނީ މައްސަލަތަކަކީ" އިތުރު އިޖުތިމާއީ މައްސަލައަކަށްވެ، ކަންކަން ހައްލުކުރުން ދަތި ކަމަކަށް ވުމެވެ. މި ނަޒަރުން ފިކުރު ހިންގާލާއިރު، ދީނީ ތަފާތުވުންތަކުން އުފެދިފައި ހުރި ކިތަންމެ ކިތަންމެ ކަމަކާއި، އެކަންކަމުން އުފެއްދި ނުރައްކަލާއި، ހައްލު ހޯދަން ޖެހިފައިވާ ގޮތާއި، މިންވަރު އެނގޭނެ އެވެ.

ދިވެހިންގެ ގައުމިއްޔަތު އެކަތައެއްގެ ގޮތުގައި މިހާތަނަށް ހިފަހައްޓައިދިން އަނެއް ކަމަކީ މާދަރީ ބަހެވެ. ދިވެހިންނަކީ ލިޔުމަށް އަމިއްލަ އަކުރެއް، ބަސްމޮށުންތެރި ކަމަށް އަމިއްލަ ބަހެއް ލިބިފައިވާ ނަސީބުގަދަ ގައުމެކެވެ. މާދަރީ ބަހަކީ ގައުމިއްޔަތެއްގެ ސަހުސިއްޔަތުގެ މުހިންމެ ބަހާއަކަށް ވަނީ މިފަދަ ގައުމުތަކަށެވެ. ނަމަވެސް މިއަދުގެ އަޅުގަނޑުމެންގެ ހާލަތު ތަފުސީލުކޮށް ނުލިޔުނަސް، ކަން އޮތް މިންވަރު އެބަ އެނގެ އެވެ.

ދިވެހި ބަހުގެ ހާލަތު މިއަދު އޮތް މިންވަރު ވަޒަން ކޮށްލުމަށް، އުފެދި ބޮޑުވަމުންއަންނަ ޖީލުގެ ޒުވާނުންގެ ބަސްމޮށުންތެރިކަން ހުންނަ ގޮތް ބަލައިލުމުން ފުދޭނެ އެވެ. އެއަށްވުރެ އިތުރަށް ބަލާކަމުގައިވަނީ ނަމަ ދައުލަތުގެ މުއައްސަސާތަކުގައި ރަސްމީ ލިޔެކިޔުންތަކާއި ރަސްމީ ބައްދަލުވުންތަކުގައި ބަހުގެ ހަމަތަކާއި އިބާރާތްކުރުމުގެ މިންތައް ހިފެހެއްޓިފައި ހުންނަ މިންވަރު ވަޒަންކޮށްލުމުން މާބޮޑަށް ސާފުވާނެ އެވެ. ދިވެހި ބަހަށް ލިބޭ ހީނަރު ކަމަކީ ގައުމިއްޔަތަށް ލިބޭ އުނި ކަމެކެވެ. އެހެންވެ، މިއީ ފަރުދީ ފެންވަރުގައި، އަދި ސިޔާސަތު ކަނޑައެޅުމުގެ މަރުހަލާތަކުގައި ފިކުރުކޮށް، މަސައްކަތްކޮށް ރަނގަޅު ކުރަންޖެހޭ ކަމެކެވެ.

ގައުމީ ދުވަހެއްގައި ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ ސަގާފަތާއި ތަރިކައިގެ ވާހަކަ ތަކެވެ. ދިވެހިންގެ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ ތަންތަނާއި ތަކެއްޗަށް އަހަންމިއްޔަތުކަންދީ އެތަންތަން ރައްކާތެރިކުރުމަށް މަސައްކަތްތަކެއް ކުރެވުނު ނަމަވެސް ގައުމީ ތަރައްގީގެ ޕުލޭންތަކުގެ ތެރެއަަށް އެ ވިސްނުން ލާމެހިފައިނެތުމުން، އުމްރާނީ ތަރައްގީގެ މަސައްކަތްތަކާއެކު ގަދީމީ އާސާރުތައް ނެތިވެ، ދުވަސްވީ މިސްކިތާއި އެ މިސްކިތުގެ ވެއު ހަލާކުވެ އެވެ. ނުވަތަ ނެތިގެންދެ އެވެ. ނުވަތަ އޭގެ އަސްލު ގެއްލެ އެވެ. ދިވެހިންގެ ދިގު ތާރީހާއި މި ހަޟާރަތުގެ ކަންކަން ދެނެގަނެ ރައްކާތެރިކުރަން ނުކުރެވި ހުރި އެތައް ކަމެއް، ގައުމީ ސިޔާސަތުގެ ތެރެއަށް ލައިގެން ކުރެވެން އެބަ ހުއްޓެވެ.

އިހުއްސުރެ ދިވެހިންގެ މެދުގައި ހިފެހެއްޓިފައި ހުރި ރީތި އިޖުތިމާއީ ހަމަތަކާއި އާދަތައް ނެތިވެ ބޮއްސުންލާފައިވާ މިންވަރު ދެނެގަތުމަށްޓަކައި ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިނގަމުންދާ މައްސަލަތަކާއި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ މުއައްސަސާތަކަށް އަރާބާރު ދެނެގަތުމުން ފުދޭނެ އެވެ. ޒަމާނުއްސުރެ މިރާއްޖޭގައި އެންމެންވެގެން އެންމެންގެ ކަންކަމުގެ ގޮތުގައި ކުރަމުން އައި ކަންކަން އެކެއްގެ ކަކަމަކަށް ވެސް ނުވެ ނިމި ހިނގައްޖެ އެވެ. މި ބަލިކަށިކަން ލިބުމުގައި އެތައް ސަބަބުތައް އެބަ ހުއްޓެވެ.

ފަހުރުވެރި ގައުމީ ދުވަހުގެ ވާހަކަ ދައްކާއިރު، މިފަދަ ދުވަސްތަކާއި ތާރީހާއި ބަތޮލުންގެ ވާހަކަތައް ދިވެހިންނަށް އެނގެނީ، ހާއްސަކޮށް ޒުވާނުންނަށް އެނގެނީ ކިހާ މިންވަރަކަށްތޯ އެވެ. ގައުމީ ދުވަހެއް، މިނިވަން ދުވަހެއް، ހުރަވީ ދުވަހެއް، ޖުލައި 26، ރަބީއުލްއައްވަލް 1 އެއީ ކޮން ދުވަސްތަކެއް ކަމެއް ވަކިކޮށް ފާހަގަކުރަން ނޭނގޭ މީހުން ގިނަ އެވެ.

ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި، ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނާއި، ސަގާފީ ތަރިކައިގެ ގާނޫނާއި އެނޫންވެސް ގާނޫނުތައް ހުރެމެ، މިކަންކަން މިފަދަ ދަށް ހާލަތަކަށް ދިއުމުން، ގާނޫނެއް ހެދުމަކުން ކޮންމެކަމެއް ހައްލުނުވާނެކަން ގަބޫލުކުރަން ވެއްޖެ އެވެ. ދިވެހި ގައުމިއްޔަތު ދިރުވައި އަަލާކޮށް ދެމެހެއްޓުމަކީ ދިވެހިން އެދޭ ގޮތް ނަމަ، ދިވެހިން މިކަންކަމާ ވިސްނާަ ފިކުރުކުރަން ޖެހެ އެވެ. އާންމު ރައްޔިތުންނާއި ސިޔާސީ ލީޑަރުންނާއި، އިލްމުވެރީންނާއި، ފަންނުވެރިންނާއި މަސައްކަތްތެރިން ވެސް ފިކުރުކޮށް ހައްލު ހޯދަން ޖެހެ އެވެ.

ދުނިޔޭގެ ގައުމުތަކުގެ ރޭހުގައި ދެމެހެއްޓެނިވި ގޮތަކަށް ގައުމެއް ކުރިއަރާ ދަނީ އެ ގައުމެއްގެ އަސްކަރީ ބާރާއި ޓެކްނޮލޮޖީގެ ދާއިރާގައި ހޯދާ ކުރިއެރުމަކުން އެކަންޏެއް ނޫނެވެ. އެ ގައުމެއްގެ އިގުތިސާދުގެ ފާގަތިކަމާއި ދުޅަހެޔޮކަމަކުން ވެސް ނޫނެވެ. ގައުމެއް ބާރުވެރިވެ ދެމެހެއްޓެނިވި ގޮތުގައި ކުރިއަރައިދަނީ އެ ގައުމެއްގެ ރައްޔިތުންގެ ކިބައިގައި ހުންނަ ބަދަލުނުވާ އަސާސްތަކެއްގެ ސަބަބުންނެވެ. އިގުތިސާދީ ފުދުންތެރިކަމާއި، އީޖާދީ ހޯދުންތަކާއި، އިޖުތިމާއީ ވިލުންވެރިކަމާއި އެންމެންގެ މެދުގައި އެއްބަސްވެވޭ ގައުމީ ލަނޑުދަނޑިއެއް ކަނޑައަޅާ އެ ހާސިލުކުރެވޭ ވަރުގެ އަސާސީ ސިފަތަކެއް އެ ގައުމެއްގެ ރައްޔިތުންގެ ކިބާގައި ހުރެގެންނެވެ. ސިޔާސީ އޮއިވަރާއި ތަފާތު އެކިއެކި ހިލާފުތަކާއެކު ވެސް ދިވެހިންނަށް އެއްބަސްވެވޭ ދިވެހިންގެ ގައުމީ ލަނޑުދަނޑިއަކީ ކޮބާތޯ ސުވާލުކުރަން މިއަދަކީ ރަނގަޅު ދުވަހެކެވެ.

މިއަދު މި ފާހަގަ ކުރާ 1444 ވަނަ އަހަރުގެ ގައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ދިވެހިންނަށް އަރިސް ކުރަމުން، މި ހިޔާލު ލިޔެ ނިންމައިލީމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox