ގައުމީ މުބާރާތުގެ 100 މީޓަރު ރޭސް ކާމިޔާބުކުރީ ސާއިދު އާއި އަލްހާ

Sep 23, 2022, 8:15 AM
އިއްޔެގެ ރޭހުގައި ސާއިދު (ވ) އާއި އަލްހާ ދުވަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

އިއްޔެގެ ރޭހުގައި ސާއިދު (ވ) އާއި އަލްހާ ދުވަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި އިއްޔެ ފެށި ގައުމީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރުގެ ރޭހުގެ ފިރިހެން ބައިގެ އެއް ވަނަ، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހޯދިއިރު، އަންހެން ބައިން މަރިޔަމް އަލްހާ ހުސެއިން ރަން މެޑަލް ހޯދައިފި އެވެ.

ސާއިދު ރަން މެޑަލް ހޯދީ އިއްޔެގެ ހީޓާއި ފައިނަލްގެ ވެސް އެއް ވަނަ ހޯދައިގެންނެވެ. ފައިނަލުގައި ސާއިދުގެ ޓައިިމިން އަކީ 10.86 ސިކުންތެވެ. ދެ ވަނަ އަށް ދިޔަ އިބާދުﷲ އާދަމްގެ ޓައިމިން އަކީ 10.96 ސިކުންތެވެ. ތިން ވަނަ ހޯދި އަހުމަދު ނަޖުދާން އަބްދުﷲ ނިންމީ 11.23 ސިކުންތުންނެވެ.

މިއީ މި ފަހަރުގެ ގައުމީ މުބާރާތުގައި މޮޅު އެތުލީޓުގެ މަގާމު ދިފާއުކުރަން ބަލާއިރު، ސާއިދަށް ރަނގަޅު ފެށުމެކެވެ.

އަންހެން ބައިގެ އެއް ވަަނަ މީގެ ކުރިން ހޯދި އައިޝަތު ހިމްނާ ހަަސަން މި ފަހަރު 100 މީޓަރު ދުވުމުގައި ވާދަނުކުރެ އެވެ. ސަތޭކަ މީޓަރުގެ ރޭސް ކާމިޔާބުކުރި އަލްހާ މިދިޔަ މަހު ބޭއްވި އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ނުދުވެ އެވެ. އެއީ އަނިޔާއަކުން ރިކަވާވަމުން އަންނާތީ އެވެ. އަލްހާ، 100 މީޓަރު ރޭސް ނިންމީ 12.97 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔަ ހައްވާ މުޒްނާ ފާއިޒުގެ ޓައިމިން އަކީ 13.09 ސިކުންތެވެ. އަދި ތިން ވަނަ ހޯދި އައިޝަތު ޝަބާ ސަލީމް ރޭސް ނިންމީ 13.14 ސިކުންތުންނެވެ.

އިއްޔެ ކުރިއަށްދިޔަ އެހެން އިވެންޓްތަކަށް ބަލާއިރު، ފިރިހެނުންގެ ހައި ޖަމްޕް އާއި ޖެވެލިން އުކުމުގެ އެއް ވަނަ ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޝަރުވާން އަބްދުލް ހަމީދު އެވެ. ދެ ވަނަ އަށް ދިޔައީ ރޭސާސްގެ އިބްރާހިމް ރަޝްވާން އެވެ. ތިން ވަނަ ހޯދީ ކޭވައި ސްޕޯޓްސް އެކެޑަމީގެ އަހުމަދު ރައުލް އައްސަދު އެވެ.

އަންހެނުންގެ ހަތަރެއް ގުނަ 400 މީޓަރު ރިލޭގެ އެއް ވަނަ ހޯދީ ކްލަބް ރާވެރިޔާ އެވެ. އެއީ 4 މިނިޓް 21؛53 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން އިން ރޭސް ނިންމީ 4 މިނިޓް 43:33 ސިކުންތުންނެވެ. ތިން ވަނަ ހޯދި ސާއިދު ސްޕޯޓްސްގެ ޓައިމިން އަކީ 4 މިނިޓް 48:76 ސިކުންތެވެ.

އަންހެނުންގެ ހައި ޖަމްޕާއި ޖެވެލިން އުކުމުން އެއް ވަނަ ހޯދީ ކްލަބް ރާވެރިޔާގެ އައިޝަތު ޝާއިމް އަޒީޒް އެވެ.

އިއްޔެގެ އެންމެ ބޮޑު އުސްއައްޔަކީ އަންހެނުންގެ 5000 މީޓަރުގެ ދުވުން 20 މިނިޓަށް ވުރެ އަވަހަށް ނިންމައި އައިމިނަތު ޖާއިޝާ ޖުނީޒް ގައުމީ ރެކޯޑަކާ އެކު ތާރީހީ ކާމިޔާބެއް ހޯދުމެވެ. ޖާއިޝާ ރޭސް ނިންމީ 19 މިނިޓް 43.09 ސިކުުންތުންނެވެ، ދެ ވަނަ އަށް ދިޔަ އައިޝަތު ރާނިޔާ ރޭސް ނިންމީ 22 މިނިޓް 10.91 ސިކުންތުންނެވެ. އަދި ތިން ވަނަ އަށް ދިޔަ ހުސްނާ މުހައްމަދުގެ ޓައިމިން އަކީ 23 މިނިޓް 29.66 ސިކުންތެވެ.

ފިރިހެނުންގެ 5000 މީޓަރު ދުވުން ކާމިޔާބުކުރީ ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އެވެ. އޭނާގެ ޓައިމިން އަކީ 16 މިނިޓް 04.10 ސިކުންތެވެ. ދެ ވަނަ އަށް ދިޔަ ޔޫސުފް އިބްރާހިމް ރޭސް ނިންމީ 16 މިނިޓް 21.26 ސިކުންތުންނެވެ. އަދި ތިން ވަނަ ހޯދި މުހައްމަދު ރަޝީދު (މޯޑު) ރޭސް ފުރިހަމަކުރީ 16 މިނިޓް 39.95 ސިކުންތުންނެވެ.

މާސްޓާސް ޑިވިޝަނުގެ އަންހެނުންގެ 100 މީޓަރު ރޭހުގެ އެއް ވަނަ ހޯދީ މަރިޔަމް މުހައްމަދު މާޔަން އެވެ. ޓައިމިން އަކީ 16.26 ސިކުންތެވެ. ދެ ވަނަ އަށް ދިޔަ އައިމިނަތު ލީލާ ރޭސް ނިންމީ 17.38 ސިކުންތުންނެވެ. އަދި ތިން ވަނަ ހޯދި ޝަމާމާ އަހުމަދު ނަޖީބު ރޭސް ނިންމީ 17.44 ސިކުންތުންނެވެ. މާސްޓާސް ޑިވިޝަނުގެ ފިރިހެނުންގެ 100 މީޓަރު ދުވުމުން އެއް ވަނަ ހޯދީ 13.03 އިން ނިންމި މިނާމް ނަސީމް އެވެ. ދެ ވަނަ އަށް ދިޔަ އަހުމަދު ހަސަން ރޭސް ނިންމީ 13.08 ސިކުންތުންނެވެ. އަދި ތިނެއްގައި ނިންމި އަބްދުﷲ އިސްމާއިލްގެ ޓައިމިން އަކީ 13.83 ސިކުންތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox