ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވާ ކަންތައްތަކަކީ ވައުދެއް ނޫން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގަންނަވަނީ. ނަޝީދޔު މިއަދު ވިދާޅުވީ ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވާ ކަންކަމަކީ ވައުދުތަކެއް ނޫން ކަމަށް. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގަންނަވަނީ. ނަޝީދޔު މިއަދު ވިދާޅުވީ ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވާ ކަންކަމަކީ ވައުދުތަކެއް ނޫން ކަމަށް. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ރައީސުލް ޖުމްހޫރިއްޔާއަކު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ކޮށްދެއްވާނެ ކަމަށް ވިދާޅުވާ ކަންތައްތަކަކީ ސަރުކާރުތަކުންވާ ވައުދުތަކެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާ ކުރެއްވި ސުވާލަކާ ގުޅިގެން ރިޔާސަތުން ނަޝީދު ވިދާޅުވީ ސަރުކާރެއްގެ ވައުދުތަކަކީ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ލިޔެފައި ހުންނަ ކަންތައްތައް ކަމަށެވެ.

"އިއްޒަތްތެރި މެމްބަރުން ވަރަށް ގިނައިން ވިދާޅުވޭ ރިޔާސީ ވައުދުތަކުގެ ގޮތުގައި ވެފައިވާ ވައުދުތައް. ދެން އާއްމު އުސޫލެެއްގައި ސިޔާސީ ޕާޓީތަކުން ވެފައިވާ ވައުދުތަކަކީ އެޕާޓީތަކުގެ މެނިފެސްޓޯތަކުގައި ލިޔެފައިވާ ވާހަކަތައް. އިއްޒަތްތެރި މެމްބަރުން ވިދާޅުވޭ، އެވެނި ރަށަކަށް މިވެނި ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން މިވެނި ވާހަކައެއް ވިދާޅުވި ކަމަށް. އެއީ ވައުދެއް ކަމަށް. އެހެން ނަމަވެސް އަަޅުގަނޑަށް ފެންނަ ފެނުމުގައި ވައުދެއްގެ ގޮތުގައި އަޅުގަނޑުމެން ބަލާން މިޖެހެނީ މެނިފެސްޓޯގައި ލިޔެފައިވާ ވައުދު," ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިންތިހާބުތަކުގައި ޕާޓީތަކުން ދައްކާ ބައެއް ވާހަކަތައް އެއީ ކެމްޕޭނަށް ދަމާފައި ހުންނަ ބެނާތަކުގައި، އެ ބެނާތައް ތައްޔާރުކުރި "ކުދިން އަމިއްލައަށް ލިޔެފައިވާ ވާހަކަތައް" ކަމަށް ވެސް ބައެއް ޕާޓީތަކުން ކުރިން ބުނެފައިވާ ކަމަށެވެ.

ވަޒީރުންނާ ސުވާލުކުރުމުގައި ކުޑަހުދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އަސްލަމާ ކުރެއްވި ސުވާލުގައި އެއްސެވީ އޭނާގެ ދާއިރާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުތަކުގައިވާ އެއްވެސް ކަމެއް ނުހިނގަނީ ކީއްވެތޯ އެވެ.

ވައުދުތަކަކީ ކޮބައިކަން ނަޝީދު ތަފްސީލުކޮށްދެއްވީ އާމިރުގެ އެ ސުވާލަށް ޖަވާބު ދެއްވަން އަސްލަމަށް ފުރުސަތު ދެއްވުމުގެ ކުރިންނެވެ. އެއަށް ފަހު ދެއްވި ފުރުސަތުގައި އަސްލަމް ވިދާޅުވީ ކުޑަހުވަދޫ ދާއިރާއަށް ވެފައިވާ އެއްކަމެއް ގައިމުވެސް އެބަ ހިނގާ ކަމަށާއި އެއީ ހައުސިން ޔުނިޓްތަކެއް އަޅަން ބީލަމަށް ހުޅުވައިލުމަށް ކުރަމުން އަންނަ މަަސައްކަތް ކަމަށެވެ.

"[ރައީސް] ވައުދުވެވަޑައިގެން ކަމަށް ވިދާޅުވި ކަަންކަން، އެ ލިސްޓެއް އަޅުގަނޑު އަތަކު ނުއެއް ނެތް. އެހެންވީމާ ތިޔަ ވިދާޅުވި ބަސްފުޅަށް ސީދާ ޖަވާބެއް ދޭކަށެއް އަޅުގަނޑަކަށް ނޭނގޭ،" އަސްލަމް ވިދާޅުވި އެވެ.

އެހެން ނަމަވެސް ކުޑަހުވަދޫ ދާއިރާގައި ހަމަ އެއްވެސް ކަމެއް ނުހިނގާ އޮންނާނެ ކަމަށް ގަބޫލުކުރައްވަން ދަތިކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއާ އެކު ރިޔާސަތުން ނަޝީދު ކުރިން ދެއްކެވި ވާހަކަފުޅު އަނެއްކާވެސް ތަކުރާރުކުރައްވައި އިތުރަށް ތަފްސީލުވެސް ކޮށްދެއްވި އެވެ.

"އަޅުގަނޑު ދެންމެ މި ފާހަގަކުރި ނުކުތާ މި ފާހަގަކުރަނީ ، ރައީސުލް ޖުމްހޫރިއްޔާއަކު އެއްޗެއް ވިދާޅުވީމާ މި މަޖިލީހުގައި އެއީ ވައުދެއް ކަމަށް ނުވަތަ ގާނޫނެއް ކަމަށް ނުވަތަ ހުކުމެއް ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވުމަކީ އެއްގޮތަކަށް ވެސް ރަނގަޅުކަމެއްނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާއަށް އަސްލަމް ވަޑައިގެންނެވީ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށެވެ. ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ސުވާލުކުރެއްވީ ތޯރިގުގެ ސުވާލަށް އަސްލަމް ދެއްވި ޖަވާބާ ގުޅިގެން ސުވާލުކުރަން ހުޅުވައިލި ފުރުސަތުގައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox