ނޭޝަންސް ލީގު: ހަންގޭރީން ޖަރުމަނު ބަލިކުރިއިރު، އިޓަލީން އިންގްލެންޑް ރެލިގޭޓްކޮށްލައިފި

Sep 24, 2022, 12:28 AM
ނޭޝަންސް ލީގު: ހަންގޭރީން ޖަރުމަނު ބަލިކުރިއިރު، އިޓަލީން އިންގްލެންޑް ރެލިގޭޓްކޮށްލައިފި

ލައިޕްޒިގު، ޖާމަނީ (ސެޕްޓެމްބަރު 24) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ހަންގޭރީން ޖަރުމަނު ބަލިކުރިއިރު، އިޓަލީ އަތުން ބަލިވެ، އިންގްލެންޑް ނޭޝަންސް ލީގުގެ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެއްޖެ އެވެ.

ހަންގޭރީން ޖަރުމަނު ދަނޑުގައި މޮޅުވީ 1-0 އިންނެވެ. އިޓަލީން ވަނީ އަމިއްލަ ދަނޑުގައި އިންގްލެންޑް އަތުން 1-0 އިން މޮޅުވެފަ އެވެ. މި ގްރޫޕްގައި ބާކީ އެއް މެޗު ކޮންމެ ޓީމަކަށް އޮތްއިރު، އިންގްލެންޑް ރެލިގޭޓްވުމުން، އެ ޓީމު ދެން އަންނަ ނޭޝަންސް ލީގުގެ ދެ ވަނަ ޑިވިޝަނުން ފަށަން ޖެހޭއިރު، 2024 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި ގުރުއަތުލުން ބާއްވާއިރު، ދެ ވަނަ ޕޮޓަށް ވެއްޓޭނެ އެވެ.

ގްރޫޕްގެ އެއް ވަނައިގައި ހަންގޭރީ އޮތީ ފަސް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އިޓަލީ އަށް ފަސް މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޖަރުމަނަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ފަސް މެޗު ކުޅުނުއިރު، އިންގްލެންޑަށް އަދި މޮޅެއް ނުލިބެ އެވެ. އެ ޓީމު ފުލުގައި އޮތީ ދެ ޕޮއިންޓާ އެކު އެވެ.

މިލާނުގެ ސެންސީރޯ ސްޓޭޑިމުގައި ރޭ ކުޅުނު މެޗުގައި އިޓަލީގެ ހަމައެކަނި ގޯލު ޖެހީ ފަަހަކަށް އައިސް ނަޕޯލީގައި ވެސް މުހިންމު ގޯލުތަކެއް ޖަހަމުން އަންނަ، ފޯވާޑް، ޖިއަކޯމޯ ރަސްޕަޑޯރީ އެވެ. މެޗުގެ 68 ވަނަ މިނިޓްގައި، އިޓަލީގެ ކެޕްޓަން ލެއޮނާޑޯ ބޮނޫޗީ ފަހަތުން ދިން ބޯޅައެއް އިނގިރޭސި އޭރިއާތެރެއިން ރަސްޕަޑޯރީ ކޮންޓްރޯލް ކޮށްލުމަށް ފަހު ގޯލުގެ ދުރު ކަނަށް ވައްދާލީ އިންގްލެންޑްގެ ކީޕަރު ނިކް ޕޯޕަށް އެއްވެސް ފުރުސަތެއް ނުދީ އެވެ. ޕޯޕް މި މެޗުގައި ކުުޅުވީ އިނގިރޭސި އެއް ވަަނަ ކީޕަރު ޖޯޑަން ޕިކްފޯޑް އަނިޔާގައި ހުރުމުންނެވެ.

ހަންގޭރީގެ ކެޕްޓަން ސަލާއި މެޗަށް ފަހު އުފާފާޅުކުރަނީ

ލައިޕްޒިގުގެ ރެޑްބުލް އެރީނާގައި ކުޅުނު ރޭގެ މެޗުގެ 17 ވަނަ މިނިޓްގައި ހަންގޭރީގެ ހަމައެކަނި ގޯލު ޖެހީ ޓީމުގެ ކެޕްޓަން، އެޑަމް ސަލާއި އެވެ. މިއީ ޑޮމިނިކް ސޮބޯސްލާއީ ނެގި ކޯނަރަކަށް އަރައި ސަލާއި ޖެހި މޮޅު ގޯލެކެވެ. ބޯޅަ ގޯލަށް ވަންއިރު، ޖަރުމަނު ގޯލުގައި ހުރި މާކް އަންދްރޭ ޓާސްޓެގެން އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. ސްޓެގެން މި މެޗުގައި ކުޅުނީ ޖަރުމަނުގެ ކެޕްޓަން މެނުއަލް ނޯޔާއާ ކޮވިޑް ޖެހިގެން ޓީމުން ބާކީކުރުމުންނެވެ.

ނަތީޖާ ހަމަހަމަކުރަން މެޗުގެ 26 ވަނަ މިނިޓްގައި ބަޔާންގެ ލެރޯއި ސާނޭ އޭރިއާބޭރުން ޖެހި ބޯޅަ ހުރަސްދަނޑިމަތިން ދިޔައިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ތޯމަސް މުލާ ޖެހި ބޯޅަ އަމާޒުވީ ހަންގޭރީގެ ކީޕަރު ޕީޓަ ގުލާޝީ އަތަށެވެ. ދެ ވަނަ ހާފުގައި ސާނޭ އާއި ޓިމޯ ވާނާ އޭރިއާތެރެއިން ޖެހި ބޯޅަތައް ވެސް ކީޕަރު ގުލާޝީ ވަނީ ހުއްޓުވައިފަ އެވެ.

ހަންގޭރީ އަށް ދެ ވަނަ ގޯލެއް ޖަހައިދޭން މެޗުގެ 73 ވަނަ މިނިޓްގައި އެޑަމް މާޓިން ޖެހި ބޯޅަ ޓާ ސްޓެގެން ވަނީ މަތަކޮށްފަ އެވެ.

މިއީ ޖަރުމަނު ކޯޗުކަމާ ހަންސީ ފްލިކް ހަވާލުވި ފަހުން އެ ޓީމު ކުޅުނު 14 މެޗުގެ ތެރެއިން ބަލިވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކުުޅުނު 13 މެޗުގެ ތެރެއިން ނުވަ މެޗުން މޮޅުވިއިރު، ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މި ގްރޫޕުން ސެމީގެ ފުރުސަތު އޮތީ ހަންގޭރީ އާއި އިޓަލީ އަށެވެ. އަންނަ އަންގާރަ ދުވަހުގެރޭ ހަންގޭރީން އަމިއްލަ ދަނޑުގައި އިޓަލީ ކައިރިން އެއްވަރުކޮށްލައިގެން ވެސް ސެމީ އަށް ދެވޭނެ އެވެ. އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަން އިޓަލީ އަށް ސެމީގެ ޖާގައެއް ލިބޭނީ ހަންގޭރީ ބަލިކޮށްގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox