ޖީން ސީކުއެންސިން ހެދޭ ލެބޯޓަރީއަށް ތަރައްގީ ކުރަން އެމެރިކާއިން އެހީވެއްޖެ

ލެބޯޓަރީއަށް ތަކެތި ހަދިޔާ ކުރުމަށް މިއަދު ބޭއްވި ހަފްލާގައި ޔޫއެސްއޭއައިޑީގެ ޑީން އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް: ލެބޯޓަރީގެ މުވައްޒަފުން ތަމްރީނު ކުރުމަށް ވެސް އެމެރިކާއިން އެހީވާނެ -- ފޮޓޯ: ޔޫއެސްއޭއައިޑީ

ލެބޯޓަރީއަށް ތަކެތި ހަދިޔާ ކުރުމަށް މިއަދު ބޭއްވި ހަފްލާގައި ޔޫއެސްއޭއައިޑީގެ ޑީން އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް: ލެބޯޓަރީގެ މުވައްޒަފުން ތަމްރީނު ކުރުމަށް ވެސް އެމެރިކާއިން އެހީވާނެ -- ފޮޓޯ: ޔޫއެސްއޭއައިޑީ

ކޮވިޑް-19 ވައިރަހުގެ އެކި ޖީންތައް ދަނެގަނެ، ޖީން ސީކުއެންސީ ހެދުމުގެ ގާބިލްކަން ހުރި ރާއްޖޭގެ ލެބޯޓަރީ ތަރައްގީ ކުރުމަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ޔޫއެސްއޭއެއިޑީގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހެލްތު މިނިސްޓްރީން ހިންގުމަށް ހަމަޖެހިފައިވާ ނެޝަނަލް ހެލްތު ލެބޯޓަރީއަށް ހަދިޔާ ކުރީ "ޖީން ސީކުއެންސިން ވަސީލަތް ގާއިމުކުރުމަށް އެ ލެބޯޓަރީއަށް ބޭނުންވާ އެކުއިޕްމަންޓާއި އެހެނިހެން ތަކެތި" އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ މިޝަންގެ ގަވަރަންސް އެންޑް ވަލްނަރަބަލް ޕޮޕިއުލޭޝަންގެ އޮފީހުގެ ޑިރެކްޓަރު ކެވިން ޑީން ވިދާޅުވި އެވެ.

"މިއަދު މި ފާހަގަކުރަނީ ކޮވިޑްއާ ދެކޮޅަށް ކުރާ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބު. ސަތޭކަ އެތައް ޒަރޫރީ ތަކެއްޗާއި ސަޕްލައިޒް މި ވަނީ ނޭޝަނަލް ހެލްތު ލެބޯރަޓަރީއަށް ފޯރުކޮށްދީފަ. ޖީން ސީކުއެންސިން ފެސިލިޓީ މި ވަނީ ފުރިހަމައަށް ތަރައްގީކޮށް، ބޭނުންކުރަން ފެށުމަށް ތައްޔާރުވެފަ،" ތަކެތި ހަދިޔާ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑީން ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑީން އިތުރަށް ވިދާޅުވީ އެ ލެބޯޓަރީގައި މަސައްކަތް ކުރާ މުވައްޒަފުން ތަމްރީނު ކުރުމަށް ވެސް އެމެރިކާއިން އެހީތެރިވާނެ ކަމަށެވެ.

"ޔޫއެސްއޭއައިޑީ އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަރާތުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމާއެކު މި ލެބޯޓަރީގެ މުވައްޒަފުންނަށް ކޮވިޑް-19ގެ މޮލެކިއުލާ ޑައިގްނޮސްޓިކްސް އަދި ޖީނޯޓައިޕިންއާ ގުޅުންހުރި ތަމްރީނުތައް ފޯރުކޮށްދީ، މިކަމުގައި އެހީތެރިވެދޭނެ،" އޭނާ ވިދާޅުވި އެވެ.

ކޮވިޑުގެ ބަލިމަޑުކަން ފެށުނު ފަހުން އެމެރިކާއިން ވަނީ ރާއްޖެއަށް 639،990 ވެކްސިން ހަދިޔާކޮށްފަ އެވެ. އެމެރިކާއިން ދިނީ ފައިޒާ ވެކްސިނެވެ. އޭގެ އިތުރުން ހަތް މިލިއަން ޑޮލަރުގެ އެކި ސާމާނުތައް ހަދިޔާކޮށްފައިވެ އެވެ. އަދި 60 ވެންޓިލޭޓަރު ވެސް ވަނީ ހަދިޔާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox