ގައުމީ މުބާރާތުގެ މޮޅު އެތުލީޓުގެ މަގާމް ޖާއިޝާ އާއި ސާއިދު އަށް

Sep 24, 2022, 7:51 PM
އެންމެ މޮޅު އެތުލީޓުންނަކީ ސާއިދު (ކ) އާއި ޖާއިޝާ (ވ.2).-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެންމެ މޮޅު އެތުލީޓުންނަކީ ސާއިދު (ކ) އާއި ޖާއިޝާ (ވ.2).-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިދިޔަ ބުރާސްފަތި ދުވަހުން މިއަދުގެ ނިޔަލަށް ހުޅުމާލޭގައި ކުރިއަށްދިޔަ ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހޯދިއިރު، އެންމެ މޮޅު އަންހެން އެތުލީޓުގެ އެވޯޑު އާމިނަތު ޖާއިޝާ ޖުނީޒު ހޯދައިފި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ އަހަރީ ކަލަންޑަރުގެ އެންމެ މުހިންމު މުބާރާތުގެ ފަހު އިވެންޓުތައް ނިންމާލުމަށްފަހު މުބާރާތުގެ ވަނަތައް ހޮވި އެވެ. އެ ގޮތުން އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ސާއިދު ހޮވުނުއިރު، އޭނާ ވަނީ މިދިޔަ އަހަރު ވެސް މި މަގާމް ހޯދައިފަ އެވެ. އަދި މިއަހަރު ބޭއްވި އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ މޮޅު އެތުލީޓުގެ މޮޅު އެތުލީޓުގެ މަގާމް ވެސް އޭނާ ހޯދި އެވެ.

މި ފަހަރުގެ ގައުމީ މުބާރާތުގައި ސާއިދު ވަނީ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. އަދި 4 ގުނަ 100 މީޓަރު އަދި 4 ގުނަ 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ދިވެހި ސިފައިންގެ ކުލަބުގެ ރިލޭ ޓީމްގައިވެސް ސާއިދު ހިމެނެ އެވެ.

ގައުމީ މުބާރާތް ނިންމާލުމަށް ފަހު ސާއިދު ދެ ޓްރޮފީ ހިފައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސާއިދުއާ އެންމެ ގާތުން ވާދަކުރީ މި ފަހަރު ގައުމީ މުބާރާތުގެ ފިރިހެން ބައިގެ ދިގު ދުވުންތަކުގައި ތަފާތު ދެއްކި ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އެވެ. ސާއިދު އަށް މޮޅު އެތުލީޓު ލިބުމުގައި ފަޒީލަށް ވުރެ އޭނާގެ އިވެންޓްތަކުގެ ޖުމްލަ އަށް ބަލާއިރު، މީޓް ރެކޯޑް ރަނގަޅުވުން މުހިންމު ދައުރެއް އަދާކުރި އެވެ.

އަންހެން އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު ޖައިޝާ، މި އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕާއި މިދިޔަ އަހަރުގެ ގައުމީ މުބާރާތުގައި ގިނަ ރަން މެޑަލް ތަކެއް ހޯދި ނަމަވެސް މޮޅު އެތުލީޓުގެ މަގާމް އެ ދެ މުބާރާތުގައި ނުލިބެ އެވެ. އެކަމަކު، މިދިޔަ އަހަރުގެ ގްރޯން ޕްރީ މުބާރާތުގައި ގައުމީ ދެ ރެކޯޑެއް މުގުރާލައި އޭނާ މޮޅު އެތުލީޓުގެ މަގާމް ހޯދި އެވެ.

މި އަހަރުގެ ގައުމީ މުބާރާތަށް ބަލާއިރު، އޭނާ ވަނީ 5000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑަކާ އެކު ކާމިޔާބުކޮށްފަ އެވެ. މި ރޭސް 19 މިނެޓާއި 43.09 ސިކުންތުން ނިންމައި ޖާއިޝާ ވެފައިވަނީ 19 މިނެޓަށްވުރެ އަވަހަށް 5 ކިލޯ މީޓަރު ދުވި ފުރަތަމަ ދިވެހި އަންހެން ދުވުންތެރިޔާ އަށެވެ.

ފަސް ކިލޯ މީޓަރު ދުވުމުގެ އިތުރުން 1500 މީޓަރު ދުވުމާއި 800 ދުވުމުންވެސް ޖާއިޝާ އެއް ވަނަ ހޯދި އެވެ. މީގެ އިތުރުން 4 ގުނަ 400 މީޓަރު ދުވުމުން ދެ ވަނަ ހޯދި ޓްރެކް އެންޑް ފީލްޑްގެ ޓީމުގައިވެސް ޖާއިޝާ ހިމެނެ އެވެ.

ގައުމީ މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދި ޖާއިޝާ: މިއީ އޭނާ އަށް ތަފާތު ތަޖުރިބާތަކެއް ކުރަން ޖެހުނު ފަހަރެއް.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓަކީ އައިޝަތު ހިމްނާ ހަސަން އެވެ. ހިމްނާ މި ފަހަރުގެ ގައުމީ މުބާރާތުގެ ސްޕްރިންޓް އިވެންޓްތަކުގައި ވާދަނުކުރެ އެވެ. އެއީ އޮލިމްޕިކް ކޮމިޓީގެ ސްކޮލަޝިޕެއްގައި ޓްރެއިނިން ހެދުމަށް ވަރަށް އަވަހަށް ޖެމެއިކާ އަށް ފުރަން ހަމަޖެހިފައިވާތީވެ، ވިސާ ޖެހުމަށް ލަންކާ އަށް ދާން ޖެހުމުން ޓްރެއިނިން މެދުކަނޑާލަން ޖެހިގެންނެވެ.

ހިމްނާ ވަނީ މި ފަހަރުގެ ގައުމީ މުބާރާތުގެ ލޯންގް ޖަމްޕުން ތިން ވަނަ ހޯދައި، ހަތަރެއް ގުނަ 100 މީޓަރުގެ ރިލޭ އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ.

މި އަހަރުގެ ގައުމީ މުބާރާތުގަ ވެސް ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުލަބުގެ މަގާމް ހޯދީ ދިވެހި ސިފައިންގެ ކުލަބެވެ. ޖުމްލަ 20 ކުލަބު ވާދަކުރި ގައުމީ މުބާރާތުގެ އަންހެން ބައިގެ އެންމެ މޮޅު އެތުލީޓުގެ މަގާމް ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox